Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލިއްޔަތު ކޮމެޓީ

ދައުލަތުގެ ކުންފުނިތަކުގެ ޕާރފޯމަންސާއި މާލީ ހާލަތު ވެސް ދަނީ ދަށަށް: އޮޑިޓާ ޖެނަރަލް

27 ނޮވެމްބަރު 2018 | އަންގާރަ 10:36

ކުންފުނިތައް ހިންގަމުންދާ ގޮތުގެ މައްސަލަތަކެއް ފާހަގަ ކުރެއްވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 27 ނޮވެމްބަރު 2018 | އަންގާރަ 10:36
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

މި އަހަރުގެ ތެރޭގައި 186 އޮޑިޓް ރިޕޯރޓް ހަދާފައިވާނެ ކަމަށާއި އޮޑިޓް ރިޕޯޓުތަކުން ދައްކާ ގޮތުން ދައުލަތުގެ ކުންފުނިތަކުގެ ޕާރފޯމަންސާއި މާލީ ހާލަތު ދަށްވަމުންދާ ކަމަށް އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތު ދަށްވަމުން ދާތީ، އެ ކުންފުނިތަކުގެ ޕާރފޯމެންސް އޮޑިޓެއް ހެދުމާއި ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލްގެ ލަފާފުޅެއް ހޯއްދެވުމަށް އަންގާރަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒިޔަތު ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ޕާރފޯރަމަންސް އޮޑިޓް ފަސް ރިޕޯރޓް، މިނިސްޓްރީ ތަކުގެ 13 ރިޕޯރޓް، މިނިވަން މުއައްސަސާތަކުގެ 21 ރިޕޯރޓް، ސަރުކާރުގެ ޕްރޮޖެކްޓް އޯނަރ ފަންޑެޑް ޑޯނަރ ފަންޑެޑް ޕްރޮޖެކްޓްތަށް ހަތެއް، ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ތަކުގެ 25 ރިޕޯރޓް ކަމަށެވެ.

Advertisement - newsAdvertisement

ހެދިފައިވާ އޮޑިޓް ރިޕޯރޓްތަކަށް ބަލާއިރު ދައުލަތުގެ ކުންފުނިތަކުގެ ޕާރފޯމަންސް ދަށްވަމުންދާކަން ފާހަގަވެގެންދާ ކަމަށް ޒިޔަތު ވިދާޅުވިއެެވެ. ޒިޔަތު ވިދާޅުވީ މިހާތަނަށް ހަދާފައިވާ ދައުލަތުގެ ކުންފުނިތަކުގެ އޮޑިޓް ރިޕޯރޓްތަކަށް ބަލާއިރު ދައުލަތުގެ ކުންފުނިތަކުގެ ފާއިސާ އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުންދާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

ކުންފުނިތަކުގެ ކޭޝްފްލޯ މެނޭޖްމަންޓްވީކް ވަމުންދާކަން ފާހަނގަކުރެވޭ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. ކުންފުނިތަކުގެ މެންޑޭޓާއި ދޭތެރޭ ސުވާލު އުފެދި ގަވަރނަންސްގެ ގިނަ މައްސަލަތައް ފާހަކުރެވިފައިވާ ކަމަށާއި، ދައުލަތުގެ ކުންފުނިތަކުގެ މާލީހާލަތު ދަށްވަމުންދާ ކަމަށާއި، އެކަން ބަލަންޖެހޭ ކަމަށް ޒިޔަތު ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތު ދެނެގަތުމަށް ދިރާސާތަށް ކުރެވިދާނެ ކަމަށާއި، މި ކަމަށް ހައްލެއް ހޯދުމަށް މާލިއްޔަތު ކޮމިޓީ އާއި އޮޑިޓަރ ޖެނެރަލް އާއި އެކުގައި މަސައްކަތް ކުރައްވަންޖެހޭ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

"އޮޑިޓަރ ޖެނެރަލަކީ މާލިއްޔަތު ކޮމިޓީގެ އޭޖެންޓް. މިސާލަކަށްމާލިއްޔަތު ކޮމިޓީގެ ހާއްސަ މަސްއޫލިއްޔަތު ތެރޭގައި އެބަ އޮވޭ އޮޑިޓަރ ޖެނެރަލް އެކި އެކި ރިޕޯރޓް ދިރާސާ ކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތަށް ފާހަގަކޮށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކަށް އެންގުން" ޒިޔަތު ވިދާޅުވިއެވެ.

ޕަބްލިކް އެކައުންޓްސް ކޮމިޓީ ބޭރު ގައުމުތަކުގައި އާންމުކޮށް މަސައްކަތް ކުރާ ގޮތަކީ އޮޑިޓަރ ޖެނެރަލް އާއެކު ކަމަށާއި، އަހަރަކަށް ބަލާއިރު 12 ވަރަކަށް ބައްދަލުވުން ދުނިޔޭގެ ގައުމުތަކުގައި ޕަބްލިކް އެކައުންޓްސް ކޮމިޓީ އާއި އޮޑިޓަރ ޖެނެރަލްއާ އެކުގައި ބާއްވާ ކަމަށެވެ. ދައުލަތުގެ ކުންފުނިތަކަށް ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، އެކަންތަށް ހައްލުކުރުމަށް މާލިއްޔަތު ކޮމިޓީގެ ހިންގުން ހަރުދަނާކޮށް އޮޑިޓަރ ޖެނެރަލް އާއި އެކީގައި ގުޅިގެން މަސައްކަތް ކުރައްވަންޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. އަދި ދިމާވާ މައްސަލަތަށް ހައްލު ކުރުމަށް މާލިއްޔަތު ކޮމިޓީ އާއި އެކީގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

އަންގާރަދުވަހު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން ނިންމާފައިވާ އޮޑިޓް ރިޕޯރޓްތައް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލާފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ)، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް