Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖެންޑަރ މިނިސްޓަރު

އަނިޔާ ލިބޭ މީހުންގެ 60 އިންސައްތަ އަކީ އަންހެނުންނާއި އަންހެންކުދިން

ވަކި ޖިންސަކަށް ނިސްބަތްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 29 މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، މީގެ ތެރެއިން 25 މައްސަލައަކީ އަންހެނުންނާ ގުޅުން ހުރި މައްސަލަ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2018 | އާދީއްތަ 13:18
މި އަހަރުގެ ޝިއާރަކީ އޮރެންޖް ދަ ވޯރލްޑް - ލީވް ނޯވަން ބިހައިންޑް

މި އަހަރުގެ ޝިއާރަކީ އޮރެންޖް ދަ ވޯރލްޑް - ލީވް ނޯވަން ބިހައިންޑް

މިއަދަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ފާހަގަކުރާ ދުވަހެއެވެ. ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަކުރަނީ ނޮވެމްބަރުމަހުގެ 25 އިން ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހާއި ހަމައަށެވެ.

މި އަހަރުގެ އދ.ގެ ޝިއާރަކީ "ހިއަރ މީ ޓޫ: އެންޑް ވަޔަލަންސް އަގެއިންސްޓް ވިމެން އެންޑް ގަރލްސް" އެވެ. މި ޝިއާރުގެ ބޭނުމަކީ އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާއި، އެ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މި ބާވަތުގެ އަނިޔާ ހުއްޓުވުމަށް ބާރުއަޅައި، ކަމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތަކުގެ މެދުގައި ޑައިލޮގެއް އުފެއްދުމެވެ.

އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތު އަނިޔާއާއި ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1991 ވަނަ އަހަރުއެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1991 ވަނަ އަހަރު، "ފަސްޓް ވުމަން ގްލޯބަލް ލީޑަރޝިޕް އިންސްޓިޓިއުޓް" ގެ ސެންޓަރ ފޯރ ވުމަންސް ގްލޯބަލް ލީޑަރޝިޕް އިން ރަޓްޔާރސް ޔުނިވަރސިޓީގައެވެ. އޭގެ ފަހުން މިހާރު ދުނިޔޭގެ 164 ގައުމުންނާއި 3700 ޖަމްއިއްޔާއަކުން ކޮންމެ އަހަރަކުވެސް ސޯޅަ ދުވަސް ވަންދެން މި ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންދެއެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ދުނިޔޭގެ ގައުމުތަކުގައި އެންމެ ބާރަށް ފެތުރެމުން އަންނަ އިންސާނީ ހައްގުތަށް ގެއްލިގެންދާ އެއް މައްސަލައެވެ. ތަފާސް ހިސާބުތަށް ދައްކާ ގޮތުން ދުނިޔޭގެ އާބާދީގެ ތިން ބައި ކުޅަ އެއްބައި އަންހެނުންނާއި އަންހެންކުދިން އުމުރުގެ ކޮންމެވެސް ހިސާބަކުން އަނިޔާގެ ޝިކާރައަކަށްވެގެން ދެއެވެ. ދުނިޔޭގެ ގައުމުތަކުގައި އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގޮތުން އެކި ޔޫނިއަންތަކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ދުވަހެއް ފާހަގަ ކުރަމުން އަންނައިރު، ރާއްޖެއަކީ އަންހެނުން އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ އިންސައްތަ ބޮޑު ގައުމެކެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާ އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާރވިސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް މިނިސްޓްރީއަށް 1400 މައްސަލަ ހުށަހެޅުނު އިރު އޭގެ ތެރެއިން 60 އިންސައްތަ މައްސަލައަކީ އަންހެންނާއި އަންހެންކުދިންނަށް ކުރާ އަނިޔާ އާއި ގުޅުންހުރި މައްސަލަތަކެވެ. އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މިނިސްޓްރީއަށް ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާ ކަން ފާހަގަކުރެވެއެވެ.

މި އަހަރުގެ އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތަކަށް އެކަނި ބަލައިލިކަމުގައި ވިޔަސް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 29 މައްސަލަ މިނިސްޓްރީއަށް ހުށަހެޅިފައިވާއިރު، މީގެ ތެރެއިން 25 މައްސަލައަކީ އަންހެނުންނާ ގުޅުން ހުރި މައްސަލަތަކެވެ.

މި ދުވަހާއި ގުޅުވައިގެން ރާއްޖެ އެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވީ އަނިޔާ ލިބޭ އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ކޮންމެ މަރުޙަލާއެއްގައިވެސް ލިބެން ޖެހޭ ކަމަށާއި، މި ފަދަ ހައްސާސީ މައްސަލަތަކުގައި ކަމާ ބެހޭ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާއަކީ މިމުޖުތަމަޢުގައި ނުހިނގާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ޤަބޫލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، މިކަން ހުއްޓުވުމަށް ފަރުދީ ފެންވަރެއްގައި މަސައްކަތް ކުރައްވަންޖެހޭ ކަމަށެވެ.

"ޖަމްއިއްޔާ ޖަމާއަތްތަކުގެ ފެންވަރުގައިވެސް ގިނަ ކަންތަށްތަކެއް ކުރަންޖެހޭ. މި ހުރިހާ ކަމެއް ގުޅުނީމަ ހަގީގަތުގައި މުޖްތަމައު ތެރޭގައި ކޮންމެ އަންހެން ކުއްޖަކީ ކޮންމެ އަންހެނަކީވެސް ރައްކާތެރިކަން އިހްސާސްވާ މީހަކަށް ވެގެން މި ދަނީ. ކަން ނިމޭއިރު އަޅުގަނޑުމެން ޖެހެން ބޭނުންވާ ހިސާބަކީ އެއީ" ޝިދާތާ ވިދާޅުވިއެވެ.

ކޮންމެ މީހަކީވެސް ރައްކާތެރިކަމާއެކީ މުޖްތަމައުގައި އުޅޭ މީހަކަށް ވުން، އެއީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަށްވާއިރު، ދިވެހިރާއްޖޭގައި ތިބި ހުރިހާ އަންހެންކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި، އެ ޒިންމާ ނަންގަވައިގެން ހުންނެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުރިއަށް އޮތް ފަސްއަހަރަކީ އެ ޒިންމާ އެންމެ ފުރިހަމަ މިނުގައި ނަގައިގެން ކުރިއަށްދާނެ ފަސް އަހަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ އުއްމީދަކީ ކުރިއަށް އޮތް ފަސްއަހަރަކީ އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތު އަނިޔާއިން ދުރުހެލިވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ވެގެން ދާނެފަސް އަހަރަށް ވެގެންދިއުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

28 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އިންސާފެއް ނުލިބޭ ހިންގަނީ ޖަންގަލީގެ ގާނޫނު

އިންސާފެއް ނުލިބޭ ހިންގަނީ ޖަންގަލީގެ ގާނޫނު

24 ފެބުރުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު