Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖްލިސް

ދެކޮޅަށްވެސް މުހިއްމު ކޮމިޓީތަކެއް!

25 ނޮވެމްބަރު 2018 | އާދީއްތަ 13:17

ޕީޕީއެމް މެޖޯރިޓީ މި ގެއްލުނީ ފަސް އަހަރުވާން ގާތްވެފައި ވަނިކޮށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 25 ނޮވެމްބަރު 2018 | އާދީއްތަ 13:17
ރައްޔިތުންގެ މަޖްލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ

ރައްޔިތުންގެ މަޖްލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިމީ 13 ކޮމިޓީ އަލުން އެކުލަވައިލި އިރު، ވެރިކަން ކުރާ ކޯލިޝަނާއި އިދިކޮޅު މެމްބަރުންނަށް ވެސް ބައެއް މުހިއްމު ކޮމިޓީތަކުގެ އަޣުލަބިއްޔަތު ލިބިއްޖެ އެވެ.

މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވައިލަން ޖެހުނީ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުން ވެސް މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެގޮތުން ދާއިމީ 13 ކޮމިޓީގެ ތެރެއިން ހަތް ކޮމިޓީގެ އަގުލަބިއްޔަތު ވަނީ ވެރިކަން ކުރާ ކޯލިޝަނަށް ލިބިފަ އެވެ.

ކޯލިޝަނަށް އަގުލަބިއްޔަތު ލިބިފައިވާ ކޮމިޓީތަކަކީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި، މާލިއްޔަތު ކޮމިޓީއާއި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި، އިމްތިޔާޒް ކޮމިޓީއާއި، އިޖުތިމާއީ ކޮމިޓީއާއި، ޕެޓިޝަން ކޮމިޓީގެ އިތުރުން ގަވައިދު ކޮމިޓީ އެވެ.

އިދިކޮޅު ފަރާތްތަކަށް އަގުލަބިއްޔަތު ލިބިފައިވާ ފަސް ކޮމިޓީއަކީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއާއި، އިގްތިސާދީ ކޮމިޓީއާއި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއާއި ގައުމީ ތަރައްގީ ކޮމިޓީގެ އިތުރުން އާންމު ކޮމިޓީ އެވެ.

މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވަނީ ސުލޫކީ ކޮމިޓީގެއެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި މިކޮމިޓީގެ އަގުލަބިއްޔަތު ލިބޭނީ ސަރުކާރު ހިންގާ ކޯލިޝަނަށެވެ.

މިހާރު މަޖިލީހުގައި ހިމެނޭ 79 މެންބަރުންގެ ތެރެއިން 42 މެންބަރުންނަކީ ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ މެންބަރުންނެވެ. ޕީޕީއެމްގައި 32 މެމްބަރުން ތިއްބެވިއިރު އެމްޑީއޭގައި ތިއްބެވީ ފަސް މެމްބަރުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެކުލަވާލި ވަޒީރުންގެ މަޖިލީހުގައި ހަ މެންބަރަކު ހިމެނިވަޑައިގަންނަވާތީ އެބޭފުޅުން ވަނީ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. ޕީޕީއެމް ކޯލިޝަންގެ އަތުން މި ކޮމިޓީތައް މި ގެއްލުނީ ގާތްގަނޑަކަށް ފަސް އަހަރު ވާން ކައިރިވެފައި އޮއްވަ އެވެ. މީގެ ކުރިން، މަޖިލީހުގައި ހިމެނޭ ހުރިހާ ކޮމިޓީއެއްގެ މެޖޯރިޓީ އޮތީ ވެރިކަން ކުރި ޕީޕީއެމަށެވެ.

އިތުރަށް ކިޔާލަން

02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ
05 މެއި 2017

ރައްޔިތުން އުފުލަމުންދާ ދުއްތުރާތަކަށް ނިމުމެއް ގެނައުމަށް ކައުންސިލް އިންތިހާބުގެ ނަތީޖާ މުހިއްމު: މުސްތަފާ

05 މެއި 2017
ރައްޔިތުން އުފުލަމުންދާ ދުއްތުރާތަކަށް ނިމުމެއް ގެނައުމަށް ކައުންސިލް އިންތިހާބުގެ ނަތީޖާ މުހިއްމު: މުސްތަފާ
03 މެއި 2017

ޔާމީނުގެ މަރަށް އިންސާފު ހޯދާދިނުމަކީ މުޅި ގައުމަށް މުހިއްމު ކަމެއް!

03 މެއި 2017
ޔާމީނުގެ މަރަށް އިންސާފު ހޯދާދިނުމަކީ މުޅި ގައުމަށް މުހިއްމު ކަމެއް!
29 އެޕްރީލު 2017

ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި

29 އެޕްރީލު 2017
ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި
28 މާރިޗު 2017

ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް

28 މާރިޗު 2017
ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް
28 މާރިޗު 2017

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017
ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ
10 މާރިޗު 2017

ކައުންސިލް އިންތިހާބުގެ ކެމްޕެއިންނާ އެކު ފ އަތޮޅު ވިއްކާލުމާ ދެކޮޅަށްވެސް މަސައްކަތް ފަށާނަން: ޝިފާޒު

10 މާރިޗު 2017
ކައުންސިލް އިންތިހާބުގެ ކެމްޕެއިންނާ އެކު ފ އަތޮޅު ވިއްކާލުމާ ދެކޮޅަށްވެސް މަސައްކަތް ފަށާނަން: ޝިފާޒު
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް