Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ބޯހިޔާވަހިކަން

ބޯހިޔާވަހި ކަމަކީ ޝަރީއަތަށް ގޮސްގެން ހޯދަން ޖެހޭ އެއްޗެއްނޫން: ޝަމާއު

24 ނޮވެމްބަރު 2018 | ހޮނިހިރު 02:05

މިފަދަ ބޮޑެތި ކަންތައްތައް ނިމިގެންދާނީ އަނދިރި ކޮޓަރިއެއްގައި ފިލާތިބެ މާކްސް ދޭ އުސޫލަކުން ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ނޮވެމްބަރު 2018 | ހޮނިހިރު 02:05
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާުއު ޝަރީފް

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާުއު ޝަރީފް

ބޯހިޔާވަހިކަމަކީ ޝަރީއަތަށް ގޮސްގެން ހޯދަން ޖެހޭ އެއްޗެއް ނޫން ކަމަށާއި ބޯހިޔާވަހިކަމަކީ ގާނޫނު އަސާސީއިން އެކަމަށް ބޭނުން ވެފައިވާ ކޮންމެ ރައްޔިތަކަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތެއްކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވީ ބޭ އިންސާފުން ބޯހިޔާވަހިކަން ނުލިބި ތިބި ހުރިހާ ފަރާތްތަކަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބޯހިޔާވަހިކަން ލިބޭނެކަމުގެ އުއްމީދު ބޮޑު ކަމަށާއި އެގޮތުން ރައީސް ސޯލިހްގެ ވެރިކަމުގައި ރައްޔިތުންނާއި ގުޅިފައިވާ މިފަދަ ބޮޑެތި ކަންތައްތައް ނިމިގެންދާނީ އަނދިރި ކޮޓަރިއެއްގައި ފިލާތިބެ މާކްސް ދޭ އުސޫލުން ނޫންކަމަށެވެ. އޭގެ ބަދަލުގައި ވީހާ ވެސް ހާމަކަން ބޮޑު އަދި ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ހާ ވެސް ކަމަކީ އެހެންބަޔަކު ކޮށްފައިވާ ކަމެއްގެ ފާއިދާ ނެގުން ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިތުރަށް ޝަމާއު ވިދަޅުވީ ރައްޔިތުންނަށް ވަންހަނާކޮށް ފޮރުވަންޖެހޭ ކަމެއް ސަރުކާރެއްގައި ނޯންނާނެ ކަމަށާއި ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ސަރުކާރުން ދޭ މުސާރައަކީ ރައްޔިތުން ދޭ އެއްޗެއް ކަމަށް ވާއިރު އެ ދައުލަތަކުން ރައްޔިތުންނަށް ޓަކައި ކޮށްދޭން ޖޭހެ ޚިދުމަތެއް އަދި އެހެން ކަމެއްވިޔަސް އެކަމެއްގެ ދެފުން ފެންނަން ޖެހޭނެ ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހަފްތާއަކު އެއްފަހަރު މީޑިޔާ އާއި ބައްދަލްކޮށް އެފަދަ ކަންކަން ރައްޔިތުންނަށް ހާމަކޮށްދެމުން ދާކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ކަންތައްތައް ކުރައްވާނީ ހާމަކަމާއި އެކު ދެފުށް ފެންނަ ގޮތަށްކަމަށެވެ.

"ވޭތުވެ ދިޔަ ހަތް އަހަރު އަޅުގަނޑުމެންނަށް ރަސްމީ ހައިސިއްޔަތަކުން އެއްވެސް އިރެއްގައި ހައުސިންގ މިނިސްޓަރާއި ބަދަލު ވެފައެއް ނެތް. އެހެން ނަމަވެސް އަޅުގަނޑު ހަމަ އުފަލާއި އެކު ފާހަގަ ކޮށްލަން މިސަރުކާރު އަދި ހިނގައިގަތް ތާ ދެތިން ދުވަސްނުވެ ހައުސިން މިނިސްޓަރާއި ސިޓީ ކައުންސިލްގެ މޭޔަރާއި ވެސް ބައްދަލުވި. އަދި އަޅުގަނޑުމެންނާއި އެކު ބައިވަރު ބައްދަލުވުން ތައް ކުރިއަށް ރޭވިފައި ވެސް އެބަހުރި އެހެންވީ މާ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޝަމާއު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ ހިތުގައި ނަފްރަތާއި ބިރުވެރިކަމާއި ޝައްކާއި ވަހުމް އުފެއްދުން ނޫންކަމެއް ކުރައްވާފައި ނުވާކަމަށް ތުހުމަތުކުރައްވައި ޝަމާއު ވިދާޅުވީ މިސަރުކާރުން އެފަދަ އެއްވެސް ކަމަކަށް ޖާގަ ނު ދޭނެކަމަށެވެ. އަދި ވޭތުވެ ދިޔަ ސަރުކާރުން ރަނގަޅަށް ކަމެއް ކޮށްފައިވާ ކަން ގަބޫލުފުޅު ނުކުރެއްވޭ ކަމަށާއި ނަމަވެސް ހެދިފައިވާ ގާނޫނު ތަކާއި ގާވާއިދުތަކާއި ޚިލާފަށް ކޮށްފައިވާ ހުރިހާ ކަމެއް ބެލުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ޒިއްމާ އެއް ކަމަށް ދެކެވަޑައި ގަންނަވާކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް