Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް ކޮމެޓީ

ފަސް އޮފީހެއްގެ ބަޖެޓް ބޮޑުކޮށްދޭން އެދެފި

22 ނޮވެމްބަރު 2018 | ބުރާސްފަތި 18:29

މިހާރު ކަނޑައަޅާފައިވާ ބަޖެޓް ކުޑަ ކަމަށް ބުނި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 22 ނޮވެމްބަރު 2018 | ބުރާސްފަތި 18:29
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީ:-މި ކޮމެޓީއަށް 5 މުވައްސަސާއެއްް ހާޒިރުކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީ:-މި ކޮމެޓީއަށް 5 މުވައްސަސާއެއްް ހާޒިރުކޮށްފައިވޭ

އަންނަ އަހަރުގެ ބަޖެޓު ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު މަދުވާނެ ކަމަށް ބުނި ފަސް މުއައްސަސާ އެއް ބަޖެޓް ދިރާސާ ކުރަމުންދާ ކޮމެޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ މަޖިލީހުގެ ބަޖެޓް ކޮމެޓީ އަށް ހާޒިރުކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނާއި އިސްލާމިކް ޔުނިވަސިޓީ އާއި ސިވިލް ސާވީސް ކޮމިޝަނާއި ގައުމީ ޔުނިވަރސިޓީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނެވެ. މި ތަންތަނުން ވަޑައިގެންނެވި ބޭފުޅުންނާއި ބަޖެޓް ކޮމެޓީގެ މެމްބަރުން ވަނީ އިތުރަށް ފައިސާ ބޭނުންވާ ސަބަބުތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައި އެވެ. އަދި އެ ބޭފުޅުން ވަނީ އޭގެ ސަބަބުތައް އޮޅުންފިލުވާ ދެއްވާފައި އެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން ބުނީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އެ ކޮމިޝަނަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ އިތުރަށް 9.2 މިލިއަން ބޭނުންވާ ކަމަށެވެ. މިހާރު މަޖިލީހަށް ފޮނުވާފައިވާ ބަޖެޓްގައި އިލެކްޝަންސް ކޮމިޝަނަށް ދޫކުރަން ކަނޑައަޅާފައި ވަނީ 105 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓަށް ފައިސާ އިތުރަށް ބޭނުންވާ ސަބަބުތަކުގެ ތެރޭގައި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދެ ދާއިރާ އިތުރުވެގެން ދިއުމާއި އެ އިންތިހާބުގައި ކޮންމެ 700 މީހަކަށް ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވުމާއި އިންތިހާބާ ބެހޭ މަރުކަޒުގެ ސެކިއުރިޓީ އިތުރު ކުރަން ނިންމުން ހިމެނެ އެވެ. އެހެންމެ ވަގުތީ މުވައްޒަފުން މަދުކޮށް 14 ވަޒީފާ އެއް އަލަށް އުފެއްދުމާއި ލީގަލް ކޮންސަލްޓަންޓެއް ހޯދުން ފަދަ ކަންކަން ހިމެނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބަޖެޓް އިތުރުކޮށް ދޭން އެދޭ ސަބަބުތަކާ މެދު ބައެއް މެމްބަރުން ވަނީ އެނޫން ގޮތަކަށް އެ ހަރަދުތައް ކުރެވޭނެ ގޮތެއް ނޯންނާނެތޯ އާއި އަދި އިލެކްޝަނުން އެދިފައިވާ މިންވަރު މަދު ނުކުރެވޭނެތޯ ސުވާލު އުފައްދަވާފައި އެވެ.

ސިވިލް ސާވީސް ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް އަންނަ އަހަރު ދިނުމަށް ކަނޑައަޅާފައި ވަނީ 21.7 މިލިއަން ރުފިޔާ ކަމަށާއި އެ އަދަދަކީ ހަމަ އެކަނި މުސާރަ އަށް ބޭނުންވާ ވަރު ކަމަށެވެ. މިހާރު ބަޖެޓްގައި ޖަހާފައިވާ އެ އަދަދަށް ފައިސާ ދޫކޮށްގެން ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާ ނުކުރެވޭނެ ކަމަށް ބުނެ އެ ކޮމިޝަނުން ވެސް ވަނީ ގިނަ ސަބަބުތަކެއް ދައްކާފައި އެވެ. އެ ކޮމިޝަނުން ބުނީ މިއަހަރުގެ ބަޖެޓަށް ކަނޑައެޅި ފައިސާ އިން ވެސް ނުވެގެން މިއަހަރު ފިނޭންސްގައި އެދިގެން ފައިސާ ހޯދި ކަމަށެވެ.

އިސްލާމިކް ޔުނިވަރސިޓީން ވެސް ވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާގެ އަދަދާމެދު ހިތްހަމަ ނުޖެހޭތީ އެކަމާމެދު ގިނަ ޝަކުވާތަކެއް ކޮށްފައި އެވެ. އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ 40 މިލިއަން އިތުރަށް ބޭނުންވާ ކަމަށް އެ ޔުނިވަރސިޓީން ވަނީ ކޮމެޓީގައި ބުނެފައި އެވެ. ފައިސާ އިތުރުކޮށްދޭން އެދުނު ސަބަބުތަކުގެ ތެރޭގައި އިސްލާމިކް ޔުނިވަރސިޓީގެ ލިފްޓް ހަލާކުވެފައި އޮތުން ފާހަގަ ކުރި އެވެ. ނަމަވެސް އެ ޔުނިވަރސިޓީން ފައިސާ ދޭން އެދިފައިވާ އަދަދާ ގުޅޭ ގޮތުން މެމްބަރުން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި ބައެއް ކަންކަމަށް ފައިސާ އިތުރުކޮށްދޭން އެދުނު ސަބަބު ސާފުނުވާކަން ވެސް މެމްބަރުން ފާހަގަ ކުރެއްވި އެވެ. އިސްލާމިކް ޔުނިވަރސިޓީން ވަނީ އެ ޔުނިވަރސިޓީގައި ސެކިއުރިޓީ ސިސްޓަމާއި ފަޔަރ ސިސްޓަމެއް ގާއިމު ކުރުމަށް ވެސް އިތުރަށް ފައިސާ ބޭނުންވާ ކަން ފާހަގަކޮށްފަ އެވެ.

ގައުމީ ޔުނިވަރސިޓީން ވެސް ބަޖެޓްގައި މިހާރު ޖަހާފައިވާ ފައިސާގެ މިންވަރާމެދު ހިތްހަމަ ނުޖެހޭއިރު އެ ޔުނިވަރސިޓީން ވެސް ވަނީ 50 މިލިއަން އިތުރަށް ބޭނުންވާ ކަމަށް ފާހަގަ ކުރައްވާފައި އެވެ. މިހާރު ބަޖެޓްގައި އޮތީ 192 މިލިއަން އެ ޔުނިވަރސިޓީ އަށް ދިނުމަށެވެ. މި ގޮތުން އަންނަ އަހަރު ޑިގްރީއަށް ކިޔަވާދިނުން ހިލޭ ހަމަ ޖައްސާދޭތީ މީގެ ކުރިން އެ ކޯސްތަކަށް ނަގަމުންއައި ފީ އަންނަ އަހަރުން ފެށިގެން ލިބެމުންނުދާނެތީ އޭގެ ދަތިތައް ކުރިމަތިވާނެކަން އެ ޔުނިވަރސިޓީން ފާހަގަ ކުރި އެވެ. އަދި އަންނަ އަހަރު މެޑިކަލް ސްކޫލެއް ގާއިމު ކުރަން ޖެހުމަކީ ވެސް އިތުރަށް ފައިސާ ބޭނުންވާ ސަބަބެއް ކަމަށް ފާހަގަ ކުރެއްވި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ކަނޑައަޅާފައިވާ ބަޖެޓަށް 87 މިލިއަން އިތުރުކޮށްދޭން އެދި އެ ޑިޕާޓްމަންޓުން ކޮމެޓީގައި ބުނީ، ބަޖެޓް އިތުރުކުރަން އެންމެ ބޮޑަށް ބޭނުންވާ އެއް ސަބަބަކީ 15 ފަނޑިޔާރުން މިއަހަރު އިތުރުވެގެންދިއުމެވެ. ކޯޓުތައް މަރާމާތުކުރުމަށާއި ފަނޑިޔާރުންގެ ފެންވަރު ރަނގަޅުކުރުމަށް ވެސް އިތުރަށް ފައިސާ ބޭނުންވާކަން ފާހަގަ ކުރި އެވެ. ނަމަވެސް ބަޖެޓް ކޮމެޓީގެ ކަންބޮޑުވުމަކަށްވީ ރައްޔިތުންނަށް ބޭނުންވާ އަދުލު އިންސާފު ގާއިމު ކުރެވިގެން ނުދިއުމެވެ. އަދި އެ ބަޖެޓް ދީފިނަމަ އަދުލު އިންސާފު ގާއިމު ވެގެންދާނެތޯ މެމްބަރުން ސުވާލު އުފެއްދި އެވެ.

ބަޖެޓް ދިރާސާ ކުރަމުންދާއިރު މިތަންތަންނަށް އިތުރަށް ފައިސާ ދިނުމާމެދު ކޮމެޓީން އަދި ގޮތެއް ނިންމާނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް