Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ސޯލިހުގެ ވައުދުތައް

ރައީސް ސޯލިހުގެ ނާސްތާ ވައުދު: މިއީ ކިހާ މުހިއްމު ކަމެއް؟

ސަރުކާރުން ހެދުނުގެ ނާސްތާ ފޯރުކޮށްދޭނެ އުސޫލެއް އަވަހަށް ހާމަކޮށްދިނުމަށް ރައްޔިތުން ދަނީ އެދެމުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2018 | އަންގާރަ 18:39
ރައީސް ސޯލިހު، ކޮންމެ ދަރިވަރަކަށް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ހެނދުނުގެ ނާސްތާ

ރައީސް ސޯލިހު، ކޮންމެ ދަރިވަރަކަށް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ހެނދުނުގެ ނާސްތާ

ޖަޒީރާ ރާއްޖޭގެ ރައީސް ވެރިކަމާއި ހަވާލުވެއްޖެއެވެ. ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދުތަށް ފުއްދައިދިނުމުގެ މަސައްކަތް ފައްޓަވައިފިއެވެ. 100 ދުވަހުގެ ޕްލޭނެއް އެކުލަވާލާ އެ ޕްލޭންގެ މަސައްކަތް ފައްޓަވައިފިއެވެ. ޖަޒީރާ ރާއްޖޭގައި ކިޔަވާ ކުދިން އަންނަ އަހަރުގެ ކިޔެވުން ފަށާނީ މުޅިން އާ ކަމަކާއެކުއެވެ. ކޮންމެ ދަރިވަރަކަށް ހެނދުނު ނާސްތާ ދެއްވާނެ ކަމަށް ސަރުކާރުން ވެވަޑައިގެންނެވި ވައުދާއެކު، ރާއްޖޭގެ ސްކޫލްތަކުގެ ކުދިންނަށް ހެނދުނު ނާސްތާ ލިބިގެންދާނެއެވެ.

ސްކޫލްތަކުގައި ހެދުނު ނާސްތާ ފޯރުކޮށްދިނުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ކުރަމުން އަންނަ ކަމެކެއެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުކަމަށްވާ އެމެރިކާގެ ސްކޫލްތަކުގައި އަންނަނީ ސްކޫލް ކުދިންނަށް ހެނދުނު ނާސްތާ ފޯރުކޮށްދެމުންނެވެ. 2003 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުން ފެށިގެން އެމެރިކާގެ ސްކޫލްތަކުގައި ހެދުނުގެ ނާސްތާ ފޯރުކޮށްދެމުން އަންނައިރު، އެމެރިކާގެ ނިއުޔޯރކްގެ 1700 އެއްހާ ސްކޫލްގައި 30000 (ތިރީސްހާސް) ދަރިވަރުންނަށް ކޮންމެދުވަހަކުވެސް ދަނީ ހެނދުނުގެ ނާސްތާ ފޯރުކޮށްދެމުންނެވެ.

އެގޮތުން އެމެރިކާގެ ސްކޫލްތަކުގެ ކުދިންނަށް ހެދުނު ނާސްތާ ފޯރުކޮށްދެމުން އަންނަނީ އެކުދިންގެ ކްލާސްރޫމްގައެވެ. ކޮންމެ ދުވަހަކު ސްކޫލް ފެށުމަށްފަހު 10 މިނިޓާއި 20 މިނިޓާއި ދެމެދުގެ ވަގުތެއް ހޭދަކުރަނީ ކްލާހުގެ ހުރިހާ ކުދިން އެކުގައި އިށީންދެ ތިބެ ހެނދުނުގެ ސައި ބުއިމަށެވެ. މި ކަމާއި ގުޅޭ ގޮތުން އެމެރިކާގައި ކުރެވުނު ދިރާސާއެއް ދައްކާ ގޮތުން، މި ކަމުގެ ސަބަބުން ދަރިވަރުންގެ ހާޒިރީ ރަނގަޅުވެ، ކުދިންގެ ކިޔެވުމަށް ކުރިއެރުންތަކެއް ލިބިގެންދެއެވެ.

ހެނދުނުގެ ނާސްތާއަކީ ކުދިން ހެދި ބޮޑުވުމަށް ވަރަށް މުހިއްމު ކެއުމެކެވެ. ދޮންކޭލާއި ކިރަކީ ހަށިގަނޑަށް އޭގެއިން ނުހަނު ގިނަ ފާއިދާތަކެއް ލިބިދޭ އެއްޗެކެވެ. ދޮންކޭލަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި، ފައިބަރ އެކުލެވޭ އެއްޗަކަށްވާއިރު އޭގައި ހަށިގަނޑަށް ބޭނުންވާ ގިނަ މިނަރަލްތަކެއް ހިމެނެއެވެ. ހަމަ އެގޮތަށް ބަލާއިރު ކިރަކީ ކެލްސިއަމް، ފޮސްފަރަސް، ވިޓަމިން ބީ، ޕޮޓޭސިއަމް، ވިޓަމިންޑީ، އަދި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާ ބުއިމެކެވެ. މީގެ އިތުރުން ކިރަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު އެއްޗެކެވެ.

ދޮންކޭލާއި ކިރަކީ ހަށިގަނޑަށް ކިތަންމެ ފާއިދާއެއް ހުރި އެއްޗެއް ކަމުގައި ވެފައި، އެއީ ބެލެނިވެރިން ދަރިންނަށް ކިތަންމެ ދޭން ބޭނުންވާ އެއްޗެއް ނަމަވެސް، ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ދަރިވަރުންނަށް ދޮންކޭލާއި ކިރުތައްޓެއް ނުދެވޭ އެތައް އާއިލާއެއް ރާއްޖޭގައި އެބަ ދިރިއުޅެއެވެ. ދެން އުފެދޭ ސުވާލަކީ ސަރުކާރުން މިކަން ކުރާނީ ކޮން އުސޫލަކުންތޯއެވެ؟

އާ ސަރުކާރުން ކޮންމެ ސްކޫލް ކުއްޖަކަށް ކިރުތައްޓަކާއި ދޮންކެޔޮވަކެއް ދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާނީ ކިހިނެއް، ކޮން އުސޫލަކުންތޯ މިއީ ކޮންމެ މީހަކުވެސް މި ވަގުތު ކުރަމުން އަންނަ ސުވާލެކެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި މިކަމަށް ފަންސާސް މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާއިރު، މިކަން ކުރާނީ ކޮން އުސޫލަކުން ކިހިނެއްކަމެއް އަދި ރައްޔިތުންނަށް ނޭނގެއެވެ.

ސަރުކާރުން ސްކޫލްތަކުގެ ހުރިހާ ކުދިންނަށް ހެދުނުގެ ނާސްތާ ފޯރުކޮށްދޭނީތޯ ނުވަތަ މާލީ ގޮތުން ތަނަސްކަން ނެތް އާއިލާތަކުގެ ކުދިން ދެނެގަނެ، އެ ކުދިންނަށް ނާސްތާ ފޯރުކޮށްދިނުމުގެ އުސޫލެއް ގެންގުޅޭނީތޯ މިއީ ރައްޔިތުން މިކަމުގައި އުފައްދާ ސުވާލެކެވެ. ވަކިވަކި ކުދިންނަށް ނާސްތާ ފޯރުކޮށްދޭނެ އުސޫލެއް ގެންގުޅެފިނަމަ، ކުދިންގެ މެދުގައި ތަފާތުކުރުންތަށް ގެންގުޅެވުން ކަމަށް އެ ކުދިންނަށް ހީކުރެވި، ކުދިންނަށް އޭގެ ނުރަނގަޅު އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބަކާރުން ބުނެއެވެ. ދެން އޮތީ ސްކޫލްތައް މެދުވެރިކޮށް ހުރިހާ ކުދިންނަށް މިކަމަށް ޚާއްސަ ވައުޗަރެއް ފޯރުކޮށްދޭނީތޯ ނުވަތަ އެމެރިކާގެ ސްކޫލްތަކުގައި ކުރަމުން އަންނަ އުސޫލުން ކްލާސްރޫމްގައި ކުދިންނަށް ހެދުނު ނާސްތާ ހަމަޖައްސައިދޭނީތޯ ކުރެވޭ ސުވާލެވެ. ސަރުކާރުން މިކަން ކޮށްދޭނެ އުސޫލެއް އަދި ހާމަކޮށްފައިނުވާއިރު، ދައުލަތުން މިކަން ކުރާނެ އުސޫލަކާއި ދޭތެރޭ ރައްޔިތުންދަނީ ސުވާލުއުފައްދަމުންނެވެ.

ނަމަވެސް މިހާރު ރާއްޖޭގެ ސްކޫލްތަކުގައި ދެ ދަންފަޅިއަށް ކިޔަވާދެމުން އަންނައިރު، ހެދުނުގެ ނާސްތާ ލިބިގެންދާނީ ހަމަ އެކަނި ހެދުނު ދަންފަޅީގެ ކުދިންނަށެވެ. އެހެންކަމުން ސަރުކާރުން ހިލޭ ނާސްތާ ދޭން ފަށާއިރު، އެއް ދަންފަޅިއަށް ސްކޫލް ބަދަލުކުރަންޖެހެއެވެ.

ސަރުކާރުން ކުދިންނަށް ހިލޭ ނާސްތް ފޯރުކޮށްދިނުމަކީ ވަރަށް ރަގަޅު ކަމެއް ކަމަށާއި، އަދި ސްކޫލް ބެލުމުގެ ދަށުން ކުދިންގެ ކްލާސްރޫމަށް ހެދުނުގެ ނާސްތާ ފޯރުކޮށްދިނުމަކީ ރަގަޅު ކަމެއް ކަމަށް ބައެއް ރައްޔިތުން ބުނެފައިވާއިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ ތަފާތު ކުރުމެއްނެތި ހުރިހާ ކުދިންނަށް ނާސްތާ ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ސަރުކާރުން ސްކޫލްކުދިންނަށް ހިލޭ ނާސްތާ ފޯރުކޮށްދޭން ފެށުމަކީ އިންތިހާ ދަރަޖައަށް ރައްޔިތުން ބޭނުންވެފައިވާ ކަމަކަށްވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިންނަށާއި، ވިޔަފާރިވެރިންނަށް އޭގެ ރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށް ލޯކަލް މާރުކޭޓްގައި ދޮންކޭލުގެ ވިޔަފާރިކުރަމުން އަންނަ ފަރާތްތަކުން ވަނީ ބުނެފައެވެ. މާރުކޭޓްގައި ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކުން ބުނެފައިވަނީ ސަރުކާރުން ސްކޫލް ކުދިންގެ ނާސްތާއަށް ދޮންކެޔޮ ފޯރުކޮށްދިނުމުން ދޮންކޭލުގެ ވިޔާފާރިކުރަމުން އަންނަ ފަރާތްތަކަށާއި އެކަމުގައި އުޅޭ ދަނޑުވެރިންނަށް އޭގެ ފާއިދާ ކުރާނެ ކަމަށެވެ. މީގެ އިތުން ސަރުކާރުން ސްކޫލްތަކަށް ދޭން ބޭނުންވާ މިންވަރަށް ދޮންކެޔޮ ސަޕްލައިކުރެވޭނެ ކަމަށާއި، އެކަމަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށް ލޯކަލް މާރުކޭޓްގެ ވިޔަފާރިވެރިންވަނީ ބުނެފައެވެ.

މިއީ ކާމިޔާބު ކަމާއެކު ސަރުކާރަށް ކުރެވިދާނެ ކަމެއްކަން އިނގެނީ މިހާރުވެސް ރާއްޖޭގެ ސްކޫލެއްގައި މި ކަން ކުރަމުން އަންނާތީވެއެވެ. ދ. ރިނބުދޫ ކައުންސިލްގެ ހަދިޔާއެއްގެ ގޮތުން އެ ކައުންސިލުން ދަނީ އެ ރަށު ސްކޫލުގެ ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ކިރާއި ދޮންކޭލާއި ބިސް ހިމެނޭ ނާސްތާއެއް ދެމުންނެވެ. 2018 ވަނަ އަހަރުގެ މެއިމަހުން ފެށިގެން ރިނބުދޫ ކައުންސިލުން އަންނަނީ އެރަށު ސްކޫލްގެ ގްރޭޑް 1 އިން 10 އަށް ތައުލީމް ހާސިލްކުރަމުންދާ 62 ދަރިވަރަކަށް މި ނާސްތާ ފޯރުކޮށްދެމުންނެވެ.

ކޮންމެއަކަސް ރައްޔިތުން މިހާރު އެންމެ ބޭނުންވާ ކަމަކީ ސަރުކާރުން ވީހާވެސް އަވަހަށް ސްކޫލް ކުދިންނަށް ހެދުނުގެ ނާސްތާ ފޯރުކޮށްދޭނެ އުސޫލެއް ހާމަކޮށްދިނުމެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ހަމަޖައްސައިދޭނެ އުސޫލްތަކެއް ނޫނީ އޮނިގަނޑެއް މިހާރު އެކުލަވާލެވިފައިވާ ކަމަށާއި، އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

ރައްޔިތުން ކެތްތެރިކަމެއްނެތި މިހާރު އިންތިޒާރުކުރަމުން އަންނަނީ ސަރުކާރުން މިކަން ކުރާނެ އުސޫލެއް ހާމަކޮށްދޭނެ ވަގުތަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު