Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮރަޕްޝަން މައްސަލަ

ނުހައްގު މުއްސަނދިވުން ހުއްޓުވުމަށް ގާނޫނެއް މަޖިލީހަށް ހުށަހަޅަނީ

މާލީ ބަޔާންތައް ގަވާއިދުން ހާމަ ކުރަން ފަށާނެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2018 | ބުދަ 13:49
ކޮރަޕްޝަން ހުއްޓުވުމަށް މާލީ ބަޔާންތައް ހާމަ ކުރުމާއި ނުހައްގު މުއްސަނދިކަން ހާމަކުރެވޭނެ ގާނޫނެއް ފާސްކުރަން ވަނީ ނިންމާފައި

ކޮރަޕްޝަން ހުއްޓުވުމަށް މާލީ ބަޔާންތައް ހާމަ ކުރުމާއި ނުހައްގު މުއްސަނދިކަން ހާމަކުރެވޭނެ ގާނޫނެއް ފާސްކުރަން ވަނީ ނިންމާފައި

ނުހައްގުން މުއްސަނދިވުން ހުއްޓުވުމަށް ގާނޫނެއް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ސަރުކާރުން ނިންމައިފި އެވެ. މިކަން ކުރުމަށް ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެވެ.

ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ގާނޫނެއް މަޖިލީހަށް ހުށައަޅަން ސަރުކާރުން ނިންމާފައިވާ ކަން ހާމަކޮށްފައި ވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެވެ. ރާއްޖޭގައި ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި ދައުލަތުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހްމަތުތައް ކުރެވުނު ނަމަވެސް އެމީހުންގެ މާލީ ހާލަތު ދެނެގަނެވޭނެ ގާނޫނެއް ނެތެވެ. އަދި އެހެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކަށާއި، މިނިވަން މުވައްސަސާތަކަށް އައްޔަންކުރާ ހުރިހާ މުއައްޒަފުންނާއި އެމީހުން އިނދެގެން އުޅޭ މީހުންގެ މުދަލާއި މާލީ ބަޔާން ގަވައިދުން ހާމަކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

Advertisement - newsAdvertisement

ކޮރަޕްޝަން ހުއްޓުވުމަށް ކުރާ ކަންކަންމުގެ ތެރޭގައި ބިދޭސީންނަށް ކޯޓާ ދޫކުރުމާއި އެމީހުންނާ ގުޅޭ ކަންކަމުގައި ރިޝްވަތު ނެގުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް 100 ދުވަހުގެ ތެރޭގައި އަޅަން ފަށަން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވިސްލް ބްލޮވިންގް ޤާނޫނު ރައްޔިތުންގެ މަޖިލިހަށް ފޮނުވުމަށް ވެސް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން ވެސް އާންމުންނަށް ޚިޔާލު ހުށައެޅުމާއި ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ފަސޭހަ އިން ހުށަހެޅޭނެ ޕްލެޓްފޯމެއް ޤާއިމްކުރުމަށާއި ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ކެމްޕެއިން ފެށުމަށް ސަރުކާރުން ނިންމާފައި ވަނީ ވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެވެ.

  • ބިދޭސީންނަށް ކޯޓާ ދޫކުރުމާއި އެ މީހުންނާ ގުޅޭ ކަންކަމުގައި ރިޝްވަތު ނެގުން ހުއްޓުމަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅެންފެށޭނެ
  • ވިސްލް ބްލޮވިންގް ޤާނޫނު ރައްޔިތުންގެ މަޖިލިހަށް ފޮނުވޭނެ
  • ދައުލަތުގެ މުދަލާއި ފައިސާ އަށް ވެފައިވާ ހިޔާނާތާއި މަނީ ލޯންޑަރނިގް މައްސަލަތައް ބެލުމަށް ކޮމިޓީ އެއް އުފައްދާ އެކަން ހޯދާ ބަލަން ފެށުން
  • ނުހައްގު މުއްސަނދިވުން ހުއްޓުވުމަށް ޤާނޫނެއް މަޖިލިހަށް ހުށައެޅޭނެ
  • ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކަށް މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ ހުރިހާ މިހުންނާއި، އެމީހުންގެ އަނބިން/ފިރިންގެ މުދަލާއި މާލީ ބަޔާން ހާމަކުރެވޭނެ އަދި ގަވައިދުން ރިވިއުކުރެވޭނެ
  • އާންމުންނަށް ޚިޔާލުހުށައެޅުމާއި ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ފަސޭހަ އިން ހުށަހެޅޭނެ ޕްލެޓްފޯމެއް ޤާއިމްކުރެވޭނެ
  • ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ކެމްޕެއިން ފެށޭނެ
  • މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކު ހިންގޭނެ ގޮތަށް ޤާނުނުތައް އިސްލާޙްކުރަން މަޖިލިހަށް ހުށައެޅޭނެ
  • ހުރިހާ އިންތިޚާބީ އަދި އައްޔަންކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އެންޓިކަރަޕްޝަން އަދި ގުޑް ގަވަރނެންސް އާގުޅޭ ޕްރޮގްރާމެއް ހިންގޭނެ
  • ރިޝްވަތު ހިފާ މީހާ އާއި އެއްވަރަށް ރިޝްވަތުދޭ މީހާ ވެސް ކުށްވެރިވާގޮތަށް އެންޓިކޮރަޕްޝަން ޤާނޫނަށް ބަދަލު ގެނެވޭނެ

މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކު ހިންގޭނެ ގޮތަށް ޤާނުނުތައް އިސްލާޙްކުރަން މަޖިލިހަށް ހުށައެޅުމާއި އިންތިޚާބީ އަދި އައްޔަންކުރެވޭ ހުރިހާ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އެންޓިކަރަޕްޝަން އަދި ގުޑް ގަވަރނެންސް އާގުޅޭ ޕްރޮގްރާމުތައް ވެސް ހިންގަން ވަނީ ހަމަ ޖައްސާފައި އެވެ. ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުން އިސްނަގައިގެން މިހާތަނަށް އެފަދަ މަސައްކަތްތަކެއް ކޮށްފައިނުވެ އެވެ. އަދި ކޮރަޕްޝަން ހުއްޓުވުމުގެ މަގުސަދުގައި ވަކި ވަކިން ހާއްސަ ގާނޫނުތަކެއް ހަދާފައިނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު