Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޝާހިދު

ޝާހިދުގެ ފުރަތަމަ ބައްދަލުކުރެއްވުން ފަލަސްތީނުގެ ޚާރިޖީ ވަޒީރާއިއެކު

18 ނޮވެމްބަރު 2018 | އާދީއްތަ 13:54

ގިނަ އަދަދެއްގެ ޑިޕްލޮމެޓުންނާއެކު ޝާހިދު ބައްދަލުވުންތައް ބޭއްވެވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 ނޮވެމްބަރު 2018 | އާދީއްތަ 13:54
ފަލަސްތީނުގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ފަލަސްތީނުގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އައު ސަރުކާރުގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު، ފަލަސްތީނުގެ ފޮރިންގ މިނިސްޓަރާއި ބައްދަލުކުރައްވައިފި އެވެ. އޭގެއިތުރުންވެސް ޝާހިދު ވަނީ ބޭރުގެ ގިނަ ޑިޕްލޮމެޓުންނާއި އާދިއްތަ ދުވަހު ބައްދަލުކުރައްވާފަ އެވެ.

އަބްދުﷲ ޝަހިދު ފޮރިންގ މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ހޮނިހިރު ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައެވެ. މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުން ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިއާދު މާލިކީއާ އެކު ބޭއްވެވިއިރު، އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް، ފަލަސްތީނާއެކުގައި އޮންނާނެކަމުގެ ޔަޤީންކަން ޝާހިދު، ފަލަސްތީން ސަރުކާރަށް އަރުވައިފައިވެއެވެ.

Advertisement - newsAdvertisement

ފަލަސްތީނުގެ ފޮރިންގ މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމަށްފަހު އާދިއްތަ ދުވަހު ގިނަ ބައްދަލުވުންތަކެއް އަބްދުﷲ ޝާހިދު ކުރިއަށްގެންދަވާފައިވެއެވެ. އެގޮތުން އެމެރިކާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރާއެކު ބައްދަލުވުން ކުރިއަށްގެންދެވިއިރު، އެ ބައްދަލުވުމުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުންނާއި، ދެ ޤައުމުު އެކުގައި މަސައްކަތްކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ފޮރިންގ މިނިސްޓްރީން ބުނެ އެވެ. އަދި އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅެގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެއިތުރުން ޖަޕާންގެ ސަރުކާރުން ރާއްޖެއަށް ފޮނުއްވި ހާއްސަ މަންދޫބާއިވެސް އަބްދުﷲ ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި އޭގެއިތުރުން ސާބިއާ ސަރުކާރުގެ ހާއްސަ މަންދޫބާއި، ދެކުނު ކޮރެއާ އަދި ސިންގަޕޫރު ސަރުކާރުގެ އޮފިޝަލުންނާއިވެސް ޝާހިދު ވަނީ ވަޒީރުކަމުގެ ފުރަތަމަ ދުވަހު ބައްދަލުކުރައްވާފަ އެވެ.

ޝާހިދަކީ ހާރިޒީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އައު ސަރުކާރުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ޤައުމުތަކާއި އެކު އޮތް ގުޅުން ހަރުދަނާކޮށް، ބައިނަލްއަޤުވަމީ ދުނިޔޭގައި ބަސްވިކޭ ޤައުމަކަށް ހެދުން ހިމެނެ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
02 އެޕްރީލު 2017

ޒިޔަތުއާއި ޝާހިދުގެ ޚިޔާނާތުގެ މައްސަލަ އަނެއްކާ ވެސް ކެންސަލް!

02 އެޕްރީލު 2017
ޒިޔަތުއާއި ޝާހިދުގެ ޚިޔާނާތުގެ މައްސަލަ އަނެއްކާ ވެސް ކެންސަލް!
11 މާރިޗު 2017

ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

11 މާރިޗު 2017
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!

26 ފެބުރުއަރީ 2017
ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް