Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން ގާޖާ

ތޫފާން ގާޖާގެ ސަބަބުން މަރުވި މީހުންގެ އަދަދު 40 އަށް އަރައިފި

19 ނޮވެމްބަރު 2018 | ހޯމަ 13:56

ޓެމިލްނާޑޫގެ ސަރުކާރުން ވަނީ 500 ވަގުތީ ކޭމްޕް ގާއިމުކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 19 ނޮވެމްބަރު 2018 | ހޯމަ 13:56
ހުކުރުދު ވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން 48 ގަޑިއިރު ތެރޭ 175 މިލިމީޓަރުގެ ވާރޭވެހިފައިވޭ

ހުކުރުދު ވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން 48 ގަޑިއިރު ތެރޭ 175 މިލިމީޓަރުގެ ވާރޭވެހިފައިވޭ

އިންޑިއާގެ ޓެމިލްނާޑޫގެ އަށް ޑިސްޓްރިކްޓަކަށް މިހާރު އަރާފައިވާ ތޫފާން ގާޖާގެ ސަބަބުން 40 މީހުން މަރުވެ 80،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހުކުރު ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން 48 ގަޑިއިރު ތެރޭ 175 މިލިމީޓަރުގެ ވާރޭވެހި 120 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހިފައިވާ ކަމަށް އިންޑިއާގެ މީޓިއޮރޮލިޖިކަލް ސެންޓަރުން ރިޕޯޓްކުރެއެވެ.

ތޫފާނުގެ ސަބަބުން ގެއްލުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސިފައިންގެ އިތުރުން ސަރުކާރު މުވައްޒަފުންނާއި އާއްމުންގެ އެތައް ބަޔަކު ހަރަކާތްތެރިވަމުންދެއެވެ.

ވަގުތީ ގޮތުން ސްކޫލްތަކުގެ އިތުރުން ކޮލެޖްތައް ވެސް ބަންދުކޮށްފައި ވާއިރު ތޫފާނުގެ ސަބަބުން މަގުތަކަށް ވެއްޓިފައިވާ ގަސްތަކުގެ އިތުރުން ކަރަންޓު ވިއުގަ މަރާމާތު ކުރުމުގެ މަސައްކަތުގައި ޑިޒާސްޓާ މެނޭޖްމެންޓް އިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ގިނަ ހިސާބުތަކުގައި ކަރަންޓްގެ ހިދުމަށް ކެނޑިފައިވާއިރު ކުރިޔަށް އޮތް 72 ގަޑިއިރު ތެރޭގައި ހިދުމަތް ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުންދާ ކަމަށް އިލެކްޓްރިކް ޑިޕާޓްމެންޓް އިން ހަބަރުދެއެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓެމިލްނާޑޫގެ ސަރުކާރުން ވަނީ 500 ވަގުތީ ކޭމްޕް ގާއިމުކޮށްފަ އެވެ. ކާނާ އާއި އަންނައުނު ގެ އިތުރުން ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމުގައި ލަސްވަމުން ދާތިވެ ބައެއް ކޭމްޕްތަކުގައި ތިބި މީހުން ދަނީ އެކަމާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. ނަމަވެސް މިވާހަކަތައް ޓެމިލްނާޑުގެ ޗީފް މިނިސްޓަރް އެޑައްޕަޑި ޕަލަނިސުވަމީ ވަނީ ދޮގުކުރައްވާފައި އެވެ.

ގާޖާ ތޫފާނުގެ ސަބަބުން މަރުވެފައިވާ މީހުންގެ އާއިލާތަކަށް 10 ލައްކަ ރުޕީސް ދޭން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ޕަލަނިސްވާމީ ވަނީ ވިދާޅުވެފައި އެވެ. ހަމަ އެއާއިކު ބޮޑެތި ޒަހަމްތަށް ލިބިފައިވާ މީހުންގެ އާއިލާތަކަށް 25،000 ހާސް ރުޕީސް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ އަހަރު ޓެމިލްނާޑުގެ އިތުރުން ކެރެލާ އަށް އެރި ސައިކްލޯން ކޮޗީގެ ސަބަބުން 250 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް