Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކިމް ޖޮން ނަމް މަރާލުން

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

ކިމް ޖޮން ނަމް ގެ މަރާ ގުޅިގެން އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަނީ ގޯސްވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 3 މާރިޗު 2017 | ހުކުރު 13:26
މަރާލައިފައިވާ ކިމް ޖޮން ނަމް

މަރާލައިފައިވާ ކިމް ޖޮން ނަމް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދިފަހުން މެލޭޝިއާގެ އެއާޕޯޓެއްގައި މަރުވީ ވިހައެއްގެ ސަބަބުން ނޫން ކަމަށާއި އޭނާ މަރުވެފައިވަނީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން ކަމަށް އުތުރު ކޮރެއާ އިން ބުނެފިއެވެ.

ދާދިފަހުން މެލޭޝިއާ އަށް ވަޑައިގެންނެވި އުތުރު ކޮރެއާގެ ޑެލެގޭޝަންގެ ތަރުޖަމާނު ރީ ޓޮން 2 މީޑިއާތަކަށް ވިދާޅުވީ، ކިމް ޖޮން ނަމް އަކީ ހިތުގެ ބަލީގެ ރިކޯޑު އޮތް މީހެއް ކަމަށާއި އެހެން ކަމުން އޭނާ މަރުވީ ހާޓް އެޓޭކެއްގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ރީ ޓޮން 2 އިތުރަށް ވިދާޅުވީ ކިމް ޖޮން ނަމް ދިޔައީ ހިތުގެ ބައްޔާއި ހަކުރު ބައްޔަށް ބޭސް ވެސް ބޭނުން ކުރަމުން ކަމަށެވެ.

ރީ ޓޮން 2 އަކީ އުތުރު ކޮރެއާ އިން ކުރިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރުގެ ނައިބުކަން ކުރެއްވި ބޭފުޅެކެވެ.

އުތުރު ކޮރެއާ އިން މެލޭޝިއާގެ އެއާޕޯޓުގައި މަރުވީ ކިމް ޖޮން ނަމް ކަމެއް އަދި ރަސްމީ ގޮތުން ގަބޫލުކޮށްފައެއް ނުވެއެވެ. އުތުރު ކޮރެއާ އިން ހަމައެކަނި ގަބޫލު ކުރާ މިންވަރަކީ މަރުވި މީހަކީ އުތުރު ކޮރެއާގެ ރައްޔިތެއް ކަމަށްވާ ކިމް ޖޮން ނަމް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

ކިމް ޖޮން ނަމް ގެ މަރާއި ގުޅިގެން އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަނީ ގޯސްވެފައެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދި ފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުންގެ މައްޗަށް މެލޭޝިއާ އިން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ މިހާރު ވަނީ އުފުލާފައެވެ. އުތުރު ކޮރެއާ ރައްޔިތުންނަށް ވިސާއާ ނުލައި މެލޭޝިއާއަށް ވަދެވޭ ގޮތަށް އޮތް އޮތުން މިއަންނަ ހޯމަދުވަހުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށް މެލޭޝިއާ އިން ވަނީ ބުނެފައެވެ.

އެއްވެސް އިރެއްގައި އުތުރު ކޮރެއާ އާއި މެލޭޝިއާއަކީ މާ ރަހުމަތްތެރި ދެ ގައުމެއް ނޫނެވެ. އެހެން ނަމަވެސް ގުޅުން ގޯހެކޭ ވެސް ދެންނެވޭކަށް ނެތެވެ. ދެ ގައުމުން ރަސްމީ ގުޅުން ބާއްވަން ފަށާފައިވަނީ ޖޫން 1973 ގައެވެ. އުތުރު ކޮރެއާގައި އެމްބަސީއެއް ހުންނަ 30 އަށް ވުރެ މަދު ގައުމު ތެރޭގައި، މެލޭޝިއާ ހިމެނެއެވެ. އަދި މެލޭޝިއާ ރައްޔިތުންނަކީ ވިސާއަކާ ނުލައި އުތުރު ކޮރެއާ އަށް އެތެރެ ވެވޭ ހަމައެކަނި ގައުމުގެ ރައްޔިތުންނެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު