Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު

18 ނޮވެމްބަރު 2018 | އާދީއްތަ 16:32

ރައީސް ސޯލިހްގެ ވެރިކަން ދިފާއުކުރެއްވުމަށް ކުރައްވަންޖެހޭ ހުރިހާކަމެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 ނޮވެމްބަރު 2018 | އާދީއްތަ 16:32
އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ

އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ | އަންޖު

ރައީސް އަބްދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެއްވި ފަރާތްތަކަށް ހޮނިހިރު ދުވަހު ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފުރުސަތު ނު ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅޭ ގޮތުން ރައީސް ނަޝީދު ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ ކުލަ ބަދަލުކޮށްގެން އިއްތިހާދުގެ ޕާޓީއަކާއި ގުޅިވަޑައިގެން މަޤާމު ރައްކާތެރި ކުރައްވަން ނޫޅުއްވުމަށް ރައީސް ޔާމީނާއެކު މަސައްކަތްކުރެއްވި ސިޔާސީ ފަރާތްތަކަށް އިލްތިމާސް ކުރައްވާކަމަށެވެ. އެފަދަ ފަރާތްތަކަށް މި ސަރުކާރުން ފުރުސަތު ނު ދޭނެ ކަމަށް އުއްމީދު ކުރައްވާކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް އަދި ޤާސިމް އިބްރާހިމް ވެސް އެފަދަ ސިޔާސީ ބޭފުޅުންނަށް ފުރުސަތު ނު ދެއްވުމަށް އެދިވަޑައި ގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވި ރައީސް ޔާމީނާ އެކު މަސައްކަތްކުރެއްވި ބޭފުޅުންނަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަން ދަންނަންޖެހޭ ކަމަށާއި، ރައްޔިތުން ފުރުސަތު ނު ދޭނަމަ އެ ބޭފުޅުންނަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

"ކުލަ ބަދަލު ނު ކުރައްވާށޭ، ތި ތިއްބެވި ތަނެއްގައި ތިއްބަވާށޭ. ތި ބޭފުޅުންގެ ފުރުސަތު، ތި ބޭފުޅުން ރައްޔިތުންނާއި ވަކާލަތު ކުރައްވައިގެން ހޯދަވާށޭ. އަޅުގަނޑު ނު ދެކެން ޖުމްހޫރީ ޕާޓީއަކުން ވެސް އަދި އަދާލަތު ޕާޓީއަކުން ވެސް އަދި ރައީސް މައުމޫން ވެސް، ރައީސް ޔާމީންގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މިއަދުގެ ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް ގެންނަވާނެ ކަމަކަށް. ރައީސް މައުމޫނަށް ވެސް، ޤާސިމް އިބްރާހިމަށް ވެސް، އަދި ޝެއިހް އިމްރާނަށް ވެސް އެނގިވަޑައި ގަންނަވާނެ އެ ބޭބޭފުޅުންނަކީ ރައްޔިތުން ބަލައިގަންނާނެ ބޭބޭފުޅުންނެއް ނޫންކަން" ވަކި ސިޔާސީ ބޭފުޅެއްގެ ނަން ވިދާޅުނުވެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސޯލިހު ހުވާ ކުރެއްވުމަކީ ހަޔާތުގައި ލިބިވަޑައިގަންނަވާ އެންމެ އުފާވެރި އެއް ދުވަސް ކަމަށާއި އެމަނިކުފާނާ އެކު އެކީގައި މަސައްކަތް ކުރައްވާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން ޤާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރާ ގަދަރާއި އަދި އެ ބޭފުޅާގެ ރައީސް ކަމާއި އަދި އެބޭފުޅާގެ ސަރުކާރު ދަމަހައްޓަން އަޅުގަނޑު ޤާނޫނީ ގޮތުން ނު ކުރާނެ އެއްވެސް ކަމެއް ނޯންނާނެ. އެއީ އަޅުގަނޑު އެކަން ކުރާނެ ގޮތް. އަދި ސިޔާސީ އެއްވެސް މަޝްވަރާ އަކީ އަޅުގަނޑު އެކަނި ހިންގާނެ މަޝްވަރާ އެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައީސް ކަމުގެ މުއްދަތެއް ލިބިވަޑައިގަންނަވަން ޖެހޭނެ، އެއީކީ އަޅުގަނޑު އިންކާރު ކުރާނެ ކަމެއް ނޫން އަދި އެއްވެސް ދިވެއްސެއް އެކަމާއި އިންކާރެއް ނުކުރައްވާނެ. އަޅުގަނޑު ދެކޭ ގޮތުގައި ސޯލިހަށް ރިޔާސީ ދައުރެއް ލިބިވަޑައިގަންނަވަން ޖެހޭނެ އެހެން ނަމަވެސް އަޅުގަނޑު ޤަބޫލުކުރަނީ ދިވެހި ރާއްޖޭގައި ސިޔާސީ ހަމަޖެހުން ލިބިގެން ދާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސޯލިހުގެ ސަރުކާރު ވެގެންދާނީ ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ބޭނުންތަކަށް ހިންގޭ ސަރުކާރަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ސަރުކާރަކީ އެއްވެސް ހާލެއްގައި ވަކި ބައެއްގެ ސަރުކާރެއް ނޫންކަން ކަމަށާއި މި ސަރުކާރަކީ ރައްޔިތުންގެ ވެރިކަމަށް ހިންގާ ސަރުކާރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް