Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް

ރައްޔިތުން ވޯޓު ދިން ސަބަބު އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނުނެތޭނެ: ރައީސް ސޯލިޙް

ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އަދުލު އިންސާފު ޤާއިމް ވެގެންދާތަން ފެނުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2018 | އާދީއްތަ 14:16
ރައީސް ސޯލިޙް ހުވައި ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ޤައުމާ މުޚާޠަބު ކުރައްވަނީ

ރައީސް ސޯލިޙް ހުވައި ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ޤައުމާ މުޚާޠަބު ކުރައްވަނީ

ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އަދުލު އިންސާފު ޤާއިމް ވެގެންދާ ތަން ފެނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ދިވެހި ޖުމްހޫރިއްޔާގެ 7 ވަނަ ރައީސްގެ މަޤާމުގެ ހުވައި ކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންނާ މުޚާޠަބުކުރައްވައި ރައީސް ސޯލިޙް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ޤާނޫނު ހިންގުމުގެ ބާރު އިސްލާހުކުރަން ޖެހޭ ކަމަށާއި ފަނޑިޔާރުންނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީޢަތް ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދޭން ޖެހިފައިވާ ކަމަށެވެ. އަދި އައު ސަރުކާރުން ޚިދުމަތް ކޮށްދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށާއި، އެއްވެސް ރައްޔިތަކު ބާކީ ވެގެން ނުދާނެކަމުގެ ޔަޤީންކަން ރައީސް ސޯލިޙްގެ ވާހަކަފުޅުގައި ރައްޔިތުންނަށް އެރުވިއެވެ.

Advertisement - newsAdvertisement

ވެރިކަމުގެ ހުވައި ކުރެއްވުމަށް ފަހު ރައީސް ސޯލިޙް ވިދާޅުވީ މާތް ﷲގެ ވާގިފުޅާ އެކު އެމަނިކުފާނު ކުރެއްވި ވެރިކަމުގެ ހުވާގެ މަތީގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ. ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ކުރި ލިބިވަޑައިގަތް ނަމަވެސް، އެމަނިކުފާނާއި ވާދަކުރެއްވި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަށް ވެސް ވޯޓު ދެއްވި ރައްޔިތުން ތިއްބެވިކަން ފާހަގަކުރައްވަމުން ރައީސް ސޯލިޙް ވިދާޅުވީ އެދުވަހު ރައްޔިތުން ވޯޓު ދެއްވި ގޮތަށް ބެލުމެއް ނެތި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް އެދުވަހު ވޯޓު ދެއްވީ، އެ ރައްޔިތަކު ދެކޭގޮތުގައި ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ފެނުނުގޮތަށް. މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށް މި އަރުވަނީ، އެދުވަހު ތިޔަބޭފުޅުން އިޚްތިޔާރުކުރެއްވި ގޮތަކަށް ބެލުމެއްނެތި، ތިޔަ ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރުމުގައި އަޅުގަނޑު ދެމިހުންނާނެ ވާހަކަ," ރައީސް ސޯލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިޙް ވިދާޅުވީ އެމަނިކުފާނަށް ރައްޔިތުން ވޯޓު ދިން ސަބަބު އެންމެ ހިނދުކޮޅަކަށް ވެސް ހަނދުމަފުޅު ނު ނެތޭނެކަމަށެވެ. އެގޮތުން ރައްޔިތުން އެ މަނިކުފާނަށް ވޯޓު ދިނީ އިންސާފުގެ މަގަށް ޤައުމު ގެންގޮސް، އަމާންކަން ޤާއިމް ކޮށް، ކޮރަޕްޝަން ނައްތާލުމަށް ކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވީ ގެއްލިފައިވާ އަދި ފުރިހަމަ ނުވާ އަސާސީ ހައްޤުތައް ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު ވެ ވަޑައިގެންނެވި ވައުދުގެ މައްޗަށްކަމަށާއި، އެމަނިކުފާނު ވެ ވަޑައިގެންނެވި އެއްވެސް ވައުދެއް ހަނދުމަފުޅު ނު ނައްތަވާނެކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ. އަދި ހަމަ އެއާއި އެކު ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިނީ ކޯލިޝަންގެ ކެންޑިޑޭޓްގެ ގޮތުގައި ކަމަށާއި، އެކަން ހުރިހާ ފަރާތްތަކުން ވެސް އަބަދު ވެސް ހަނދާން ބަހައްޓަން ވާނެކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ.

"ރައްޔިތުން ވޯޓު ދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެށްޓެއް ޤާއިމުކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނު ލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައި ދިނުމަށް އަޅުގަނޑު ވީ ވަޢުދުތަކުގެ މައްޗަށް. މީގެތެރެ އިން އެއްވެސް ވަޢުދަކީ، އަޅުގަނޑު ހަނދާން ނައްތާލާނެ ވަޢުދެއް ނޫން."

ރައީސް ސޯލިޙް ވިދާޅުވީ އައު ޤާނޫނު އަސާސީ އާއި އެކު ރައްޔިތުން ކުރި އުއްމީދުތައް ވިއްސި ވިހާލި ވެފައިވާކަމަށާއި، މިއަދު ކުރައްވަން ފައްޓަވާ މަސައްކަތަކީ ދައުލަތުގެ އެންމެހާ ކަންކަން ޤާނޫނީ އިމުގެ ތެރެއަށް ގެންގޮސް އިންސާފު ޤާއިމްކުރުން ކަމަށެވެ. އަދި ދައުލަތުގެ އެންމެހާ ކަންކަން އިންސާފުގެ މަގަށް މިސްރާބު ވެގެންދާ މަންޒަރު ފެންނާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައީސް ސޯލިޙް ވަނީ އަރުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު