Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް

މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ނާޒިމް ރާއްޖެ ވަޑައިގަންނަވައިފި

17 ނޮވެމްބަރު 2018 | ހޮނިހިރު 06:47

މިއައީ ސިޔާސީ މަސައްކަތް ކުރަން: ނާޒިމް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ނޮވެމްބަރު 2018 | ހޮނިހިރު 06:47
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ރާއްޖޭ ވަޑައިގަންނަވައިފި އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ހުންނަވައި ނޫސްވެރިންނަށް މައުމޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ އޭނާ ރާއްޖެ މިވަޑައިގެންނެވީ ރާއްޖެ ދޫކުރައްވާ ދެ އަހަރާއި 11 މަހާއި ހަތް ދުވަސް ފަހުން ކަމަށާއި ރާއްޖެ ވަޑައިގެންނެވީ، އިބްރާހީމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާއި، އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑަކީ މިވެރިކަމުގައި އެންމެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރި މީހާ. އެހެންވީމައި އަޅުގަނޑު މިއަދު އައިސް ރައްޔިތުންގެ ކުރިމަތީގައި މިހުއްޓެނީ މިއަނިޔާވެރިކަން (ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން) ނިމުން ފާހަގަކުރުމުގެ ގޮތުން. އަޅުގަނޑު ގަބޫލުކުރަން ރައީސް ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރިއެކަކީި އަޅުގަނޑު. ހަމައެހެންމެ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވެރިކަން (ރައީސް ޔާމީންގެ) ނިންމުމަށްވެސް އަޅުގަނޑު އެއަށްވުރެ ބޮޑަށް މަސައްކަތް ކުރީމޭ. އެހެންވީމާ އަޅުގަނޑު އެނބުރި ސިޔާސީ މަަސައްކަތް ކުރުމަށް މިކުންނަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަސައްކަތް ކުރުމަށް، އަދި ގުޅިގެން ގެނައި އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަން ބޭނުންވެގެން މިއައީ،" ރައީސް ޔާމީންގެ އެންމެ ދުވަސްވީ އެންމެ ގާތް އެކުވެރިޔާ ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތައް އެކުލަވާލާއިރު، ރާއްޖެ ހަމަ މަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނަންތޯ ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ ގޮތެއް ނިންމާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަސްވަރާ ކުރުމަށްފަހުގަ ކަމަށެވެ.

ނާޒިމް ވިދާޅުވީ އޭނާ ހުންނަވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއެކު ކަމަށެވެ. އެހެން ކަމުން ނާޒިމް ގުޅިވަޑައިގަންނަވާނީ ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓާއެކު ކަމަށް މިވަނީ ބެލެވިފަ އެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މީގެ ތިން އަހަރު ކުރިން، 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ.

މަކަރާއި ހީލަތުގެ ކުށް ނާޒިމްގެ މައްޗަށް ސާބިތުވުމާ ގުޅިގެން، 2015 ވަނަ އަހަރު އޭނާ ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވެސް ހުސްވިއެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ނާޒިމް ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އެއަށްފަހު އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސީ ވިލާތުގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް