ކޮޅު ބަދަލުކުރާތަން އެބަފެނޭ، ގުރުބާންވި ރައްޔިތުންގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ: ޑރ ޖަމީލު
15 ނޮވެމްބަރު 2018 | ބުރާސްފަތި 13:07ބައެއް މީހުން ވެރިކަން ބަދަލުވަމުން ކުއްލިޔަކަށް ހޭލާތަން އެބަފެނޭ


މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު
ބައެއް މީހުން ކުއްލިއަކަށް ކޮޅު ބަދަލުކުރާތަން އެބަފެންނަ ކަމަށާއި ނަމަވެސް ކޯލިޝަނަށްޓަކައި މަގުމަތީގައި ގުރުބާންވި ރައްޔިތުންގެ މަތިން ހަދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު މިހެން ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުވުމާއި ގުޅިގެން ރައީސް ޔާމިން އަރިހުގައި އުޅުއްވި އިސްބައެއް ބޭފުޅުން އިދިކޮޅު ކޯލިޝަންތަކާއި ގުޅެމުންދާ ދުވަސްވަރެއްގައެވެ.
ޑރ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ގާނޫނީ އިމުން ބޭރުން އެތަކެއް ކަމެއް ހިންގިއިރު އެކަން ދިފާއުކޮށް އަދި ހަނު ތިބި ފަރާތްތަކުން ވެރިކަން ބަދަލުވަމުން ކުއްލިޔަކަށް ހޭލާތަން އެބަ ފެންނަ ކަމަށެވެ.
ނަމަވެސް ބުރަ މަސައްކަތްކޮށް މަގު މަތީގައި ގުރުބާންވި އެތަކެއް ރައްޔިތުން މަތިން ހަނދާން ކުރަން ޖެހޭ ކަމަށާއި، އެއީ ކޯލިޝަންގެ ވައުދު ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.







