Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީގެ \"ފަަށާއިރު\" ޕްރޮގްރާމް

ކޯޓުތަކުގެ ހުރުމަތް ކެނޑޭ ފަދަ ކޮންޓެެންޓެއް ރާއްޖެޓީވީގެ 'ފަށާއިރު' ގައި ގެނެސްދީފައެއް ނުވޭ: ބްރޯޑްކޮމް

ބްރޯޑް ކާސްޓިންގ ކޮމިޝަނުން އެގޮތަށް ނިންމީ އެކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2018 | ބުރާސްފަތި 16:58
ރާއްޖެޓީވީގެ \'ފަށާއިރު\' ޕްރޮގްރާމް

ރާއްޖެޓީވީގެ \'ފަށާއިރު\' ޕްރޮގްރާމް

ޝަރުއީ ދާއިރާގެ ކޯޓުތަކުގެ ހުރުމަތް ކެނޑޭ ފަދަ ކޮންޓެެންޓެއް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ގެނެސްދީފައިވާ ކަމަށް ބުނެ، ހުށަހަަޅާފައިވާ ޝަކުވާ ބެލުމަށް ފަހު، އެފަދަ ކޮންޓެއްޓެއް ގެނެސްދީފައި ނުވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމައިފިއެވެ.

ބްރޯޑްކޮމް އަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އެމައްސަލަ ބެލުމަށް ފަހު، އެކޮމިޝަނުން ނިންމާފައިވާ ނިންމުމުގައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު ރާއްޖެޓީވީގެ މޯނިންގ ޝޯވ "ފަށާއިރު" ޕްރޮގްރާމްގައި އެ ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން، ރާއްޖޭގެ ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ، ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓާއި އެކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ އަދި މުޅި ޝަރުއީ ދާއިރާގެ ކަންކަމާއި ގަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާ ކަމަށް ފާހަގަކުރެވިގެން ހުށަހަޅާފައިވާ ޝަކުވާއެއް ކަމަށެވެ.

Advertisement - newsAdvertisement

އެކޮމިޝަނުން އެ މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ، "ފަށާއިރު" ޕްރޮގްރާމްގައި ގެނެސްދިން ކޮންޓެންޓްގައި ވާހަކަ ދައްކާފައި ވަނީ ޖުމްލަ ގޮތެއްގައި ދެ ކަމެއްގެ މައްޗަށް ކަމަށެވެ. އެގޮތުން، ސަދޫމުގެ ޝަރީއަތްކުރުމުގެ ނިޒާމުން ފާހަގަކުރެވިފައިވާ މައްސަލަތަކަކާ ބެހޭ ގޮތުން ދެއްކި ވާހަކަތަކެއް ކަމަށެވެ. ދެވަނަ ކަމަކަށް ރާއްޖޭގެ ޝަރުއީ ނިިޒާމާ ބެހޭ ގޮތުން ދެއްކި ވާހަކަތަކެއް ކަމަށާއި، އެ ކޮންޓެންޓްގައި ރާއްޖޭގެ ޝަރުއީ ނިޒާމާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ވާހަކަތަކެއް ނުހިމެނޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައާ ގުޅޭ ކޮންޓެންޓްގައި ވާހަކަ ދެއްކި ޕްރެޒެންޓަރުން ވާހަކަ ދައްކާފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް ކަނޑައަޅައި، އެކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން މައްސަލަ ނިންމީ ކަމަށް ބްރޯޑްކޮމް އިން ނިންމާފައިވާ ނިންމުމުގައި ވެއެވެ.

ރާއްޖެޓީވީގެ މޯނިންގ ޝޯވ "ފަށާއިރު" އެ ޕްރޮގްރާމްގައި ރާއްޖޭގެ ޝަރުއީ ނިޒާމުގެ ހުރުމަތް ކެނޑޭ ފަދަ ވާހަކަތަކެއް ދައްކާފައިވާ ކަމަށް ކުރެވޭ އެ ތުހުމަތާއި ގުޅިގެން ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޝަރުޢީ ދާއިރާގެ ޙަރަކާތްތައް ކަވަރ ކުރުމުގެ ފުރުޞަތު ރާއްޖެޓީވީ އަށް ނުދިނުމަށް ސުޕްރީމް ކޯޓުން ނިންމާފައި ވެއެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

29 މާރިޗު 2017
މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ

މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ

25 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު