Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ކައުންސިލް

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

15 ނޮވެމްބަރު 2018 | ބުރާސްފަތި 07:45

ފުރުސަތު ހުޅުވާލާފައި ވަނީ 21 ނޮވެމްބަރުގެ ނިޔަލަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 15 ނޮވެމްބަރު 2018 | ބުރާސްފަތި 07:45
މީޑިއާ ކައުންސިލްގެ މެންބަރުން

މީޑިއާ ކައުންސިލްގެ މެންބަރުން

މޯލްޑިވްސް މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ މީޑިއާ ކައުންސިލްގެ މި ދައުރުގެ މެންބަރެއްގެ މުއްދަތު އޮގަސްޓު 27 ގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. އަދި މި ދައުރުގެ 13 މެންބަރުންގެ މުއްދަތު މިއަހަރުގެ ޑިސެންބަރު 12 ގެ ނިޔަލަށް ހަމަވާތީ އެ ކައުންސިލަށް މެންބަރުން އައްޔަންކުރުމަށް ބޭނުންވާ ކަމަށެވެ. ޖުލްމަ 15 މެންބަރުން ތިބޭ އިރު އެއް މެންބަރެއްގެ ދައުރު ހަމަވާނީ ފެބްރުއަރީ މަހުއެވެ.

Advertisement - newsAdvertisement

ހޯމް މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލްގެ މަގާމުތަކަށް އެދޭ ފަރާތްތަކުން 21 ނޮވެމްބަރު ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޮޓޯ އާއި ވަނަވަރު، އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި، ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީ އާއި ކުށުގެ ރެކޯޑްގެ ކޮޕީއަކާ އެކު އެމިނިސްޓްރީ އަށް ސިޓީއަކުން ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މީޑިއާގެ އަށް ގޮޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުން ކަމަށާއި، އެ ގޮތުން ކެންޑިޑޭޓުން ހުށައަޅާ ކޮންމެ މީޑިއާއަކުން ވެސް އެ މީޑިއާއަކުން ހުށައަޅާ ކެންޑިޑޭޓްގެ ވަނަވަރު އެނގޭ ގޮތަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީޑިއާ ކައުންސިލްގައި މީޑިއާގެ އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުން ހިމެނެއެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ. މީޑިއާ ކައުންސިލްގެ މެންބަރުންނަށް މަހަކު 5،000ރ. ގެ އެލަވަންސްއެއް ދޭ އިރު ގަވާއިދުގައިވާ ގޮތުން ކައުންސިލުން ބާއްވަންޖެހެނީ މަހަކު މަދުވެގެން އެއް ބައްދަލުވުމެވެ. މިހާރު އޮތް މީޑިއާ ކައުންސިލުން ހަފުތާއަކު ޖަލްސާއެއް ބޭއްވި ނަމަވެސް އިތުރު އެވެސް އެލަވަންސެއް ނުލިބެއެވެ.

މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ހުޅުވާލާފައިވާ އިރު މީޑިއާ ކައުންސިލް އުވާލައި ބްރޮޑްކާސްޓިން ކޮމިޝަންއާ އެއްކޮށްލައި މީޑިއާ ކޮމިޝަނެއް އުފެއްދުމަށް މީގެ ކުރިން މަޖިލީހަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ދާދި ފަހުން މަޖިލީހުން ވަނީ އެ ބިލް ބޭރުކޮށްލާފައެވެ. ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލައި އެއް ފުރާޅެއްގެ ދަށަށް މަސައްކަތްތައް ގެނައުމަށް މީޑިއާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގޮވާލަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް