Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންތިހާބީ ރައީސް ސޯލިހު

އިންތިހާބީ ރައީސް ސޯލިހު ދިރިއުޅުއްވާނީ މުލިއާގޭގައި، ފައިސަލް ހިލާލީ ގޭގައި!

އިންތިހާބީ ރައީސް ސޯލިހުގެ ރަސްމީ ގެކޮޅުގެ ޚަރަދަށް 31.5 މިލިއަން ރުފިޔާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2018 | ބުރާސްފަތި 07:05
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ބަޔަކާ ބައްލުކުރައްވަނީ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ބަޔަކާ ބައްލުކުރައްވަނީ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިރިއުޅުއްވާނީ، ދައުލަތުން ރިޔާސީ ގެކޮޅުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ މުލިއާ ގޭގައި ކަމަށާއި އިންތިހާބީ ނާއިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާނީ ރިޔާސީ ގެކޮޅުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ހިލާލީ ގޭގައި ކަމަށް ރާއްޖެއެމްއެވީ އަށް އެނގިއްޖެއެވެ.

މުލިއާގެ އާއި ހިލާލީގެ މަރާމާތުކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުން ދެއެވެ.

Advertisement - newsAdvertisement

ރަސްމީ އެއްވެސް ފަރާތަކުން އެކަން މިހާތަނަށް ކަށަވަރު ކޮށްދެއްވާފައި ނުވިނަމަވެސް، އެނގިފައިވާ ގޮތުގައި މުލިއާގޭގައި ދިރިއުޅުއްވުމަށް ހަމަޖެހިފައި ވަނީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. އަދި ހިލާލީގޭގައި ދިރިއުޅުއްވުމަށް ހަމަޖެހިފައިވަނީ އިންތިހާބީ ނާއިބު ރައީސް ފައިސަލް ނަސީމްއެވެ.

ރިޔާސީ ގަނޑުރު ހިލާލީގެ

ރިވައިޒް ކުރަމުންދާ މިއަހަރުގެ ބަޖެޓުން ދައްކާ ގޮތުން ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅުގެ ހަރަދަށް މިއަހަރު 37.8 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. ނަމަވެސް އަންނަ އަހަރު ރައީސް ސޯލިހު ދިރިއުޅުއްވާނެ ދައުލަތުގެ ގެކޮޅުގެ ހަރަދު 31.5 މިލިއަން ރުފިޔާ ވަނީ ކުޑަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ރަސްމީ ގެކޮޅަށް އަންނަ އަހަރު ހަރަދު ކުރުމަށް ބަޖެޓްކޮށްފައި ވަނީ 2.5 މިލިއަން ރުފިޔާއެވެ.

ހަމައެއާ އެކު، ރައީސް ޔާމީން ދިރިއުޅުއްވުމަށްޓަކައި، ރަސްމީ ގެކޮޅުގެ ގޮތުގައި މުލިއާގެ އާއި ހިލާލީގެ ވަނީ ކަނޑައަޅާފައެވެ. އަދި އާ ރަށުގައި ޗުއްޓީ ހޭދަ ކުރެއްވުމަށްޓަކައި ވަނީ ތިން ބުރީގެ ގަނޑުވަރެއް އިމާރާތްކޮށްފައެވެ. އަދި ވެރިކަމުގެ ކުރީކޮޅު އަމިއްލަ ގެކޮޅު ދޫވެހީގައި ދިރިއުޅުއްވި އިރު އެގެ މަރާމާތުކުރުމަށް ވެސް ބޮޑު ހޭދައެއް ދައުލަތުން ކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު