Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
12 މެމްބަރުންގެ ގޮނޑި

ރައްޔިތުންނަށްޓަކައި ވި ޤުރުބާނީ ބަލައިގަނޭތޯ ބަލަން ރައްޔިތުންނަށް ދޫކޮށްލާ!

ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން އާއްމުން އެއްބަހެއް ނޫން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2018 | އަންގާރަ 14:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ވޯޓު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ވޯޓު ދެއްވަނީ

ޓްވިޓަރ އަށް ލޮގް އިން ކޮށްލި އިރު ކަމަކުދާކަށް ނެތެވެ. އެއްކަލަ 12 މެމްބަރުންނަށާއި 4 ލީޑަރުންނަށް މީހުން އެއްޗެހި ކިޔާ ނަގަނީއެވެ. ވީ ކީއްތޯ ބަލާލިއިރު އެއްކަލަ 12 މެމްބަރުންނަށް "ތަބަކަކަށް ލާފައި މަޖިލިސް ޓިކެޓް ދޭތީ" އެންމެން ރުޅި ގަދަވީއެވެ. މެމްބަރުންނަށް ޓިކެޓް ދެއްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. އަނެއްބައި މެމްބަރުން ވިދާޅުވަނީ ރައީސް ނަޝީދު ވިދާޅުވި އެއްޗެއް އެ މެމްބަރުންނަށް "މާބޮޑަށް ޕޮޒިޓިވްކޮށް" ނެންގެވުނީ ކަމަށެވެ. ދެން ފެނުނީ އެފަދަ އެއްބަސްވުމެއް އޮތް ކަމަށް ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވިތަނެވެ. އެވިދާޅުވާ އެއްބަސްވުމެއް ވެސް، އަދި ކޯލިޝަންގެ އެހެން އެއްބަސްވުމެއް ވެސް އަދި ރައްޔިތުންނަށް ނުފެންނާތީ އެއަށް އެއްޗެއް ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ.

ކޮންމެއަކަސް، އަޅުގަނޑަށް އެނގޭ އެއްޗަކީ ޑިމޮކްރަސީގެ ރީތި އުޞޫލަކީ ވެސް އަދި ދިވެހިން ބޭނުންވާ ގޮތަކީ ވެސް އެ މީހަކު ތަމްސީލް ކުރަން ބޭނުންވާ މީހަކު ހޮވުމަށް އެމީހެއްގެ ވެސް ބަހެއް އޮތުމެވެ. ޕާޓީތަކުގެ ޓިކެޓްގައި ނިކުންނާނެ ބަޔަކު ޕާޓީތަކުން ކަނޑައެޅުމެވެ. ޕާޓީތަކުން ކެންޑިޑޭޓުން ނެރުމުން އެދާއިރާއެއްގެ ރައްޔިތުން ވޯޓު ލައިގެން އެންމެ ރަނގަޅު ކެންޑިޑޭޓަކު މަޖިލީހުގެ ގޮނޑިއަށް ހޮވުމެވެ.

ތެދެކެވެ. 12 މެމްބަރުން ޤުރުބާނީތަކެއް ވިއެވެ. ދައުރުގެ ދެބައިކުޅަ އެއްބައިގައި ރައީސް ޔާމީންގެ ވެރިކަން ދިފާޢުކުރަން މަސައްކަތް ކުރެއްވި ނަމަވެސް، ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ތެދުވެ، ހައްޤުބަސް ވިދާޅުވުމުގެ 'ގަޓު' އެ މެމްބަރުންގެ ހުއްޓެވެ. އެހެންނަމަވެސް އެއީ އެ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ޖެހޭ ސަބަބެއް ނޫނެވެ. އެހެން ކަމަށްވާ ނަމަ މަހުލޫފާއި، އީވާ އާއި، އަބްދުﷲ ޝާހިދާއި، އިމްތިޔާޒް ފަހުމީ އާއި މާރިޔާ އާއި، ފައްޔާޒް އާއި މިހެން ގޮސް މަޖިލީހުގައި ނަގާ ކިޔާ ކަމަށް މީހުން ބުނާ ހުރިހާ މެމްބަރުންނަށް ޓިކެޓް ހައްޤެވެ. ރޮޒައިނާގެ މޫނު މައްޗަށް ނިހާން އަނގައިގައި ހުރި ފެންތައް ބުރުވާލި މަންޒަރު ރައްޔިތުން ދެކޭނެއެވެ. އޭގެ ބަދަލު ރޮޒައިނާ އަށް ވެސް ލިބެން ޖެހޭނެއެވެ. އެހެން ނަމަވެސް އެއީ އޮޓޮމެޓިކުން 5 އަހަރުގެ ދައުރަކަށް ޤާނޫނު ހަދާ މަޖިލީހަށް ހޮވެން ޓިކެޓް ދޭން ޖެހޭ ސަބަބެއް ނޫނެވެ.

ރައްޔިތުންގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އޭރު ނިންމިއިރު، ބައި އިލެކްޝަނެއް ބާއްވައި، އެގޮނޑިތަކަށް އަލުން މެމްބަރުން އިންތިޚާބުކުރާ ވާހަކަ ދެއްކިއެވެ. އޭރު ބައި އިލެކްޝަންތައް ބޭއްވި ނަމަ އެބޭފުޅުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭންވީއެވެ. އޭރު ހައްޤެވެ. ރައްޔިތުން އެކަމާ މާބޮޑަށް ހިތްހަމަ ނުޖެހިގެން އުޅޭނެހެނެއް ހިއެއް ނުވެއެވެ. އެހެން ނަމަވެސް މިއީ އެހެން ދައުރެކެވެ. ހޮވަން މިއުޅެނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. 12 މެމްބަރުން ރައީސް ޔާމީނާއި ދުރަށް ވަޑައިގަތީ ޑިމޮކްރަސީ އާއި ހެޔޮވެރިކަމުގެ ވިސްނުންފުޅުގައި ނަމަ އެ ބޭފުޅުން ވެސް ބައި އިލެކްޝަނަކަށް ތާޢިދުކުރައްވަން ވީއެވެ. 12 މެމްބަރުންނަކީ ވެސް ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅުންނެވެ. ސަޕޯޓަރުން ތިއްބެވި ބޭފުޅުންނެވެ. އެހެންކަމުން އެ 12 މެމްބަރުން ވެވަޑައިގެންނެވި ޤުރުބާނީއަކީ ރައްޔިތުން ބަލައިގަންނަ ޤުރުބާނީއަކަށް ވެއްޖެ ނަމަ އެ 12 މެމްބަރުންނަށް ފަސޭހަކަމާ އެކު ޓިކެޓް ދޭނެއެވެ.

އެހެންނަމަވެސް އެ 12 މެމްބަރުންގެ ޚިދުމަތަށް ވުރެ އެ މެމްބަރުން ޤައުމަށް ގެއްލުންދިން ކަމަށް ޤަބޫލުކުރާ ބަޔަކު ތިބި ދާއިރާއެއް ނަމަ އެ މެމްބަރުންނަށް ވޯޓެއް ނުދޭނެއެވެ. ޕްރައިމަރީއެއްގައި އެ ބޭފުޅުންނަށް ވޯޓު ދިނުމުގެ ކުރިން އެ ބޭފުޅުން މަޖިލީހަށް ހޮވުނު ގޮތާއި ފަހުން ޕާޓީ ބަދަލުކުރެއްވި ގޮތާއި ޕީޕީއެމްގައި ތިބެގެން ރައްޔިތުންނަށް ގެއްލުންދެނިވި ބޮޑެތި ބިލުތަކަށް ވޯޓު ދެއްވި ގޮތް ރައްޔިތުން ވަޒަންކުރާނެ އެވެ.

ކޯލިޝަންގެ ސަލާމަތާއި ރައްކާތެރިކަމާއި ކުރިމަގަށްޓަކައި ނަމަވެސް، އެ 12 ދާއިރާގައި ޕްރައިމަރީ ބާއްވަން ޖެހެއެވެ. ކޯލިޝަން ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ލީޑަރުން އެބަ ވިދާޅުވެއެވެ. މިއީ ވެސް ކޯލިޝަން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަމަށް ލީޑަރުން ދެކެވަޑައިގެން މަސައްކަތް ކުރައްވަން އެބަޖެހެއެވެ.

އާއްމުންގެ ވާހަކަތަކަށް ބަލާއިރުވެސް އަދި ޚިޔާލު ހޯދުމުގެ ވޯޓުތަކަށް ބަލާއިރު ވެސް ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށް ރައްޔިތުން ޤަބޫލުކުރާކަން ވަރަށް ވެސް ސާފެވެ.

ރައީސް ނަޝީދު އެވަނީ އެމްޑީޕީ އިން ޓިކެޓް ދޭނީ ޕްރައިމަރީއަކަށް ފަހު ކަމަށް ވިދާޅުވެފައެވެ. އެހެން ޕާޓީތަކުން ވެސް އެ ޔަޤީންކަން ދޭންވީއެވެ.

މެމްބަރު މުސްތަފާ އެވަނީ ޕްރައިމަރީއެއްގައި ވާދަކުރައްވަން ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ، ނިކުމެވަޑައިގަންނަވާނީ ސީދާ އެމްޑީޕީ ޓިކެޓަށް ކަމަށް އިއުލާންކުރައްވާފައެވެ. ބާކީ ތިއްބެވި 11 މެމްބަރުންނަކީ ވެސް މުސްތަފާގެ ހިތްވަރު ހުންނާނެ މެމްބަރުންނެވެ. އެ ޔަޤީންކަން އެ މެމްބަރުން ވެސް ދެއްވާށެވެ. ޕްރައިމަރީއަކަށް ވަޑައިގަންނަވަން ފަސްޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވައި ޓްވިޓަރގައި މިއުޅޭ މީހުން މައިތިރިކޮށްދެއްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

12 އެޕްރީލު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

11 ފެބުރުއަރީ 2018
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު