Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގާބިލް ގާނޫނީ ވަކީލުން އެބަތިބި، އެކަމަކު މިގައުމުން އެކަމެއް ނުފެނޭ!

ގާބިލް ގާނޫނީ ވަކީލުން އެބަތި، އެކަމަކު އެ ވަކީލުންނަށް ހުރި ގޮންޖެހުންތައް ބައިވަރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2018 | ހޯމަ 12:35
ގާނޫނީ ވަކީލުންތަކެއް ސުޕްރީމް ކޯޓު ސަރަހައްދުގައި

ގާނޫނީ ވަކީލުންތަކެއް ސުޕްރީމް ކޯޓު ސަރަހައްދުގައި

ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ހިންގާ މައްސަލަތައް ކާމިޔާބުވުމާއި، ނުވުމުގައި ގާނޫނީ ވަކީލުންގެ ދައުރު ކުޑަކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ގާނޫނީ ވަކީލުން ގާބިލު ނޫން ވީމައެއް ނޫނެވެ. ގާނޫނީ ވަކީލުންގެ ތެރޭގައި މިފަހަކަށް އައިސް ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވަނީ ކުޅަދާނަ ގާބިލް ގާނޫނީ ވަކީލުން ކަމާމެދު އެއްވެސް ޝައްކެއް ނުކުރަމެވެ.

މިސާލަކަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތަކާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ހިންގި ޝަރީއަތާއި އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ހިންގި ޝަރީއަތްތަކުގައި ދިފާއީ ވަކީލުންގެ ގޮތުގައި އުޅުއްވީ ރާއްޖޭގެ ފުންނާބުއުސް ގާނޫނީ ވަކީލުންނެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ފަރިތަ، އަދި ގާނޫނުލްއުގޫބާތު ކަމާބެހޭ އިދާރާތުގެ ބޭފުޅުން އަހުލުވެރި ކުރުމަށް ޕްރޮގްރާމްތައް ހިންގެވި ކުޅަދާނަ ގާނޫނީ ވަކީލުންނެވެ. ތަޖުރިބާކާރު އެ ގާނޫނީ ވަކީލުން އެމައްސަލަތަކުގައި ވަކާލާތު ކުރެވިނަމަވެސް، މި ދެންނެވި ސިޔާސީ ލީޑަރުންގެ މައްޗަށް ހުކުމް އިއްވުމަށް ފަހު އެބޭފުޅުން ޖަލަށް ލެއްވި ނޫން ތޯއެވެ. އޭރު އެބޭފުޅުންނަކީ ސަރުކާރާ ދެކޮޅު ސިޔާސީ ލީޑަރުން ނެވެ. ގާނޫނީ ވަކީލުންގެ ގާބިލު ކަމާމެދު ސުވާލު އުފައްދާނެ ހަމަ އެއްމެ ދިވެއްސެއް ވެސް ނުހުންނާނެ އެވެ. އެއީ ހަމަ ގާބިލް ކުޅަދާނަ ގާނޫނީ ވަކީލުން ނެވެ. އެބޭފުޅުންގެ މަސައްކަތްތައް ބަލައިގަނެ، އައްސަރިބަހާއި ސާބަސް ދެމެވެ.

އޭގެ އަނެއްކޮޅަށް ބަލާލަމާ ހިނގާށެވެ. އިދިކޮޅު ސިޔާސީ ލީޑަރުން ޖަލުގައި ތިއްބަވަނިކޮށް، ރިޔާސީ އިންތިހާބު ބޭއްވި، އެއިންތިހާބު ބޮޑުތަނުން ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފި އެވެ.

މިހާރު ފެންނަމުން މިދަނީ އަވާމެންދުރެއް ނޫނެވެ. ހަމަ ހަގީގަތެވެ. ހުވަފެނެއް ވެސް ނޫނެވެ. އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަންވީ އެވެ. އެބޭފުޅުންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ތިއްބެވީވެސް ހަމަ އެއްކަލަ ކުޅަދާނަ ގާބިލް ގާނޫނީ ވަކީލުން ނެވެ. މިފަހަރު ކޯޓުގައި ކުރިން ވަކާލާތު ކުރަން ޖެހުނު ވަރަކަށް ވަކާލާތު ކުރަން ވެސް ނުޖެހުނެވެ. ހުރިހާ ސިޔާސީ ލީޑަރުން އެތިއްބެވީ ހަމަ އެބޭފުޅުންގެ ސަޕޯޓާރުންނާއެކުގަ ނޫންތޯ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ މައްސަލަ ވެސް ދިޔައީ ހަމަ އެގޮތަށް ނޫންތޯ އެވެ. ސަރުކާރު ބަދަލުވާންދާ މިދަނޑިވަޅުގައި ކުޅަދާނަ ގާނޫނީ ވަކީލުންގެ ޓީމަށް ވަކާލާތު ކޮށްލަން ވެސް ނުޖެހުނުވެ. ރައްޔިތުންގެ މަޖިލީހާ ދުރުގައި އަހަރަކަށް ވުރެ ގިނަ ދުވަހު އުޅެންޖެހުމަށް ފަހު މިވަނީ މަޖިލީހަށް ވަނުމުގެ ފުރުސަތު އެމެމްބަރުންނަށް ލިބިފަ އެވެ. ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ލިބިފަ އެވެ.

އެހެންވީމައި، ޝަރުއީ ކޯޓެއްގައި ކުރިއަށްދާ މައްސަލައެއް ކާމިޔާބު ވުމާއި ނުވުމުގައި ގާނޫނީ ވަކީލުންގެ ދައުރާމެދު ސުވާލު އުފެދޭ ނޫންތޯ އެވެ. ކޯޓުގައި ވަކާލާތު ކުރެއްވުމަށް ގާނޫނީ ވަކީލުންގެ ބޭނުމާމެދު ސުވާލު އުފެދޭ ނޫން ތޯ އެވެ. އަދުލްވެރިކަމާއެކު ހުކުމް ކުރުމަކީ ޝަރީއަތަކަށް ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ބެލުމަށް ފަހު، ހެކި ވަޒަންކޮށް، ދެފަރާތުން ދައްކާ ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު، ގާނޫނުއަސާސީއާއި ގާނޫނުތަކަށް ރިއާޔަތްކޮށް ނިންމާ ނިންމުމެވެ. ދެއިރު ދެދަޅައަށް ގާނޫނީ ވަކީލުން ސަސްޕެންޑް ކުރުމަކުންނާއި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އަދުލްއިންސާފުގެ ދާއިރާގެ އޮއިވަރު ބަދަލުވުމަކީ އަދުލްއިންސާފަށް ކުރާ އުއްމީދު ގެއްލިގެންދާނެ ކަމެކެވެ.

ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ރާއްޖޭގައި އަދުލްއިންސާފު ގާއިމު ކުރެވިގެން ދިއުމެވެ. ރާއްޖޭގައި އަދުލްއިންސާފު ގާއިމުވާތަން ދެކެން ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެއެވެ. ހިތް އެދޭ މީހާ ޖަލުން ސަލާމަތްވުމަކުން އެއީ އިންސާފު ކަމަށް ގަބޫލު ކުރުމަކީ އެއީ އަދި އަދުލްއިންސާފު ގާއިމު ވުމެއް ނޫނެވެ. އަދުލްއިންސާފު ގާއިމު ކުރެވިފައިވާ ކަމަށް ތިމާއަށް އެންމެބޮޑަށް ގަބޫލު ކުރެވޭނެ ހާލަތަކީ ތިމާއާ ދެކޮޅަށް ހުށަހެޅޭ މައްސަލައެއްގައި އެމައްސަލަ ތިމާއާ ދެކޮޅަށް ނިމޭއިރު، އެއީ އިންސާފުން ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫކު ކުރެވޭ ހިނދުގަ އެވެ. އަދުލްއިންސާފަކީ ވާ އިހުސާސެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

13 ސެޕްޓެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން

ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން

30 އޯގަސްޓު 2017
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު