Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދުގެ ޖަލު ހުކުމް މުރާޖައާކޮށް، މިނިވަން ކުރުމަށް ހުށަހެޅި ގަރާރު މަޖިލީހުން ފާސްކޮށްފި

12 ނޮވެމްބަރު 2018 | ހޯމަ 14:10

ކުރިން އެގަރާރުގައި ވަނީ ރައީސް ނަޝީދުގެ މައްސަލަ އެކަނި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ނޮވެމްބަރު 2018 | ހޯމަ 14:10
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް މުރާޖައާ ކޮށް، އެމަނިކުފާނު މިނިވަން ކުރުމަށް ހުށަހަޅާފައިވާ ގަރާރު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އެ ގަރާރު ފާސްކޮށްފައި ވަނީ 57 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދުގެ މައްޗަށް ހިންގާފައިވާ ޝަރީއަތާއި ކޮށްފައިވާ ހުކުމް ޕްރޮސެކިއުޓާރ ޖެނެރަލަށާއި ސުޕްރީމް ކޯޓަށް އިލްތިމާސްކޮށް، ހުށަހަޅާފައިވާ އެގަރާރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އިސްލާހުކޮށްފައި ވާއިރު، އިތުރު ކޮށްފައި ވަނީ ރައީސް ނަޝީދާއި ރައީސް ނަޝީދާ އެއްފަދަ އިން ހުކުމް ކޮށްފައިވާ އެންމެހައި ފަރާތްތަކުގެ މައްސަލަތައް މުރާޖައާކޮށް، މިނިވަންކޮށް، އިންސާފު ގާއިމުކޮށްދިނުމަށް ޕްރޮސެކިއުޓާރ ޖެނެރަލަށާއި ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށެވެ.

އެގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ގަރާރު ހުށަހެޅިފައި ވަނިކޮށް، ރައީސް ނަޝީދާއި ސިޔާސީ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ހުކުމްތައް، ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރުތަކެއް ސުޕްރީމް ކޯޓުން ވަނީ ނެރެފައެވެ. އަދި ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ އެމައްސަލަތަކަށް ވަކިގޮތެއް، އެ ކޯޓުން ނިންމަންދެން ރައީސް ނަޝީދާއި ސިޔާސީ ބޭފުޅުން ވަނީ މިނިވަން ކޮށްފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް ސޮއިކޮށް މަޖިލީހަށް ހުށަހެޅި އެ ގަރާރު ބަލައިގެންފައި ވަނީ 48 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ. އަދި ހަތަރު މެމްބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ.

އެ ގާރާރު ދިރާސާ ކުރެއްވުމަށް ފޮނުވި ކޮމެޓީއަކީ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް ކޮމެޓީއެކެވެ. ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް މުގައްރިރުކަން ކުރައްވާ އެ ކޮމެޓީގައި ހިމެނެނީ އިދިކޮޅު ތިން މެމްބަރުންނެވެ. ދެން އެ ކޮމެޓީގައި ހިމެނޭ 8 މެމްބަރުންނަކީ ވެސް ޕީޕީއެމްގެ މެމްބަރުންނެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ޖުމްލަ 49 މެމްބަރަކު ސޮއި ކުރި ގަރާރުގައި ޕީޕީއެމްގެ 12 މެމްބަރަކު ސޮއި ކުރައްވާފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް