Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މުދައްރިސުންގެ ދުވަސް

ކޯލިޝަންގެ ސަރުކާރާއެކު ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް!

ކޯލިޝަންގެ މެނިފެސްޓޯގައިވާ ގޮތުން، ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2018 | ހޮނިހިރު 04:58
މުދައްރިސުންތަކެއް ދަރިވަރުންނާއެކު

މުދައްރިސުންތަކެއް ދަރިވަރުންނާއެކު

މުދައްރިސުންނަކީ ޤައުމު ބިނާކޮށް ހެޔޮލަފާ މުޖުތަމައުއެއް އުފެއްދުމުގައި އެންމެ މުހިންމު އެއް ފަރާތެވެ. މިޤައުމުގެ ހުންގާނުގައި ހިފައި ރަނގަޅު މިސްރާބަށް އަބުރާދޭ ފަރާތަކީ މުދަރިއްސުންނެވެ. އެއީ އަމިއްލަ މަސްލަހަތާއި، ދުނިޔަވީ އުފަލައްވުރެ، ޤައުމާއި، މުޖުތަމައާއި، ދަރިވަރުންގެ ހައްޤުގައި އަމިއްލަ އުފާތައްވެސް ޤުރުބާން ކުރައްވަވާ ބައެކެވެ.

އަޅުގަނޑުމެންނަށްޓަކައި ގުރުބާންވަމުން އަންނަ މުދައްރިސުން އަގުވަޒަން ކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. އެގޮތުން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަގު 5 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިދުވަސް ފާހަގަކުރަމުން އަންނައިރު ރާއްޖޭގައި ވެސް މިދުވަސް އަންނަނީ ކުލަ ގަދަކޮށް ފާހަގަކުރަމުންނެވެ.

ޓީޗަރުންނަށް ޚާއްސަކޮށް އެއް ދުވަސް ކަނޑައަޅާ މިދުވަހު އެޓީޗަރުންނަށް ހަދިޔާ ދިނުމާއި، ކޭކުތައް ފެޅުމާއެކު އުފާފާޅުކުރުންތައް ކުރިއަށް ގެންދެއެވެ.

ނަމަވެސް މިއަހަރު މުދައްރިސުންގެ ދުވަހާއި ގުޅިގެން އަދި މިއޮތީ މާއުފާވެރި ވާހަކަތަކެކެވެ. އެއީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު އައުދައުރަކަށް ދާއިރު ތައުލީމީ ދާއިރާއަށް އައު ކުރިއެރުންތަކާއެކު ބޮޑު ބަދަލެއް އަންނާނެކަމުގެ ޔަގީންކަން އެމްޑީޕީން ދީފައިވުމެވެ.

ތައުލީމީ ދާއިރާއަށް އަންނާނެ ހެޔޮބަދަލުތަށް ހަނދާން އައުކޮށްދެމުން އެމްޑީޕީން ބުނީ ކޯލިޝަންގެ މެނިފެސްޓޯގައިވާ ގޮތަށް، ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރެވި، ސްކޫލުތަކުގެ ޖާގަ ތަނަވަސްވެގެން ދިޔުމުން ތޮއްޖެހިފައިވާ ކުލާސްތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށެވެ. އަދި ހަމަ އެއާއެކު، ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ތައުލީމީ ދާއިރާއަށް ޝައުގުވެރި ކުރވުމަށްޓަކައި ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރެވި، މަތީ ތައުލީމުގެ ކަންކަން ހަރުދަނާވެގެން ދިޔުމުން، ތަމުރީނުވާ މުދައްރިސުންގެ ފެންވަރު އެތައް ތަނަކުން ރަނގަޅުވާނެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ މިހާރު ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސްކޫލުތަކުގައި ހިންގޭ ވައްޓަފާޅި ބަދަލުކޮށް، މުދައްރިސުންނާއި ތައުލީމީ ދާއިރާއަށް ބޭނުންވާ ދާއިރާތައް ދެނެގަނެވި، އެދާއިރާތައް ހިމަނައިގެން، ލާމަރުކަޒީ އުސޫލުން ހިންގޭ ޕްރޮގްރާމް ތަކަކަށް މި ޕްރޮގްރާމްތަކަށްވާނެ ކަމަށެވެ.

މުދައްރިސުންގެ ދުވަސް އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރަމުން

އެމްޑީޕީން ބުނީ ކުރިޔަށް އޮތް ފަސް އަހަރަކީ ތަޢުލީމީ ދާއިރާއަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައިސް، 21 ވަނަ ޤަރުނުގެ ގޮންޖެހުންތަކާއި ކުރިމަތިލާން ދަންނަ، އަމިއްލަ މަސައްކަތުން ފުދިގެން ދިރިއުޅޭ، އިސްލާމީ އަޤީދާގެ މަތީގައި ބިނާކުރެވޭ މުޖުތަމައަކަށް މި ދިވެހި މުޖުތަމައު ބަދަލުވާނެ ކަމަށެވެ.

ކޯލިޝަންގެ ސަރުކާރުގައި އުންމީދީ ބަދަލުތަކެއް ތައުލީމީ ދާއިރާއަށް އަންނާނެ ކަމުގެ ޔަގީންދީފައިވާއިރު މިފާއިތުވެގެންދިޔަ 5 އަހަރު ރާއްޖޭގެ ތައުލީމީ ނިޒާމު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ މުސްތަފާ ލުތުފީ ވަނީ ވިދާޅުވެފައެވެ. ދަރިވަރުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅި، އިތުރު އެހީއަށް ބޭނުންވާ ދަރިވަރުން އެކަހެރި ކުރާ ކަމަށް ޑރ މުސްތަފާ ވިދާޅުވިއެވެ.

މިފާއިތުވި 5 އަހަރު ތައުލީމީ ދާއިރާ ސިޔާސީކޮށް، ކިޔަވާދިނުމަށް ގާބިލްއެތައް ޓީޗަރުންނެއް ވަނީ ވަޒީފާއިން ނުހައްގުން ކަނޑާލާފައެވެ. ނަމަވެސް މިއައު ސަރުކާރާއެކު މިހުރިހާ ކަމެއް ހައްލުވެގެންދާނެ ކަމުގެ ޔަގީންކަން ކޯލިޝަނުންވަނީ ދީފައެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހާއި ގުޅިގެން ޔުނެސްކޯއިން ވެސް ބުނެފައިވަނީ މުދައްރިސުންގެ ފެންވަރު މަތި ކުރުމަށާއި ރަނގަޅު ފެންވަރުގެ ތަޢުލީމެއް ފޯރުކޮށްދިނުމަށް މުދައްރިސުންނަށް ކުރިމަތިވާ ވަރަށް ގިނަ ހުރަސްތަކެއް އެބަހުރިކަމަށެވެ.

މިގޮތުން ބަލާއިރު، ތޮއްޖެހިފައިވާ ކުލާސްތަކާއި މުދައްރިސުން ތަމުރީނު ކުރުމުގައި ހުރި އުނި ކަންކަމާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އެކަށީގެންވާ ގޮތެއްގައި ނުހިންގުން މިއީ މީގެތެރޭގައި ފާހަގަ ކޮށްލެވޭ ބައެއް ކަންކަމެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "އުނގެނުމުގެ ހައްޤު ކަށަވަރުކުރުމަށް- ފެންވަރު ރަނގަޅު މުދައްރިސުން" މިއެވެ. މި ޝިއާރަކީ މިވަގުތު މި ރާއްޖެއަށް ވަރަށް މުހިއްމު ޝިއާރަކަށްވާއިރު މުދައްރިސުންގެ ދުވަހާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމު ވިދާޅުވެފައިވަނީ ފެންވަރު ރަނގަޅު ތައުލީމަކަށް ފެންވަރު ރަނގަޅު މުދައްރިސުން ބޭނުންވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

14 ޑިސެމްބަރު 2017
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
މަސީހު އެވެ. ތިބޭފުޅާ ޑިމޮކްރަސީގެ ވާހަކަ ދައްކަވަން ހެޔޮނުވާނެ އެވެ!

މަސީހު އެވެ. ތިބޭފުޅާ ޑިމޮކްރަސީގެ ވާހަކަ ދައްކަވަން ހެޔޮނުވާނެ އެވެ!

01 ޑިސެމްބަރު 2017
މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

23 ނޮވެމްބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު