Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަމާލް ޚަޝޯގީ

ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް

11 ނޮވެމްބަރު 2018 | އާދީއްތަ 14:45

މަރާލި ވަގުތުގެ ރެކޯޑިންގވަނީ ގައުމުތަކަށް ފޮނުވާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 11 ނޮވެމްބަރު 2018 | އާދީއްތަ 14:45
ޚަޝޯގީ ދިރިހުއްޓައި އެންމެފަހުން ފެނިފައިވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު

ޚަޝޯގީ ދިރިހުއްޓައި އެންމެފަހުން ފެނިފައިވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ އެންމެ ފަހު ބަހަކަށްވީ "އަހަރެން ނޭވާހާސްވަނީ... އަހަރެން ބޮލުން ތި ކޮތަޅު ނައްޓާ،" ކަމަށް ތުރުކީގެ ދުވަހު ނޫހެއްް ކަމަށްވާ ސަބާ ނޫހުގެ ހެޑް އޮފް އިންވެސްޓިގޭޝަން އަލްޖަޒީރާ ނޫހުގައި ބުނެފިއެވެ.

ވޮޝިންގޓަން ޕޯސްޓުގައި ލިޔަމުންދިޔަ ނޫސްވެރިޔާ ޚަޝޯގީ މަރާލާފައިވަނީ ޕްލާސްޓިކް ކޮތަޅެއް ބޮލުގައި އަޅުވައި ނޭވާ ހާސްކޮށްލައިގެންކަމަށް ނަޒީފް ކަރަމަން އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކަރަމަން ބުނީ ރެކޯޑިންގއަށް ބަލާއިރު ޚަޝޯގީ މަރާލުމަށް ހަތް މިނެޓް ހޭދަކޮށްފައިވާކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާން ހޮނިހިރު ދުވަހު ވިދާޅުވީ ޚަޝޯގީގެ މަރުގެ މައްސަލައާ ގުޅޭ އޯޑިއޯ ރެކޯޑިންގ ސައުދީ އަރަބިއާ، އެމެރިކާ، ޖަރުމަނު، ފްރާންސް، އަދި އިނގިރޭސިވިލާތަށް ހަވާލުކޮށްފި ކަމަށެވެ.

ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނުތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ފްރާންސްގައި ބޭއްވި ހަފްލާތަކަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން އޮރްދޮޣާން ވިދާޅުވީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ޚަޝޯގީ މަރާލުމުގެ ކުރިން އެގައުމަށް ދަތުރުކުރި 15 މީހުންގެ ތެރޭގައި ޚަޝޯގީ މަރާލި މީހާ ވާކަން ސައުުދީއަށް އެނގޭކަމަށެވެ.

ކަރަަމަން ބުނިގޮތުގައި ޚަޝޯގީގެ ހަށިގަނޑުގެ ގުނަވަންތައް ބުރިބުރިކޮށްލުމުގެ ކުރިން ތަޅުންގަޑުގައި ޕްލާސްޓިކް ކޮތަޅުއަޅައި ކަވަރުކޮށްފައިވާކަމަށެވެ. 15 ވަރަކަށް މިނެޓަށް ދިގުދެމިގެންދިއަ އެ މަސައްކަތްކުރުމުގައި އިސްކޮށްހުރީ ސައުދީ ސައިންޓިފިކް ކައުންސިލް އޮފް ފޮރެންސިކްސްގެ ވެރިޔާ ސަލާހް އަލް ތުބައިޤީކަމަށް ކަރަމަން ބުންޏެވެ.

ބައެއް މަސްދަރުތަކާ ހަވާލާދީ ހޮނިހިރު ދުވަހު އަލްޖަޒިރާ އިން ބުނެފައިވާ ގޮތުގައި ޚަޝޯގީގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ތުރުކީގެ ފުލުހުން މިހާރު ވަނީ ހުއްޓާލާފައެވެ. ނަމަވެސް އުމުރުން 59 އަހަރުގެ ނޫސްވެރިޔާގެ މަރުގެ މައްސަލައިގައި ކުރަމުންދާ ޖިނާއީ ތަހުގީގު އަދިވެސް ކުރިޔަށް ގެންދާނެއެވެ.

އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސުލް ޖެނެރަލްގެ ގޭގައި ހުރި ވަޅެއްގެ ތެރެއިން ހައިޑްރޯފްލޮރިކް އެސިޑާއި އިތުރު ކެމިކަލެއް ފެނިފައިވާކަމަށް ތުރުކީގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސްދަރަކުން އަލްޖަޒީރާގައި ބުނެފައިވާކަމަށް އެ އޭޖެންސީންވަނީ ބުނެފައެެވެ.

ކަރަމަން ބުނީ ޚަޝޯގީ މަރާލުމަށް ސައުދީން ތުރުކީއަށް އައި ގްރޫޕުން އެތެރެކުރި އާލާތްތަކުގެ ފޮޓޯ ސަބާ ނޫހުން ވަރަށް އަވަހަށް އާއްމުކުރާނެކަމަށެވެ.

މީގެ އިތުރުން ޚަޝޯގީގެ ހަޔާތުގެ އެންމެފަހު ވަގުތުކޮޅުގެ އޯޑިއޯވެސް އެ ނޫހުން ވަރަށް އަވަހަށް އާއްމުކުރާނެކަމަށެވެ.

ޚަޝޯގީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައި ވަނީ ސައުދީ ކޮންސިއުލޭޓަށް ލިއުމެއް ބަލާ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ދަނިކޮށެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ވެފައި ނުވާއިރު އޭނާ މަރާލާފައިވާ ކަމަށް ތުރުކީން ބުނަމުންދާތާ އެތައް ދުވަހެއްފަހުން ސައުދީ އިން އެކަމަށް އެއްބަސްވެފައި ވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2018

ޚަޝޯގީ މަރާލާފައިވާކަމަށް އެންމެ ފަހުން ސައުދީން އެއްބަސްވެއްޖެ

20 އޮކްޓޯބަރު 2018
ޚަޝޯގީ މަރާލާފައިވާކަމަށް އެންމެ ފަހުން ސައުދީން އެއްބަސްވެއްޖެ
20 އޮކްޓޯބަރު 2018

ޚަޝޯގީ މައްސަލާގައި ވަލީ އަހްދު މުހައްމަދުގެ ބާރުތައް ޗެކް ކުރައްވަނީ

20 އޮކްޓޯބަރު 2018
ޚަޝޯގީ މައްސަލާގައި ވަލީ އަހްދު މުހައްމަދުގެ ބާރުތައް ޗެކް ކުރައްވަނީ
17 އޮކްޓޯބަރު 2018

ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވަނީ ބުރިބުރިކޮށްފައި!

17 އޮކްޓޯބަރު 2018
ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވަނީ ބުރިބުރިކޮށްފައި!
16 އޮކްޓޯބަރު 2018

ޚަޝޯގީ ގެއްލުން: ތުރުކީގެ ފުލުހުން ސައުދީ ކޮންސިއުލޭޓަށް ވަދެފި

16 އޮކްޓޯބަރު 2018
ޚަޝޯގީ ގެއްލުން: ތުރުކީގެ ފުލުހުން ސައުދީ ކޮންސިއުލޭޓަށް ވަދެފި
15 އޮކްޓޯބަރު 2018

ޚަޝޯގީ މަރާލާފައިވާކަމަށް މީޑިއާތަކުން ބުނެފި!

15 އޮކްޓޯބަރު 2018
ޚަޝޯގީ މަރާލާފައިވާކަމަށް މީޑިއާތަކުން ބުނެފި!
15 އޮކްޓޯބަރު 2018

ޚަޝޯގީ މަރާލެވިފައި ވާނަމަ ވަރުގަދަ އަދަބެއް ދޭނެކަމަށް ޓްރަމްޕް ވައުދުވެ ވަޑައިގެންފި

15 އޮކްޓޯބަރު 2018
ޚަޝޯގީ މަރާލެވިފައި ވާނަމަ ވަރުގަދަ އަދަބެއް ދޭނެކަމަށް ޓްރަމްޕް ވައުދުވެ ވަޑައިގެންފި
15 އޮކްޓޯބަރު 2018

ޚަޝޯގީ ގެއްލުން:ސައުދީ ރަސްގެފާނަށް ރައީސް ޓްރަމްޕް ގުޅުއްވައިފި

15 އޮކްޓޯބަރު 2018
ޚަޝޯގީ ގެއްލުން:ސައުދީ ރަސްގެފާނަށް ރައީސް ޓްރަމްޕް ގުޅުއްވައިފި
15 އޮކްޓޯބަރު 2018

ޚަޝޯގީއާއި ބެހޭ ތަހުގީގީ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނަން: ސައުދީ

15 އޮކްޓޯބަރު 2018
ޚަޝޯގީއާއި ބެހޭ ތަހުގީގީ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނަން: ސައުދީ
13 އޮކްޓޯބަރު 2018

ޚަޝޯގީ މަރާލާފައިވާކަމުގެ އޯޑިއޯ ވީޑިއޯ ހެކި އެބަހުރި: ތުރުކީ

13 އޮކްޓޯބަރު 2018
ޚަޝޯގީ މަރާލާފައިވާކަމުގެ އޯޑިއޯ ވީޑިއޯ ހެކި އެބަހުރި: ތުރުކީ
13 އޮކްޓޯބަރު 2018

ނޫސްވެރިޔާ ޚަޝޯގީ ހޯދުމުގެ މަސައްކަތަށް ސައުދީ ޓީމެއް ތުރުކީއަށް

13 އޮކްޓޯބަރު 2018
ނޫސްވެރިޔާ ޚަޝޯގީ ހޯދުމުގެ މަސައްކަތަށް ސައުދީ ޓީމެއް ތުރުކީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް