Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގެއްލުނު ނޫސްވެރިޔާ

ނޫސްވެރިޔާ ޚަޝޯގީ ހޯދުމުގެ މަސައްކަތަށް ސައުދީ ޓީމެއް ތުރުކީއަށް

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 13 އޮކްޓޯބަރު 2018 | ހޮނިހިރު 02:14
ސައުދީ ނޫސްވެރިޔާ ޖަމާލު އަހުމަދު ޚަޝޯގީ

ސައުދީ ނޫސްވެރިޔާ ޖަމާލު އަހުމަދު ޚަޝޯގީ

މިމަހުގެ 2 ވަނަ ދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލު އަހުމަދު ޚަޝޯގީ ހޯދުމަށް ތަހުގީގު ކުރުމަށް ސައުދީ އަރަބިއްޔާގެ ޓީމެއް ތުރުކީއަށް ގޮސްފައިވާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.

ތުރުކީގެ ބައެއް ފަރާތަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ ޚަޝޯގީ މައްސަލަ ތަހުގީގުކުރުމާއި ބެހޭ ގޮތުން ޝާހީ ބޭފުޅެއްކަމަށްވާ ޕްރިންސް ޚާލިދު އަލް ފައިސަލް ބުރާސްފަތި ދުވަހު ތުރުކީއަށް ވަޑައިގެންފައިވާ ކަމަށެވެ. ޚަޝޯގީ ހޯދުމަށް ސައުދީ އާއި ތުރުކީން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ތުރުކީގެ އެކި މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ބުނެއެވެ.

އުމުރުން 59 އަހަރުގެ ތަޖުރިބާކާރު ނޫސްވެރިޔާ ޚަޝޯގީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އޭނާގެ ހަތަރު ވަނަ ކައިވެންޏަށް ބޭނުންވާ ވަރީގެ ސެޓްފިކެޓެއް ހޯދުމަށް މިމަހުގެ ދެ ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާގެ ހިލަމެއް ވެފައިނުވާއިރު ސައުދީން ބުނަމުންދަނީ ކޮންސިއުލޭޓަށް ވަތް ފަހުން އޭނާ އެތަނުން ނިކުތް ކަމަށެވެ. އެހެން ނަމަވެސް ތުރުކީން ބުނަމުންދަނީ އޭނާ އެތަނުން ނުނިކުންނަ ކަމަށާއި ނިކުތް ނަމަ އެކަމުގެ ހެކި ދެއްކުމަށެވެ. ތުރުކީން ވަނީ ޚަޝޯގީ އެގައުމުގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަތް ވީޑިއޯ ވެސް އާންމު ކޮށްފައެވެ.

ސައުދީ ޝާހީ އާއިލާއަށް ފާޑުކިއުންތަކެއް އަމާޒުކޮށް ލިޔުންތައް ޝާއިރު ކުރަމުންދާ ޚަޝޯގީ ކޮންސިއުލޭޓަށް ވަތް އިރު އޭނާ ކައިވެނިކުރަން އުޅޭ ހަތީސް ވެސް އޭނާ އާއި އެކު ދިޔައެވެ. ހަތީސް އާއި ހަވާލާދީ ރިޕޯޓްތައް ބުނެފައިވަނީ ކޮންސިއުލޭޓަށް އޭނާ ވަނަ ނުދިން ކަމަށާއި ޚަޝޯގީ އެތަނަށް ވެއްދީ ވެސް އޭނާގެ ފޯނު އަތުލުމަށްފަހު ކަމަށެވެ. ތުރުކީއިން އާންމުކުރި ވީޑިއޯގައި ވެސް ޚަޝޯގީ ވަތް އިރު ހަތީސް ކޮންސިއުލޭޓަރ ބޭރުގައި ހުންނަ ތަން ފެނެއެވެ. ތުރުކީން ބުނާ ގޮތުގައި އެ ވީޑިއޯއިން ފެންނަނީ ސައުދީގެ އިންޓަލިޖެންސް އޮފިސަރުންތަކެއް އިސްތަންބޫލް އެއާޕޯޓަށް އެތެރެވުމަށް ފަހު އަނބުރާ ދާ މަންޒަރެވެ.

ޚަޝޯގީ މަރާލާފައިވާކަމަށް ތުރުކީގެ ތަހުގީގުން ދައްކާކަމަށް އެގައުމުގެ ތަހުގީގީ ޓީމުން މިމަހުގެ 7 ވަނަ ދުވަހު ވަނީ ބުނެފައެވެ. ތަހުގީގު ކުރަމުންދާ ޓީމުން ހާމަކޮށްފައިވާ ގޮތުގައި އޭނާ މަރާލީ ކަމަށާއި އެއީ ކުރިއާލާ ރޭވިގެން ކޮށްފައިވާ ކަމެއްކަމަށެވެ.

ސައުދީ އިންޓީރިއާ މިނިސްޓަރ ޕްރިންސް އަބްދުލް އަޒީޒް ބިން ސައުދު ބިން ނާއިފް ވަނީ ސައުދީ ޝާހީ އާއިލާއާއި ބެހޭ ގޮތުން ދައްކަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި އެވާހަކަތައް ކުށްވެރި ކުރައްވާކަމަށް ވިދާޅުވެފައެވެ. ޚަޝޯގީ ހޯދުމަށް ތުރުކީއާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު