Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަމާލް ޚަޝޯގީ

ޚަޝޯގީ މަރާލެވިފައި ވާނަމަ ވަރުގަދަ އަދަބެއް ދޭނެކަމަށް ޓްރަމްޕް ވައުދުވެ ވަޑައިގެންފި

15 އޮކްޓޯބަރު 2018 | ހޯމަ 14:58

ޚަޝޯގީ މަރާލާފައިވާކަަމަށް ކުރާ ތުހުމަތު ސައުދީއިން ދޮގުކުރޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 އޮކްޓޯބަރު 2018 | ހޯމަ 14:58
ޚަޝޯގީ އެންމެ ފަހުން ފެނިފައި ވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު

ޚަޝޯގީ އެންމެ ފަހުން ފެނިފައި ވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު

ތުހުމަތު ކުރެވޭ ގޮތަށް ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި މަރާލާފައި ވާނަމަ "ހަރުކަށި އަދަބު" އޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސީބީއެސްގެ 60 މިނިޓަށް ދެއްވި އިންޓަވިއު އެއްގައި ޓްރަމްޕް ވިދާޅުވީ އެ މައްސަލައަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކަމަށާއި އޭގެ ސަބަބަކީ އޭނާއަކީ ރިޕޯޓަރަކަށްވުން ކަމަށް ވެދާނެކަމަށެވެ.

އަމިއްލަފުޅު ގައުމުގެ ނޫސްވެރިންނަށް ނުރުހުން ފާޅުކުރައްވާ އުޅުއްވާ ޓްރަމްޕް ވިދާޅުވީ "އަޅުގަނޑުމެން މީގެ އެންމެ ފުނަށް މި ދަނީ އަދި ހަރުކަށި އަދަބެއް އޮންނާނެ" ކަމަށެވެ.

ވައިޓް ހައުސްގައި ބުރާސްފަތި ދުވަހު ނަގާފައިވާ މި އިންޓަވިއު ސީބީއެސް އިން އާދީއްތަ ދުވަހު ދައްކާނެއެެވެ.

ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ގާތްގުޅުމެއް އޮންނަ ރައީސް ޓްރަމްޕްގެ ދަނބި ދަރިކަލުން ޖެރެޑް ކުޝްނަރ ވަނީ ޚަޝޯގީ ގެއްލުމާ ބެހޭ ގޮތުން ޝާހީ އާއިލާއާ ވާހަކަ ދައްކަވާފައެވެ.

ޓްރަމްޕް ވިދާޅުވީ ސައުދީން އެ ތުހުމަތުތައް ދޮގުކުރާކަމަށެވެ.

ސައުދީ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވާނެތޯ ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ ސައުދީ އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ދެކޮޅުކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ އެއްވެސް އޯޑަރެއް ގެއްލޭކަށް" ސައުދީ ސަރުކާރާ އެކު މިދިޔަ އަހަރުވީ އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރުގެ އެއްބަސްވުމަށް އިޝާރާތްކުރައްވާ ޓްރަމްޕް ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް އޮފީހުގައި މަރާލާފައިވާ ކަމުގެ ވީޑިއޯ އާއި އޯޑިއޯ ހެކި ތުރުކީގެ އޮފިޝަލުން އަތުގައި އެބަހުރި ކަމަށް އޮފިޝަލަކު ބީބީސީ ގައި ވަނީ ބުނެފައެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔާ ޚަޝޯގީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސިއުލޭޓް އިމާރާތަށް ވަން ފަހުން ފެނިފައެއް ނުވެއެވެ.

ތަހުގީގީ ޓީމާއި ގާތް ފަރާތަކުން ބުނެފައި ވަނީ ތުރުކީގެ އިންޓެލިޖެންސްގެ އަތުގައި"ކިތާބީ ހެކި" އެބަ ހުރި ކަމަށެވެ.

ސައުދީ އަރަބިއްޔާގެ އިންޓީރިއަރ މިނިސްޓަރ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ސައުދީގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވާ ގޮތުގައި ޕްރިންސް އަބްދުލް އަޒީޒް ބިން ސައުދު ބިން ނާއިފް ބިން އަބްދުލް އަޒީޒް ވަނީ" މަރާލަން އަމުރުކުރި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް އަދި އަސާސެއް ނެތް ތުހުމަތުތަކެއް" ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

07 މެއި 2018

އިސްރާއީލް އިން ވަރުގަދަ އިންޒާރެއް އިރާނައް ދީފި

07 މެއި 2018
އިސްރާއީލް އިން ވަރުގަދަ އިންޒާރެއް އިރާނައް ދީފި
26 އެޕްރީލު 2018

އެކުވެރިކަމުގެ ދުވަހަކަށްފަހު މެކްރޮން ޓްރަމްޕަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް ދެއްވައިފި

26 އެޕްރީލު 2018
އެކުވެރިކަމުގެ ދުވަހަކަށްފަހު މެކްރޮން ޓްރަމްޕަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް ދެއްވައިފި
25 ޖެނުއަރީ 2018

މުގާބޭ ހުންނަވާނީ ހަމަޖެހިވަޑައިގެން ވަރުގަދަ ރިޓަޔަރަމެންޓް ޕެކޭޖެއްގައި:ނަންގަގްވާ

25 ޖެނުއަރީ 2018
  މުގާބޭ ހުންނަވާނީ ހަމަޖެހިވަޑައިގެން ވަރުގަދަ ރިޓަޔަރަމެންޓް ޕެކޭޖެއްގައި:ނަންގަގްވާ
15 ނޮވެމްބަރު 2017

ތެރީސާ މޭ އަށް ރަޝިއާ އިން ވަރުގަދަ ރައްދެއް!

15 ނޮވެމްބަރު 2017
ތެރީސާ މޭ އަށް ރަޝިއާ އިން ވަރުގަދަ ރައްދެއް!
04 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި

04 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި
04 އޯގަސްޓު 2017

އަފްޣާނުގައި ހަަރަކާތްތެރިވާ ގުޅިފައިވާ ސިފައިންގެ ކޯލިޝަނަށް ވަރުގަދަ ހަމަލާތަކެއް ދީފި

04 އޯގަސްޓު 2017
އަފްޣާނުގައި ހަަރަކާތްތެރިވާ ގުޅިފައިވާ ސިފައިންގެ ކޯލިޝަނަށް ވަރުގަދަ ހަމަލާތަކެއް ދީފި
01 ޖޫން 2017

އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

01 ޖޫން 2017
އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!
13 މެއި 2017

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް