Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ ޖަލު ހުކުމް މުރާޖައާކޮށް، މިނިވަން ކުރުމަށް ހުށަހެޅި ގަރާރު ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް

11 ނޮވެމްބަރު 2018 | އާދީއްތަ 06:54

ކުރިން އެގަރާރުގައި ވަނީ ރައީސް ނަޝީދުގެ މައްސަލަ އެކަނި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 ނޮވެމްބަރު 2018 | އާދީއްތަ 06:54
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންވެވަޑައިގެން، މާލެ ވަޑައިގެންނެވުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންވެވަޑައިގެން، މާލެ ވަޑައިގެންނެވުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް މުރާޖައާކޮށް، އެމަނިކުފާނު މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

ރައީސް ނަޝީދުގެ މައްޗަށް ހިންގާފައިވާ ޝަރީއަތާއި ކޮށްފައިވާ ހުކުމް ޕްރޮސެކިއުޓާރ ޖެނެރަލަށާއި ސުޕްރީމް ކޯޓަށް އިލްތިމާސްކޮށް، ހުށަހަޅާފައިވާ އެގަރާރު މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އިސްލާހުކޮށްފައިވާއިރު، އިތުރު ކޮށްފައިވަނީ ރައީސް ނަޝީދާއި ރައީސް ނަޝީދާއި އެއްފަދައިން ހުކުމް ކޮށްފައިވާ އެންމެހާ މީހުންގެ މައްސަލަތައް މުރާޖައާކޮށް، މިނިވަންކޮށް، އިންސާފު ގާއިމުކޮށްދިނުމަށް ޕްރޮސެކިއުޓާރ ޖެނެރަލަށާއި ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހަށް އެ ގަރާރު ހުށަހެޅިފައި ވަނިކޮށް، ރައީސް ނަޝީދާއި ސިޔާސީ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ހުކުމްތައް، ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރުތަކެއް ސުޕްރީމް ކޯޓުން ވަނީ ނެރެފައެވެ. އަދި ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ އެމައްސަލަތަކަށް ވަކިގޮތެއް، އެ ކޯޓުން ނިންމަންދެން ރައީސް ނަޝީދާއި ސިޔާސީ ބޭފުޅުން ވަނީ މިނިވަން ކޮށްފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް ސޮއިކޮށް މަޖިލީހަށް ހުށަހެޅި އެ ގަރާރު ބަލައިގެންފައި ވަނީ 48 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ. އަދި ހަތަރު މެމްބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ.

އެ ގާރާރު ދިރާސާ ކުރެއްވުމަށް ފޮނުވި ކޮމެޓީއަކީ ސަރުކާރުގެ އަގުލަބިއްޔަތު އޮތް ކޮމެޓީއެކެވެ. ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް މުގައްރިރުކަން ކުރައްވާ އެ ކޮމެޓީގައި ހިމެނެނީ އިދިކޮޅު ތިން މެމްބަރުންނެވެ. ދެން އެ ކޮމެޓީގައި ހިމެނޭ 8 މެމްބަރުންނަކީ ވެސް ޕީޕީއެމްގެ މެމްބަރުންނެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ޖުމްލަ 49 މެމްބަރަކު ސޮއި ކުރި ގަރާރުގައި ޕީޕީއެމްގެ 12 މެމްބަރަކު ސޮއި ކުރައްވާފައިވެއެވެ.

މިދިއަ މަހުގެ 28 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހަށް އެ ގަރާރު ހުށަހަޅުއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތަކީ ސިޔާސީ ލީޑަރެއްގެ ހަސަދަވެރިކަމުގައި ހިންގި ސިޔާސީ ބޮޑު ޗަރުކޭހެއް ކަމަށެވެ.

"ހަވާ ފަޓާސް އަރުވާފައި އެ ހިންގި ޝަރީއަތަކީ، އެ އިއްވި ހުކުމަކީ ސިޔަސީ ލީޑަރެއްގެ ހަސަދަވެރިކަމުގައި ހިންގި ސިޔާސީ ބޮޑު ޗަރުކޭހެއްކަން ދިވެހި ހުރިހާ ރައްޔިތުން، ލޯހުޅުވައިގެން ތިބި ހުރިހާ ރައްޔިތުންމެ، ހެކިވާނެ. އިއްޒަތްތެރި ރައީސް، އެއީ ސިޔާސީ ހުކުމެއްކަން މުޅި ދުނިޔެ ވެސް ހެކިވި،" އީވާ ވިދާޅުވިއެވެ.

ގަރާރުގެ ބަހުސްގެ މަރުހާލާގައި ވާހަކަފުޅު ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ ރައީސް ނަޝީދަށް ޝަރީއަތް ކުރީ އިންސާފުން ނޫން ކަމަށާއި އެމަނިކުފާނަށް އިއްވާފައިވާ ހުކުމް މުރާޖާ ކުރަންޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދަށް އިއްވާފައިވާ ހުކުމް ބާތިލު ކުރަން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރާއިރު، ބޭއިންސާފުން ޝަރީއަތްކޮށްފައިވާ މީހުންނަށްވެސް އިންސާފު ހޯދަންޖެހޭ ކަމަށް ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން ވިދާޅުވިއެވެ.

"ވަރަށް އިހްލާސްތެރި ހެޔޮ ހިތަކާގެން މި ދަންނަވަނީ އެމަނިކުފާނުވެސް މިނިވަންވާންވީއޭ. މިނިވަންވާން ބޭނުން ވެސް ވޭ. ހަމަ އެފަދައިން މިދެންނެވި ގޮތަށް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ބޭއިންސާފުން ކަންކަން ހިނގާފައި ހުރި މީހުން މިނިވަންވުން އެއީ އަޅުގަނޑު އެދޭ ގޮތް،" ބަހުސްގެ މަރުހަލާގައި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އަލީ އާރިފް ވިދާޅުވިއެވެ.

ސިޔާސީ ނުފޫޒުން، އަވަސް އަރުވާލައިގެން ހިންގުނު އިންސާފުން އެއްކިބާވެފައިވާ ޝަރީއަތްތަކުން ޖަލަށް ލެވިފައި ތިބި ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ފަރާތްތަކުގެ ތެރެއިން މިވަގުތު ޖަލުގައި ތިއްބެވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާއި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އަދި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބެވެ. މި ބޭފުޅުންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބްގެ ސިއްހީ ހާލުކޮޅު ދެރަވެ، އެމަނިކުފާނު މިހާރު އޮންނެވީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް