Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ސިޔާސީ މަސްރަހު

ލަންކާގެ މަޖިލިސް އުވާލި މައްސަލަ ކޯޓަށް، އެމެރިކާ އާއި އީޔޫއިންވެސް ނިންމުން ޤަބޫލެއް ނުކުރި

11 ނޮވެމްބަރު 2018 | އާދީއްތަ 12:02

ސުޕްރީމް ކޯޓަށް މައްސަލަ ލާނީ ހޯމަ ދުވަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 11 ނޮވެމްބަރު 2018 | އާދީއްތަ 12:02
ސްރީލަންކާގެ ސިޔާސީ މަސްރަހު ވަނީ ހޫނުވެފައި

ސްރީލަންކާގެ ސިޔާސީ މަސްރަހު ވަނީ ހޫނުވެފައި

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް އެ ޤައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމެވި ނިންމެވުމާއި ދެކޮޅަށް އެ ޤައުމުގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ނިންމައިފިއެވެ.

ލަންކާގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންގ އާއި ޚިޔާލު ތަފާތުވެ، އެމަނިކުފާނު މަޤާމުން ދުރުކުރުމަށް ސިރިސޭނާ ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ހުކުރު ދުވަހު ސިރިސޭނާ ނިންމެވި ނިންމެވުމާއި ދެކޮޅަށް ސުޕްރީމް ކޯޓަށް ދިއުމަށް ނިންމާފައި ވަނީ ރަނިލްގެ ފަރާތުންނެވެ. ރަނިލްގެ ކެބިނެޓުގައި ފައިނޭންސް މިނިސްޓަރުގެ މަޤާމު އަދާކުރައްވާ މަންގަލަ ސަމަރަވީރަ މީޑިއާގައި ވިދާޅުވީ، ރައީސް ސިރިސޭނާގެ ނިންމެވުމަކީ "ޤާނޫނު އަސާސީގެ ދަތްޕިލައިގައި ކޮޅުފައިން ޖެހުން" ކަމަށެވެ.

ސަމަރަވީރަ އިތުރަށް ވިދާޅުވީ، ޤާނޫނު ހަދާ މަޖިލިސް އުވާލަން ނިންމި ނިންމުމާއި ދެކޮޅަށް ކޯޓަށް ދިއުމަށް ނިންމާފައިވާ ކަމަށާއި، މި ނިންމުމާއި ދެކޮޅަށް، ކޯޓާއި، ޤާނޫނު ހަދާ މަޖިލީހާއި އަދި އިންތިޚާބަކަށް ދާން ޖެހިއްޖެ ނަމަ އެ އިންތިޚާބެއްގައި ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ލަންކާގެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅައި، މައްސަލަ ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.

ޤާނޫނު ހަދާ މަޖިލިސް އުވާލެއްވުމަށް ނިންމެވިކަން ހާމަކުރެއްވުމުގެ ކުރިން ރައީސް ސިރިސޭނާ ވަނީ އިންތިޚާބަކަށް ދާއިރު އެމަނިކުފާނަށް ކަންކަން ފަހި ވާނެ ގޮތަށް ބައެއް ކަންކަން ކުރައްވާފައެވެ. އެގޮތުން ލަންކާގެ ފުލުހުން ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށަށް ގެންދަވާފައިވާއިރު، ދައުލަތުގެ މައި ޗާޕުޚާނާ އާއި ނޫސްތައް ވެސް ވަނީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށަށް ގެންދަވާފައެވެ. އަދި ހަމަ މިއާއި އެކު އައު ވަޒީރުންތަކެއް އައްޔަނު ކުރައްވައި، އެ ފަރާތްތަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެއްވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސަވައި ދެއްވާފައެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަ ރައީސް ސިރިސޭނާގެ ނިންމެވުމާއި އެއްކޮޅަށް ނިމިއްޖެނަމަ، ލަންކާގެ ޚާއްސަ އާންމު އިންތިޚާބު އޮންނާނީ އަންނަ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

ސްރީލަންކާގެ ސިޔާސީ މަސްރަހު ގޯސްވެގެން ގޮސްފައި މި ވަނީ ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް އާއި ދެމެދު ސިޔާސީ ތަފާތުތައް އުފެދި، އެ މައްސަލަތައް ޒާތީ މައްސަލަތަކަކަށް ވެފައިވަނިކޮށް، ސިރިސޭނާގެ ޕާޓީއިން ރަނިލްގެ ޕާޓީ އާއި އެކު އޮތް ކޯލިޝަން އުވާލުމާއި ގުޅިގެންނެވެ. އަދި ހަމަ އެއާއި އެކު ރައީސް ސިރިސޭނާ ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޤާނޫނު ހަދާ މަޖިލީހުގައި އޮތް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޕާޓީ އާއި އެކު ކޯލިޝަން ހަދާފައި، ރާޖަޕަކްސައަށް ބޮޑުވަޒީރުގެ މަޤާމު ހަވާލުކުރައްވާފައެވެ. ނިމިގެންދިޔަ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމާއި ގުޅިގެން، އޭރު ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވަނީ އެކަން ޤަބޫލު ނުކުރައްވާނެ ކަމަށާއި، ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވި ނަމަވެސް ބޮޑުވަޒީރަކީ ރަނިލް ކަމަށާއި، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އެމަނިކުފާނަށް ކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާގެ ސިޔާސީ މަސްރަހު ހޫނުވެގެން ގޮސްފައިވާ މި ދަނޑިވަޅުގައި ޤާނޫނު ހަދާ މަޖިލިސް އުވާލެއްވުމަށް ރައީސް ސިރިސޭނާ ނިންމެވުމުން، ލަންކާގައި ހުރި ޑިޕްލޮމެޓިކް އެކި މިޝަންތަކުން ވަނީ އެކަމަށް ފާޑު ކިޔާފައެވެ. ޚާއްސަކޮށް ވިލާތުގެ އިއްތިހާދާއި އެމެރިކާއިން ވަނީ މި ނިންމުމަށް ފާޑުކިޔާފައެވެ.

އެމެރިކާގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނު ހަދާ މަޖިލިސް އުވާލަން ނިންމި ނިންމުމަކީ އެމެރިކާ އިން ކަންބޮޑުވާ ނިންމުމެއް ކަމަށާއި، މި ނިންމުމުގެ ސަބަބުން ލަންކާގެ ސިޔާސީ މަސްރަހު އިތުރަށް ގޯސްވެގެން ގޮސްފައިވާ ކަމަށެވެ. ހަމަޖެހުން ލިބިގަތުމަށް ޑިމޮކްރަސީ އަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް އެމެރިކާ އިން ވަނީ ބުނެފައެވެ.

ވިލާތުގެ އިންތިހާދުގެ ފޮރިން އެފެއާޒްގެ ވެރިޔާ ފްރެޑްރިކާ މޮގަރީނީގެ ތަރުޖަމާނަކު މި މައްސަލައިގައި ވިދާޅުވީ، މި ނިންމުމަކީ ލަންކާގެ ޑިމޮކްރެޓިކް މުއައްސަސާތަކަށް އެ ޤައުމުގެ ރައްޔިތުންގެ އިތުބާރު ގެއްލި، ޤައުމުގެ ސިޔާސީ އަދި އިޤުތިޞާދީ ހާލަތު ހީނަރުވެގެންދާނެ ކަމެއް ކަމަށެވެ.

ލަންކާގެ ސިޔާސީ މަސްރަހު ހޫނުވެފައި ވަނިކޮށް ވިލާތުގެ އިއްތިހާދުން ނިމިގެންދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި އެ އިއްތިހާދުން ވަނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ސްރީލަންކާގެ ސަރުކާރު އިހުމާލުވާނަމަ އެ ޤައުމަށް މިހާރު ދީފައިވާ އިޤުތިޞާދީ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ދީފައެވެ. ވިލާތުގެ އިއްތިހާދުން ވަނީ ހަނގުރާމައަކުން އަރައިގަނެ، ޤައުމު އާރާސްތުކުރަމުންދާ މި ދަނޑިވަޅުގައި ކުރީގެ ރައީސް ރާޖަޕަކްސަގެ ސަރުކާރެއް އުފެދިގެން ދިއުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ލަންކާގެ ސިޔާސީ މަސްރަހު ގޯސްވެފައިވާއިރު، ސިރިސޭނާ އާއި ރާޖަޕަކްސަގެ ކޯލިޝަނަށް، އަދި ރަނިލް އަށް ތާއީދުކުރާ ފަރާތްތަކުން ވެސް ދަނީ އެ ޤައުމުގައި ބޮޑު މުޒާހަރާތަކެއް ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް