Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚިޔާނާތުގެ ފައިސާ

ގެއްލިފައިވާ ފައިސާ ހޯދަން އެމެރިކާއިން އެހީވާނެ: ސްޓޭޓް ޑިޕާޓްމަންޓް

8 ނޮވެމްބަރު 2018 | ބުރާސްފަތި 14:11

ފައިސާ ހޯދުމުގައި އެފްބީއައިގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް އިންތިޚާބީ ރައީސް ސޯލިޙް ވިދާޅުވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 ނޮވެމްބަރު 2018 | ބުރާސްފަތި 14:11
ގެއްލިފައިވާ ފައިސާގެ އިތުރުން ޗައިނާއަށް ދަރާފައިވާ ދަރަނީގެ މައްސަލަ ވެސް ބޮޑު

ގެއްލިފައިވާ ފައިސާގެ އިތުރުން ޗައިނާއަށް ދަރާފައިވާ ދަރަނީގެ މައްސަލަ ވެސް ބޮޑު

ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމުގައި އެެމެރިކާއަށް ވެވުނު ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ބުނެފިއެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނަކާއި ޙަވާލާދީ އެމެރިކާގެ ނޫހެއް ކަމަށްވާ ލޮސް އެންޖަލިސް ޓައިމްސްގައި މިހެން ބުނެފައި ވަނީ ގެއްލިފައިވާ ފައިސާތައް ހޯދުމުގައި އެމެރިކާގެ ތަހުޤީޤުތަކާ ބެހޭ ފެޑެރަލް އިދާރާ އެފްބީއައިގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެފައިވާ ވިދާޅުވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ރާއްޖެ އިން އެތައް ބިލިއަން ރުފިޔާ އެއް ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް ގެއްލިފައިވާއިރު، މި ފައިސާތަކުގެ ސީދާ އަދަދު އަދި ހޯދިފައެއް ނެތެވެ. އަދި މީގެ ތެރޭގައި ކިރިޔާ ވެސް އަދަދަކުން ފެންނަން އޮތީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައެވެ.

ރާއްޖެ އިން ޗައިނާ އަށް ދަރާފައި އޮތް ދަރަނީގެ އަދަދު 1.5 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބެލެވިފައިވީ ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އިންތިޚާބީ ރައީސް ސޯލިޙް، މާލޭގައި ހުންނަވާ ޗައިނާގެ އެމްބެސަޑަރ އާއި ބައްދަލުކުރެއްވުމުން އެ ދަރަނި 3 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާކަން ވަނީ ހާމަވެފައެވެ.

"ހީކުރި ވަރަށް ވުރެ މިކަން ގޯސްވެދާނެ ކަމަށް ތައްޔާރަށް ތިބޭތި،" ރައީސް ސޯލިޙްގެ އަރިސް ފަރާތަކާއި ހަވާލާދީ އެލް.އޭ ޓައިމްސްގައި ވެއެވެ.

ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަދަދު އިންތިހާއަށް ބޮޑުވެފައިވާއިރު، ލޯނުތައް ނުދެއްކޭ ހިސާބަށް ދަރަނި ބޮޑުވަމުން ގޮސްދާނެކަމުގެ ބިރު އެބައޮތެވެ.

ލޯނުތަކާއި ދަރަންޏާ ބެހޭ ގޮތުން އެނޫހަށް މައުލޫމަތު ދެއްވަމުން ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމް ވިދާޅުވީ ޗައިނާއާ ދެމެދު ކުރެވުނު މުއާމަލާތުތައް އަލުން ބަލަން ޖެހޭ ކަމަށާއި، އެކަން ހިނގައި ދިޔަ ގޮތް އެކަކަށް ވެސް ރަނގަޅަށް ނޭނގޭ ކަމަށެވެ. އަދި އެކަމުގައި ޗައިނާގެ އެހީ ވެސް ބޭނުންވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ޗައިނާއާ އެކު އޮންނަ ގުޅުން ބަދަހިކުރުމުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ އަވަށްޓެރި އަދި ޒަމާންވީ އެކުވެރިޔާ އިންޑިއާ އާ އެކު އޮންނަ ގުޅުން ކުޑަކޮށްފައެވެ. އަދި ޗައިނާ އަށް އެކި ބޭނުންތަކަށް ބިންތަކާއި ރަށްތައް ދީފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެކަންކަން އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޑިއާ ކަނޑުގެ 'ފިނި ހަނގުރާމައެއް'ގެ ތެރެއަށް ރާއްޖެ އިން ނުވަންނާނެ ކަމަށް ނަސީމް ވިދާޅިވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް