ކ. މާލެ
|
7 ނޮވެންބަރ 2018 | ބުދަ 14:57
ސޯލިހު އުމްރާއަށް ފުރާވަޑައިގަންނަވަނީ
ސޯލިހު އުމްރާއަށް ފުރާވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
އިންތިޚާބީ ރައީސް ސޯލިހު
އިންތިޚާބީ ރައީސް ސޯލިހު އުމްރާއަށް ފުރާވަޑައިގެންފި
އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުމްރާ އަށް ފުރާވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރާއި، ރައްޔިތުންގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު އަލީ ޝިޔާމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ބައިވެރިވެ ވަޑައިގަންނަވައެވެ.

އިންތިޚާބީ ރައީސް ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައި ވަނީ އުމްރާ އަށް ވަޑައިގަންނަވާ ދަތުރުފުޅުގައި ސައޫދީ އަރަބިއްޔާގެ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

އެ ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް