Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ވެރިކަމުގެ ބާރުތައް ދޫކުރައްވަން 10ދުވަސް: ޒިންމާ ނެންގެވުމުގައި އަވަދިނެތި!

ރައީސްގެ ހައިސިއްޔަތުން ނަންގަވަންޖެހޭ ޒިންމާތައް ނަންގަވަމުން ދަނީ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2018 | ބުދަ 08:20
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

ވެރިކަމުގެ ބާރުތައް ދޫކުރައްވަން 10 ދުވަހަށްވެފައިވާއިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔާުމް މިވަގުތުވެސް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރެއްވުމުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ރައީސް އޮފީހުގެ ސްޕޯކްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ރިޔާސީ ދައުރުގެ އެންމެ ފަހު 10 ދުވަހު އެ މަނިކުފާނު ކުރައްވަމުން ގެންދަވަނީ ކޮން މަސައްކަތްތަކެއްތޯ ރާއްޖެ އެމްވީއިން ސުވާލު ކުރެއްވުމުން މުއާޒު ވިދާޅުވީ ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނާއި ހަވާލުވެވަޑައިގެންފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ.

Advertisement - newsAdvertisement

މުއާޒު ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ދައުރުގެ ފަހު 10 ދުވަހު ވެސް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެންމެންނަށް ވެސް ފެނިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްސީލެއް ދެއްވުމަށް ތަކުރާރުކޮށް އެދުމުން ވެސް މަސައްކަތްތަކާއި ގުޅޭ އިތުރު ތަފްސީލެއް މުއާޒު ދެއްވާފައެއް ނުވެއެވެ.

މި މަހުގެ 10 ވަނަ ދުވަހުގެރޭ 9.30 ހާއިރު ރައީސް ޔާމީނަށް ސެނަހިޔާއިން ފަރުވާދީފައިވާއިރު، އެ މަނިކުފާނުގެ ސިއްހީހާލުކޮޅު މި ވަގުތު ކިހިނެއްތޯ ރާއްޖެ އެމްވީން ސުވާލު ކުރެއްވުމުން މުއާޒު އެ ސުވާލަށް އެ ކަށީގެންވާ ޖަވާބެއް ނުދެއްވާ ، ވިދާޅުވެފައިވަނީ "ތި އުޅެނީ ލިޔާނެ ހަބަރެއް ނެތިގެންތޯ" އެވެ. ރައީސް ޔާމީން ސެނަހިޔާއިން ފަރުވާ ހޯއްދެވީ ކޮންކަމަކަށް ކަމެއް ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވެނުދެއްވައެވެ.

ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމެން 10 ދުވަހަށް ވެފައިވާއިރު، އެ މަނިކުފާނުގެ މާ ބޮޑު މަސައްކަތްތަކެއް މިހާރު ފެނިގެނެއްނުދެއެވެ. މީގެ އިތުރުން އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ޕީޕީއެމްގެ މާ ބޮޑު ހަރަކާތްތަކެއް ވެސް މިހާރު ފެނިގެނެއް ނުދެއެވެ. އާރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 5:00 ގައި ގަލޮޅުބޯޅަ ދަނޑުގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވަޑައިގެންނެވުމަކީ، އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި އެ ޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

21 މާރިޗު 2017
މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

11 މާރިޗު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު