Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވަން ޑައިރެކްޝަން

ހެރީ، ލުއިސް، ނައެލް އަދި ލިއަމްއާ މިހާރު ގުޅުމެއް ނެތް: ޒޭން މަލިކް

ވަން ޑައިރެކްޝަން ދުނިޔެއަށް ތައާރަފް ވެފައިވަނީ މަޝްހޫރު ޓީވީ ޝޯވް، "ދަ އެކްސް ފެކްޓަރ" އިން 2010 ވަނަ އަހަރު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2018 | އަންގާރަ 06:05
ވަން ޑައިރެކްޝަންގެ މެމްބަރުން

ވަން ޑައިރެކްޝަންގެ މެމްބަރުން

ވަން ޑައިރެކްޝަންގެ މެމްބަރުންނާ މިހާރު ގުޅުމެއް ނެތް ކަމަށް ބޭންޑްގެ ކުރީގެ މެމްބަރު، ޒޭން މަލިކް ބުނެފިއެވެ.

"ބްރިޓިޝް ވޯގް" މަޖައްލާގެ ޑިސެމްބަރު މަހުގެ އެޑިޝަންއަށް ދީފައިވާ އިންޓަވިއުއެއްގައި ޒޭން ބުނީ އޭނާ 2015 ވަނަ އަހަރު ބޭންޑުން ވަކިވުމުގެ މާ ކުރިން ވެސް ބޭންޑްގެ މެމްބަރުންނާ- ހެރީ ސްޓައިލްސް، ނައެލް ހޯރަން، ލުއިސް ޓޮމްލިންސަން އަދި ލިއަމް ޕޭންއާ- އޮތް ގުޅުން ގޯސްވެފައިވާ ކަމަށެވެ.

އޭނާ ބޭންޑުން ވަކިވުމާ ގުޅިގެން ހިނގި ބައެއް ކަންތައްތަކުން ގުޅުން އިތުރަށް ގޯސްވި ކަމަށާއި "އެއީ ކަންތައް އޮތްގޮތް"ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ކަންތައް އެހެން ވާން ދިމާވި އެއް ސަބަބަކީ އޭނާގެ މިޒާޖުކަން ފާހަގަ ކުރަމުން ޒޭން ބުނީ، އޭނާއަކީ އެހާ މީހުންގެ ތެރޭގައި އުޅެން ބޭނުންނުވާ އެކަހެރި ކަމަށް ލޯބި ކުރާ މީހެއްކަމަށެވެ.

މަޝްހޫރު ޓީވީ ޝޯވް، "ދަ އެކްސް ފެކްޓަރ" އިން 2010 ވަނަ އަހަރު ތައާރަފްވި މި ބޭންޑަކީ ޓީނޭޖް އަންހެން ކުދިން ތެރޭގައި މަގްބޫލުކަން ހޯދާފައިވާ ބޭންޑެކެވެ. ބޭންޑް ތައާރަފްވި އިރު ފަސް މެމްބަރުންގެ އުމުރަކީ 17އާއި 19އާ ދެމެދެވެ.

2015 ވަނަ އަހަރު ޒޭން ބޭންޑުން ވަކިވެފައިވާއިރު، 2016 ވަނަ އަހަރު ބޭންޑްވަނީ "ބްރޭކް"އަކަށް ގޮސްފައެވެ.

މިހާރު ފަސް މެމްބަރުން ވެސް ފޯކަސް ކުރަމުންދަނީ އެމީހުންގެ ސޯލޯ ކެރިއަރއަށެވެ.

މަޝްހޫރު "ބޯއި ބޭންޑް"ތައް ރޫޅި، ވަކި ވަކި މެމްބަރުން އަމިއްލަ ކެރިއަރ ފެށުމަކީ އާ ކަމެއް ނޫނެވެ. އެ ގޮތުން ދުނިޔޭގެ މިއުޒިކް ލެޖެންޑެއް ކަމަށްވާ މައިކަލް ޖެކްސަންވެސް ފުރަތަމަ ކެރިއަރ ފަށާފައިވަނީ އާއިލީ ބޭންޑެއް ކަމަށްވާ "ދަ ޖެކްސަން ފައިވް"އިންނެވެ. ފަހުގެ ތާރީހަށް ބަލާނަމަ، ގިނަ ކާމިޔާބީތައް ހޯދާފައިވާ ޖަސްޓިން ޓިމްބަލޭކްވެސް ފުރަތަމަ ފެނިގެން ގޮސްފައިވަނީ 90ގައި މަޝްހޫރުކަން ހޯދާފައިވާ "އެންސިންކް"އިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބޮސް" ގެ އަޕްޑޭޓް: މިހާރު ކުރިއަށް ދަނީ އޯޑިއޯ ބެލެންސް ކުރުމުގެ މަސައްކަތް

"ބޮސް" ގެ އަޕްޑޭޓް: މިހާރު ކުރިއަށް ދަނީ އޯޑިއޯ ބެލެންސް ކުރުމުގެ މަސައްކަތް

16 އޮކްޓޯބަރު 2017
ޖަބް ހެރީ މެޓް ސޭޖަލް މިސްރުގައި ރިލީޒް ކުރަނީ

ޖަބް ހެރީ މެޓް ސޭޖަލް މިސްރުގައި ރިލީޒް ކުރަނީ

05 އޮކްޓޯބަރު 2017
"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

09 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް" ފެށުން ރަނގަޅުކޮށްފި

"ޖަބް ހެރީ މެޓް ސޭޖަލް" ފެށުން ރަނގަޅުކޮށްފި

06 އޯގަސްޓު 2017
ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

04 އޯގަސްޓު 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު