Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބާހްބަލީ2

"ބާހްބަލީ2": މިހާރު އޮތީ ސިނަމާގައި

އެފިލްމު ވަނީ ފުރަތަ ދުވަހުގައި ވެސް 70 ކުރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައި

ރާއްޖެ އެމްވީ | 28 އެޕްރީލު 2017 | ހުކުރު 15:06
ބާހްބަލީ2

ބާހްބަލީ2

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2" ސިނަމާތަކަށް ހުކުރު ދުވަހު އައިސްފިއެވެ. ސިނަމާތަކަށް އިންގިލާބެއް ގެންނާނޭ ކަމަށް ބުނަމުންދާ "ބާހްބަލީ2" ގެ ޕްރިމިއާ ބޭއްވުމަށް ހަމަޖެއްސީ ބުރާސްފަތި ދުވަހުގެ ރެއަށެވެ. އެހެން ނަމަވެސް ފިލްމު ޕްރިމިއާ ކުރުން ކެންސަލް ކުރީ ބޮލީވުޑްގެ ތަރި ވިނޯދް ކަންނާ ބުރާސްފަތި ދުވަހު ނިޔާވުމާއި ގުޅިގެންނެވެ. "ބާހްބަލީ2" ސިނަމާތަކަށް ހުކުރު ދުވަހު އައިސްފައި ވާއިރު މިހާރު ބޮކްސް އޮފީހުގެ ޗާޓުގެ އެންމެ ކުރީގައި އޮތް އާމިރު ޚާންގެ "ޑަންގަލް" އަށް ވުރެ ކުރި ހޯދާނެ ކަމަށް ބެލެވެއެވެ.

ސަބަބަކީ"ބާހްބަލީ2" ސިނަމާތަކަށް އައުމުގެ ކުރިން ވެސް އެފިލްމު ވަނީ ފުރަތަމަ ދުވަހުގައި ވެސް 70 ކުރޯޑް ރުޕީސްގެ އާމްދަނީ އެއް ހޯދާފައެވެ. އަދި ހަފްތާ ބަންދުގައި މި ފިލްމުގެ އާމްދަނީ 230 ކްރޯޑް ރުޕީސްއަށް ވުރެ އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން މި އަހަރުގައި ނިކުންނާނެ އެންމެ ބޮޑު ފިލްމުކަމަށް ބެލެވޭ ފިލްމު "ބާހްބަލީ 2" ގެ ޓްރެއިލާ އޮންލައިންކޮށް އެންމެ ގިނަ މީހުން ބެލި ޓްރެއިލާއަށް ވެސް ވަނީ ވެފައެވެ.އޮންލައިންކޮށް "ބާހްބަލީ 2" ގެ ޓްރެއިލާ މީހުންގެ އަދަދު ވަނީ 100 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައެވެ.

"ބާހްބަލީ 2" އަޅުވާފައި ވަނީ 9000 ސްކްރީނެއްގައެވެ. އިންޑިއާގެ 6،500 ސިނަމާގައި އަޅުވާފައިވާއިރު އިންޑިއާ ނޫން އެހެން ގައުމުތަކުގެ 2،000 ސިނަމާގައި ވަނީ އެ ފިލްމު އަޅުވާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ 1،100 ސްކްރީނެއްގައި "ބާހްބަލީ 2" ގެ ތެލަގޫ،ތަމަޅަ އަދި ހިންދީ ވާޝަން އަޅުވާނެއެވެ. އަދި ކެނެޑާގެ 150 ސްކްރީނެއްގައި އަޅުވާނެއެވެ.

ތެލެގޫ ބަހުން އުފެއްދި މި ފިލްމް ހިންދީ ބަހުގެ އިތުރުން، އިންޑިއާގެ އެހެން ގިނަ ބަސްތަކުން ވެސް ޑަބްކޮށްގެން ވަނީ ރިލީޒްކޮށްފައެވެ. ފުރަތަމަ ބައި ވެސް ރިލީޒްކުރީ އެގޮތަށެވެ.2015 ވަނަ އަހަރު ނެރުނު "ބާހްބަލީ"ގެ ފުރަތަމަ ފިލްމު "ބާހްބަލީ" އަކީ ވެސް ކާމިޔާބު މޮޅު ފިލްމެކެވެ.

"ބާހްބަލީ 2" ގެ ހިންދީ ވާޝަން ގެނެސް ދެނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުންނެވެ.

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2" ގައި ވެސް ފެނިގެންދާނީ ފުރަތަމަ ބައިން ވެސް ފެނިގެންދިޔަ ތަރިންނެވެ. އޭގެ ތެރޭގައި ތަމަންނާ ބާޓިއާ، އަނުޝްކާ ޝެޓީ، ރާމިއާ ކްރިޝްނަން، ޕްރަބާސް އަދި ރާނާ ދަގޫޕަތީ ހިމެނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ބޮސް" ގެ އަޕްޑޭޓް: މިހާރު ކުރިއަށް ދަނީ އޯޑިއޯ ބެލެންސް ކުރުމުގެ މަސައްކަތް

"ބޮސް" ގެ އަޕްޑޭޓް: މިހާރު ކުރިއަށް ދަނީ އޯޑިއޯ ބެލެންސް ކުރުމުގެ މަސައްކަތް

16 އޮކްޓޯބަރު 2017
ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

04 އޯގަސްޓު 2017
ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް

ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް

10 ޖުލައި 2017
"ބާހްބަލީ2" އަށް 22 ދުވަސް: 1517 ކުރޯޑް ރުޕީސް

"ބާހްބަލީ2" އަށް 22 ދުވަސް: 1517 ކުރޯޑް ރުޕީސް

22 މެއި 2017
"ބާހްބަލީ2"އަށް އެއްހާސް ކުރޯޑް ރުޕީސް

"ބާހްބަލީ2"އަށް އެއްހާސް ކުރޯޑް ރުޕީސް

09 މެއި 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު