Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވިނޯދް ކަންނާ

ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

ވިނޯދް ކަންނާ އެޑްމިޓްކުރީ ޑީހައިޑްރޭޓް ވުމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2017 | ހޯމަ 10:56
ވިނޯދް ކަންނާ

ވިނޯދް ކަންނާ

މީގެ ކުޑަދުވަސްކޮޅެއް ކުރިން އިންޑިއާގެ ހޮސްޕިޓަލުގައި އެޓްމިޓްކުރި ބޮލީވުޑްގެ ފިލްމީތަރި އަކްޝޭ ކަންނާގެ ބައްޕަ ވިނޯދް ކަންނާގެ ހާލު މިހާރު ރަނގަޅު ކަމަށް އަކްޝޭ ބުނެފިއެވެ.

ވިނޯދް ކަންނާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ވެސް މެއެވެ.

ޑީހައިޑްރޭޓްވުމުގެ ސަބަބުން ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް ކަންނާ ހޮސްޕިޓަލްގައި އެޑްމިޓްކުރުމާއެކީ ފަރުވާ ދޭން ވަނީ ފަށާފައެވެ. އޭނާ އެޑްމިޓްކޮށްފައި ވަނީ އެޗްއެން ރެލައިންސް ފައުންޑޭޝަން އެންޑް ރިސާޗް ސެންޓަރުގައި ކަމަށް ޓައިމްސް އޮފް އިންޑިއާއިން ބުންޏެވެ.

ވިނޯދަށް ހޮސްޕިޓަލުގައި ލިބުން އަންނަ އަޅާލުމަށާއި ހެޔޮ އެދޭ ފަރާތްތަކުން ފޮނުވަމުންދާ ހެޔޮ ދުޢާތަކަށްޓަކައި އޭނާގެ އާއިލާ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ވިނޯދްގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ވިނޯދު ކަންކާ އެޑްމިޓްކުރީ ޑިހައިޑްޓޭޓް ވެގެން ކަމަށް އާއިލާ އިން ބުނި ނަމަވެސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަށް ފަހު އޭނާގެ ސިއްޚީ ހާލަތާ މެދު ވަނީ ސުވާލު އުފެދިފައެވެ. އަދި އުމުރުން 70 އަހަރުގެ ވިނޯދު ކަންނާ މަރުވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރި ޚަބަރުތަކަށް ފަހު ވެރިކަންކުރާ ބީޖޭޕީގެ މަގަލާޔާ އޮފީހުގައި ބައެއް އޮފިޝަލުން ވަނީ ހިމޭންކަމުގެ ދެ މިނިޓްގެ ސުކޫތެއް ވެސް ގެނެސްފައެވެ. މި ހަރަކާތުގެ ވީޑިއޯ އާންމުވެފައިވާ އިރު ބީޖޭޕީން ބުނީ އެ ޕާޓީގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި މެންބަރުކަން ވެސް ކުރެއްވި ވިނޯދުގެ މަރުގެ ޚަބަރު ސޯޝަލް މީޑިއާގައި ފެތުރުމުން އެ ޕާޓީގެ ބައެއް އޮފިޝަލުން އެކަމުގެ ހަގީގަތް ނުބަލައި ހިތާމާފާޅުކޮށްފައި ވަނީ ވަރަށް ބޮޑު އޮޅުމަކުން ކަމަށެވެ. އެކަމަށްޓަކައި އެ ޕާޓީން ވަނީ މައާފަށް ވެސް އެދިފައެވެ.

ވިނޯދް ކަންނާ އެންމެ ފަހުން ފެނިފައި ވަނީ ޝާހުރުހާން އެކްޓްކޮށްފައިވާ ފިލްމު "ދިވާލޭއިން" ނެވެ. އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މެރަ ގައޯން މެރަ ދޭޝް"، "އިމްތިހާން"، "ދަޔާވަން" އަދި "ހޭރާފޭރީ" ހިމެނެއެވެ. ވިނޯދް ކަންނާ ކުޅެފައިވާ ފިލްމް "އަމަރް އަކްބަރް އެންތޮނީ" އަކީ އަދިވެސް ބެލުންތެރިންގެ ތަރުހީބު ލިބެމުންދާ ފިލްމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީވުމަށް އާމިރު ގޮވާލައިފި

ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީވުމަށް އާމިރު ގޮވާލައިފި

30 ޖުލައި 2017
ކައިވެނި ކޮށްފިނަމަ އަހަރެން ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ: އަކްޝޭ ކަންނާ

ކައިވެނި ކޮށްފިނަމަ އަހަރެން ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ: އަކްޝޭ ކަންނާ

10 ޖުލައި 2017
ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް

ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް

10 ޖުލައި 2017
ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
"ބާހްބަލީ2": މިހާރު އޮތީ ސިނަމާގައި

"ބާހްބަލީ2": މިހާރު އޮތީ ސިނަމާގައި

28 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު