Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
"ބޮސް"

"ބޮސް" ގެ އަޕްޑޭޓް: މިހާރު ކުރިއަށް ދަނީ އޯޑިއޯ ބެލެންސް ކުރުމުގެ މަސައްކަތް

ނަހުލާގެ ފިލްމު ތަކަށް ލޯބި ކުރާ ފަރާތްތަކަށް އެންމެ މުހިއްމު އެއް ފިލްމު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2017 | ހޯމަ 04:00
ރަވީ ފާރޫގް

ރަވީ ފާރޫގް

ދިވެހި ފިލްމު "ބޮސް" ގެ އެންމެ ފަހުގެ މަސައްކަތަކީ އޯޑިއޯ ބެލެންސް ކުރުމުގެ މަސައްކަތް ކަމަށް އެ ފިލްމުގެ ވީޑިއޯ އެޑިޓަރ ރަވީ ފާރޫގް ބުނެފިއެވެ.

ރަވީ ރާއްޖެއެމްވީއަށް ބުނީ "ބޮސް" އަކީ ނަހުލާގެ ފިލްމު ތަކަށް ލޯބި ކުރާ ފަރާތްތަކަށް އެންމެ މުހިއްމު އެއް ފިލްމު ކަމަށާއި މިޒަމާނަށް އެންމެ ރަނގަޅު ފިލްމު ކަމަށެވެ.

"މި ފިލްމުގެ އެކްޓަރުންނަށް ބެލިކަމުގައިވެސް ޑައިރެކްޝަނަށް ބެލި ކަމުގައިވިއަސް އަދި ފިލްމުގެ ކޮލިޓީއަށް ބެލިކަމުގައިވިއަސް އެއީ ޒަމާނީ ރަނގަޅު ފިލްމެއް. މޮޅު ދެރަ އޯޑިއެންސުން ނިންމާނީ،" ރަވީ ބުންޏެވެ.

ރަވީއަށް އެންމެ ކަމުދަނީ މި ފިލްމުގެ ކޮން އެކްޓަރެއްގެ އެކްޓެއްތޯ އެހުމުން ބުނީ ޔުނާން ގެ އެކްޓިން އެއީ ވަރަށް ފާހަގަ ކޮށްލެވޭ އެކްޓިންއެއް ކަމަށެވެ ޔުނާންގެ އެކްޓިންއަށް އެ ފިލްމުގެ ޓްރެއިލާ އާންމު ކުރުމާއެކުވެސް ދިޔައީ ތައުރީފު އޮހެމުންނެވެ.

މި ފިލްމުގައި އެންމެ ކަމުދަނީ ތެދުތެދަށް ބުނަންޏާ ޔުނާންގެ އެކްޓިން. އެއީ މިބުނާހެން އެ ކެރެކްޓާއަކީ މޭކްބިލީވް ކެރެކްޓާއެކޭ. މިސާލަކަށް އޭނާ ފެނިފަވެސް ހީވެދާނެ އޭނަގެ ފަރާތުން އެވަރުގެ ޕާފޯމެންސެއް ނުފެނިދާނެކަމަށް. އެކަމަކު ބުނާނީ އޭނާ ހަމަ ވިރުވާ އަޅާލައޭ." ރަވީ ބުންޏެވެ.

ރަވީ ބުނީ ރާއްޖޭގެ ރަށްރަށުގައި ފިލްމު އެޅުވުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންކަމަށެވެ. އަދި މާލޭގައި ފިލްމު އެޅުވުމަށްފަހު ޝްވެކް ސިނަމާގައި އަޅުވާނެ ކަމަށް ރަވީ ބުންޏެވެ.

މި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުން ދާއިރު މި ފިލްމުގެ ވެބްސައިޓް www.bos-themovie.com މެދުވެރިކޮށް ޓިކެޓް އޮންލައިންކޮށް ބުކްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

"ބޮސް"ގެ ލީޑް ރޯލުން ފެނިގެން ދަނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާންއާ އެކު، ރިޝްމީގެ ކޮއްކޮ އަދި މިހާރު އެންމެ ވިދާ ބަތަލާ މަރިޔަމް އައްޒަ އެވެ.

ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލް ހިމެނެ އެވެ.

"ބޮސް" ގައި ހިމެނެނީ 7 ލަވައެވެ. މި ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި، އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) އަދި ޝަލަބީ އިބްރާހިމާއި، ހަމޫދުގެ އިތުރުން ރާފިޔަތު ރަމީޒާ، މާއިން ރަޝީދާއި، ފާތިމަތު އަޝްފާއެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީއެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

28 އެޕްރީލު 2017
"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް

"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް

17 އެޕްރީލު 2017
ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

10 އެޕްރީލު 2017
އެންމެ ކުރީގައި ދަ ބޮސްބޭބީ

އެންމެ ކުރީގައި ދަ ބޮސްބޭބީ

09 އެޕްރީލު 2017
ކަރީނާ މިހާރު އެންމެ ބެނުންވަނީ "ރަންގޫން" ބަލަން!

ކަރީނާ މިހާރު އެންމެ ބެނުންވަނީ "ރަންގޫން" ބަލަން!

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު