Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިންސް ހެންރިކް

ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

4 އޯގަސްޓު 2017 | ހުކުރު 16:42

ދެ ބޭފުޅުންވެސް ތިއްބެވީ ދުނިޔޭގައި

ރާއްޖެ އެމްވީ | 4 އޯގަސްޓު 2017 | ހުކުރު 16:42
ރާނީ އާ އެއްވަރުގެ ދަރަޖައެއް ލިބިވަޑައިގެންފައި ނުވާތީ ފިރިކަލުން ހެންރިކް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށް އޭނާ ގެންދަވަނީ ވިދާޅުވަމުން

ރާނީ އާ އެއްވަރުގެ ދަރަޖައެއް ލިބިވަޑައިގެންފައި ނުވާތީ ފިރިކަލުން ހެންރިކް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށް އޭނާ ގެންދަވަނީ ވިދާޅުވަމުން

ޑެންމާކުގެ މިހާރުގެ ރާނީ އަވަހާރަވުމުން އެކަމަނާގެ މަހާނަ އާ ޖެހިގެން ފިރިކަލުންގެ މަހާނަ ހުންނަން އެދިވަޑައިނުގަންނަވާ ކަމަށް ރާނީގެ ފިރިކަލުން ޕްރިންސް ހެންރިކް ވިދާޅުވެއްޖެ ކަމަށް ޑެންމާކުގެ ޝާހީ ގަނޑުވަރުން ބުރާސްފަތި ދުވަހު ހާމަ ކޮށްފިއެވެ.

ޑެންމާކުގައި އޮންނަ އާދަކާދައަށް ބަލާއިރު ރަސްކަން ކުރައްވާފައި ބޭފުޅެއްގެ ދެމަފިރިކަނބަލުންގެ މަހާނަ ހުންނަނީ ޖެހިޖެހިގެންނެވެ.

އުމުރުފުޅުން 83 އަހަރުގެ ޕްރިންސް ހެންރިކް އަކީ އޭނާ އަށް ވަލީ އަހުދުގެ ބަދަލުގައި ރަސްގެފާނު ނުކިޔާތީ އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގަންވާ ބޭފުޅެއް ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ކުރިން ބެލެވިފައި އޮތީ ދެބޭފުޅުންގެ މަހާނަ ވެސް ހުންނާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ތަނުގައި ޖެހިޖެހިގެން ކަމަށެވެ.

އުމުރުފުޅުން 77 އަހަރުގެ ރާނީ މާގްރެތޭ ވަނީ ފިރިކަލުންގެ މި އެދިވަޑައިގަތުން ގަބޫލުފުޅު ކުރައްވާފައެވެ.

ޑެންމާކްގެ ދުވަހު ނޫހެއް ކަމަށްވާ "ބީޓީ" އަށް ދެއްވި އިންޓަވިއުއެއްގައި "ދަ ރޯޔަލް ޑެނިޝް ހައުސް" ގެ ޑިރެކްޓަރ ވިދާޅުވީ، ވަލީ އަހުދު ހެންރިކްގެ ލަގަބާ އަދި އޭނާއަށް ރަސްގެފާނުގެ ގޮތުގައި މުޚާތަބް ނުކުރާތީ ހިތްޕުޅު ހަމަޖެހިވަޑައިނުގެން އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެނާ ވިދާޅުވީ، އަނބިކަނބަލުންގެ މަހާނަ އާ ޖެހިގެން އޭނާގެ މަހާނަ ހުންނަން ފިރިކަލުން ބޭނުންފުޅު ނުވާ ސަބަބަކީ ވެސް ރާނީ އާ އެއް ދަރަޖައެއް އޭނާ އަށް ދުނިޔޭގައި ލިބިވަޑައިގެންފައި ނުވާތީ އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާތީ ކަމުގައެވެ. ޕްރިންސް ހެންރިކް ދެކެވަޑައިގަންނަވާ ގޮތުގައި ދުނިޔޭގައި އޭނާ އަށް އަނބިކަނބަލުންނާ އެއް ދަރަޖައެއް ލިބިވަޑައިގެންފައި ނުވާއިރު ކަށްވަޅުގައި އެ ހަމަހަމަކަން ލިބިވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށެވެ.

މި ދެބޭފުޅުންގެ ކައިވެންޏަށް ދެ ފިރިހެން ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

ޑެންމާކްގެ ރާނީގެ ފިރިކަލުން ޕްރިންސް ހެންރިކް އުފަންވެ ވަޑައިގަތީ 1934 ވަނަ އަހަރު ފްރާންސް އަށެވެ. ނަމަވެސް ޑެންމާކްގެ ރާނީ އާ ކައިވެނި ބައްލަވައިގަތުމަށްފަހު ފްރާންސްގެ ސިޓިޒަންޝިޕް އޭނާ ވަނީ ދޫކޮށްލައްވާފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ޖޫން 2019

އިންޑިއާގެ ރީތީގެ ރާނީގެ މަގާމު ރަޖަސްތާނުގެ ސުމަން ރާއޯއަށް

17 ޖޫން 2019
އިންޑިއާގެ ރީތީގެ ރާނީގެ މަގާމު ރަޖަސްތާނުގެ ސުމަން ރާއޯއަށް
24 އޯގަސްޓު 2018

ބޮލީވުޑްގެ ނެށުންތެރިޔާ އަބިޖީތް ޝިންޑޭ ދަންޖެހިގެން މަރުވެއްޖެ

24 އޯގަސްޓު 2018
ބޮލީވުޑްގެ ނެށުންތެރިޔާ އަބިޖީތް ޝިންޑޭ ދަންޖެހިގެން މަރުވެއްޖެ
04 ޖުލައި 2018

ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި

04 ޖުލައި 2018
ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި
06 ޖޫން 2018

ރާނީގެ ހިޗްކީ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއަރ ކުރަނީ

06 ޖޫން 2018
ރާނީގެ ހިޗްކީ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއަރ ކުރަނީ
16 ޖެނުއަރީ 2018

ހާޓްއެޓޭކެއް ޖެހިގެން ބަތަލާ ޗާރޫ ރޯހަތުގީ މަރުވެއްޖެ

16 ޖެނުއަރީ 2018
ހާޓްއެޓޭކެއް ޖެހިގެން ބަތަލާ ޗާރޫ ރޯހަތުގީ މަރުވެއްޖެ
21 ޑިސެމްބަރު 2017

ހިޗްކީގެ ޓްރެއިލާ: ރާނީގެ އެކްޓިން މޮޅު

21 ޑިސެމްބަރު 2017
ހިޗްކީގެ ޓްރެއިލާ: ރާނީގެ އެކްޓިން މޮޅު
21 ޖުލައި 2017

ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

21 ޖުލައި 2017
ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ
19 ޖުލައި 2017

ބިދީޝާ ދަންޖެހިގެން މަރުވެއްޖެ

19 ޖުލައި 2017
ބިދީޝާ ދަންޖެހިގެން މަރުވެއްޖެ
17 މެއި 2017

ހިތްހަމަ ނުޖެހިގެން ޕްރީތަމް" ރާބްތާ" ދޫކޮށްލައިފި

17 މެއި 2017
ހިތްހަމަ ނުޖެހިގެން ޕްރީތަމް" ރާބްތާ" ދޫކޮށްލައިފި
01 މާރިޗު 2017

ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް

01 މާރިޗު 2017
ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް