Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
"ޖަބް ހެރީ މެޓް ސޭޖަލް"

"ޖަބް ހެރީ މެޓް ސޭޖަލް" ފެށުން ރަނގަޅުކޮށްފި

ފުރަތަމަ ދަވަހު 22.73 ކްރޯޜް ރުޕީސް ލިބިފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2017 | އާދީއްތަ 03:22
"ޖަބް ހެރީ މެޓް ސޭޖަލް"ގެ ޕޯސްޓަރެއް

"ޖަބް ހެރީ މެޓް ސޭޖަލް"ގެ ޕޯސްޓަރެއް

ޝާހްރުކް ޚާނާއި އަނުޝްކާ ޝަރުމާ ލީޑު ރޯލުން ފެނިގެންދާ "ޖަބް ހެރީ މެޓް ސޭޖަލް" ގެ ފެށުން ރަނގަޅުކޮށްފި އެވެ.

އޮގަސްޓް މަހުގެ 4 ވަނަ ދުވަހު މި ފިލްމު އިންޑިޔާގައި ރިލީޒްކުރުމުގެ ކުރިން ވަނީ އަރަބި ގައުމުތަކުގައި ރިލީޒް ކޮށްފައެވެ.

އިންޑިޔާގެ ސިނަމާތަކުން ވަނީ 40 އިންސައްތަ ފުލްވެފައެވެ. އަދި އަރަބި ސިނަމާތަކުގައި ވަނީ 25 އިންސައްތަ ފުލްވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ އިމްތިޔާޒްގެ އެހެން ފިމްލުތަކާއި ޙިލާފަށް ފިލްމުގެ މިއުޒިކް އެހާ މަޝްހޫރު ވެގެން ދިޔަ ފިލްމަކަށް ނުވި ނަމަވެސް ފިމްލު ބަލަން ވަތް ވަރު ވަނީ އިތުރުވެފައެވެ.

ހުކުރު އަދި ހޮނިހިރު ދުވަހަކީ ރަސްމީ ދުވަސް ކަމަށްވާތީވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ފިމްލު ބަލަން ވަދެފައެވެ. އެހެންކަމުން ފުރަތަމަ ދުވަހު އެކަނިވެސް ފިލްމު ރިލާޒްކުރި އެކި ގައުމުތަކުން ޖުމްލަ 22.73 ކްރޯރް ރުޕީސް ވަނީ ލިބިފައެވެ.

މި ފިލްމު ޕްރޮމޯޝަންތަކުގައި މި ދެތަރިންވެސް ވަނީ އިންޑިޔާގެ އެކި ސިޓީތަކަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން ގުޖުރާތު، ރާޖަސްތާން، ޕަންޖާބު އަދި ވަރަނަސީއަށް ވެސް ދަތުރުކޮށްފައެވެ. މިއީ ޝާހުއާއި އަނުޝްކާ އެކީގައި ފެންނާނެ 3 ވަނަ ފިލްމެވެ.

ބަތަލާ އަނުޝްކާ ޝަރްމާ ބޮލީވުޑަށް ތައާރަފުވެފައިވަނީ "ރަބްނޭ ބަނާދީ ޖޯޅީ" ކިޔާ ފިލްމަކުން ޝާހްރުކް ޚާނާ އެކު އެވެ. އެއަށް ފަހު މިދެތަރިން އެކުގައި ވަނީ "ޖަބް ތަކްހޭ ޖާން" އިން ވެސް ފެނިގެން ގޮސްފަ އެވެ.

އިމްތިޔާޒު އަލީ ޑައިރެކްޓްކޮށް، ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ލޯބީގެ މި ފިލްމަކީ ޔޫރަޕްގެ އެކި ގައުމުތަކުގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ޕްރާގް، އެމްސްޓެޑަމް، ވިއެނާ، ލިޒްބަން އަދި ބުޑަޕެސްޓްގައެވެ. ކުރިން މި ފިލްމަށް ކިޔަނީ "ދަ ރިންގް" ނުވަތަ "ރެހެނުމާ" އާއި "ރައުލާ" ކަމަށް އަޑުއެރި ނަމަވެސް ފިލްމަށް އެންމެފަހުން ދީފައިވާ ނަމަކީ "ޖަބް ހެރީ މެޓް ސޭޖަލް" އެވެ.

ދެހާސް ހަތް ވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ޖަބް ވީ މެޓް" އަކީ ވެސް އިމްތިޔާޒު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އިމްތިޔާޒު، ޝާހްރުކާއި އަނުޝްކާގެ ފިލްމަށް ނަން ދީފައި މިވަނީ އެ ފިލްމުގެ ނަމާ ވަރަށް ވައްތަރު ނަމެކެވެ. މި ފިލްމުގައި ޝާހްރުކް ފެނިގެންދަނީ ޕަންޖާބީ ޓުއާ ގައިޑެއްގެ (ހެރީ) ރޯލުންނެވެ. އަދި އަނުޝްކާ ފެނިގެންދާނީ ގުޖްރާތަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ (ސޭޖަލް) ރޯލުންނެވެ.

ސޭޖަލް ޔޫރަޕު ބަލައިލަން ކުރާ ދަތުރުގައި ހެރީއާ ދިމާވެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި އެމީހުންގެ ލޯބީގެ ވާހަކަ ފިލްމުގައި ފެނިގެންދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެރީ އާއި މޭގަންގެ އެންގޭޖްމަންޓް ފޮޓޯތައް އާންމުކޮށްފި

ހެރީ އާއި މޭގަންގެ އެންގޭޖްމަންޓް ފޮޓޯތައް އާންމުކޮށްފި

26 ޑިސެމްބަރު 2017
" ޖަބް ހެރީ މެޓް ސޭޖަލް" ފްލޮޕް ވުމުން ފިލްމުގެ ޑިސްޓިބިޔުޓަރުންނަށް ޝާހުރުކްހާން ގެއްލުމުގެ ބަދަލު ދީފި

" ޖަބް ހެރީ މެޓް ސޭޖަލް" ފްލޮޕް ވުމުން ފިލްމުގެ ޑިސްޓިބިޔުޓަރުންނަށް ޝާހުރުކްހާން ގެއްލުމުގެ ބަދަލު ދީފި

14 ޑިސެމްބަރު 2017
ޕްރިންސް ހެރީއާއި މޭގަންގެ ކައިވެންޏަށް 1.5 މިލިއަން ޕައުންޑް

ޕްރިންސް ހެރީއާއި މޭގަންގެ ކައިވެންޏަށް 1.5 މިލިއަން ޕައުންޑް

11 ޑިސެމްބަރު 2017
ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!

ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!

28 ނޮވެމްބަރު 2017
ޖަބް ހެރީ މެޓް ސޭޖަލް މިސްރުގައި ރިލީޒް ކުރަނީ

ޖަބް ހެރީ މެޓް ސޭޖަލް މިސްރުގައި ރިލީޒް ކުރަނީ

05 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު