Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޝްވަތު ދިނުމުގެ ދައުވާ

އަބްދުﷲ ސައިދާއި، އަލީ ހަމީދާއި، ހަސަން ސައީދުގެ އިތުރުން ސިޔާދުގެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕީޖީން ނިންމައިފި

ހެކި ގަރީނާއަށް ބަލައި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 ނޮވެމްބަރު 2018 | ބުރާސްފަތި 14:36
ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން ސިޔާދް ޤާސިމް

ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން ސިޔާދް ޤާސިމް

ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް އުފުލި ރިޝްވަތު ދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރުމުން އެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދިރާސާ ކުރުމަށްފަހު އެ އޮފީހަށް ފޮނުވުމާއި ގުޅިގެން އެ އޮފީހުން ކުރި ދިރާސާތަކަށް ބަލާއިރު އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މިންވަރަށް ހެކި ހުރި މައްސަލެއް ކަމުގައި ދެކޭ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އެ އޮފީހުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލައި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ޝަރީއަތުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ކަމަށް އެ އޮފީހަށް ނުފެންނަ ކަމަށެވެ. ނަމަވެސް، ޝަރީއަތުގެ ނިންމުމުގައި ފާހަގަކުރައްވާފައިވާ ކަންކަމަށާއި މައްސަލައާއި ގުޅިގެން މިހާތަނަށް ލިބިފައިވާ އެންމެހާ ލިޔެ ކިޔުމަށާއި މައްސަލައިގައި މިހާތަނަށް ކަންހިނގާފައިވާ ގޮތަށް ބަލާއިރު ޝަރީއަތުގެ ނިންމުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކުރި ނަމަވެސް ،ނިންމުމަށް ބަދަލެއް އައިސްދާނެ ކަމަށް ނުފެންނާތީ، އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުން އިސްތިއުނާފު ނުކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދާއި ހަސަން ސައީދުގެ އިތުރުން ސިޔާދު ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކޮށްފައިވަނީ އޮކްޓޯބަރު 10 ވަނަ ދުވަހުއެވެ.

ބަންދުގައި ތިއްބެވި އަބްދުﷲ ސައީދާއި އަލީ ހަމީދާއި ހަސަން ސައީދު ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި، އެ ތިން ބޭފުޅުން ރިޝްވަތުގެ ފައިސާގައި ހިފާފައިވާކަން ޝަރީއަތަށް އެނގެން ނެތް ކަމަށް މައްސަލަ ބެއްލެވި ގާޒީ، އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވި ކަމަށް އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވަނީ ވިދާޅުވެފައެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލު ކުރިނަމަވެސް، ތިން ދައުވާއެއް ސާބިތުވެ، ތިން އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް އެ ބޭފުޅުން ތަންފީޒު ކުރައްވަމުން ގެންދަވާތީ، އެ ބޭފުޅުން މިނިވަނެއް ނުވެއެވެ.

ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލީ އޭނާގެ ސޮއިކޮށް، ވިލާ ކުންފުނިން ދީފައިވާ ލިޔުމެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ރާއްޖެއިން ބޭރުން ބައްލަވައިގަތް މުދާތަކަކަށް ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ބުނެއެވެ.

ވިލާ ކުންފުނީގެ ފަރާތުން އެކަމަށް ދީފައިވާ ލިޔުމުގައި ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައިވެއެވެ. އެ މައްސަލާގައި ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ މިނިވަން ކުރީ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު