Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދޮރުން ދޮރަށް ކެމްޕޭން

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

ކެމްޕޭންގައި ހަސަން ލަތީގް މާލޭގެ ހުރިހާ އަވަށަކަށް ވަޑައިގަންނަވާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2017 | އަންގާރަ 18:45
ހަސަން ލަތީފް އެމްޑީޕީގެ އާންމު މެމްބަރުންނާއި ބައްދަލުކުރައްވަނީ

ހަސަން ލަތީފް އެމްޑީޕީގެ އާންމު މެމްބަރުންނާއި ބައްދަލުކުރައްވަނީ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ގާނޫނީ ވަކީލް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން އަންގާރަ ދުވަހު ފައްޓަވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހަމައެކަނި ކުރިމަތިލައްވާފައިވަނީ ހަސަން ލަތީފް އެވެ. ނަމަވެސް ކެމްޕޭން ހަރަކާތްތައް އޭނާ ގެންދަވަނީ ފުޅާދާއިރާއެއްގައި ކުރިއަށްގެންދަވަމުންނެވެ. އަންގާރަ ދުވަހު، ހަސަން ލަތީފް އަންގާރަ ދުވަހު ވަނީ ހެންވޭރުގައި ދިރިއުޅުއްވާ އެމްޑީޕީގެ މެމްބަރުންގެ ހިޔާލު ހޯއްދެވުމަށް ދޮރުން ދޮރަށް ހިންގަވާ، މެމްބަރުންގެ ހާލު ބައްލަވާފަ އެވެ. ޕާޓީގެ މުސްތަޤުބަލާ ގުޅޭ ގޮތުން މެމްބަރުންގެ ވިސްނުންވެސް އޭނާ ހޯއްދެވި އެވެ.

Advertisement - newsAdvertisement

ދޮރުން ދޮރަށް ފެއްޓެވި ކެމްޕޭން އަންގާރަ ދުވަހަށް ނިންމަވާލެއްވުމަށް ފަހު ހަސަން ލަތީފް ރާއްޖެއެމްވީއަށް ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ އެމްޑީޕީގެ ވީހާވެސް ގިނަ މެމްބަރުންނާ ބައްދަލުކުރެއްވުން ކަމަށާއި އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރަން ރަށްރަށަށްވެސް ވަޑައިގަންނަވާނެ ކަމަށެވެ.

"ހުރިހާ ރަށަކަށް ދިއުމަށް ފުރުސަތެއް ނެތް. ނަމަވެސް ވީހާވެސް ގިނަ ރަށްރަށަށް ދެވޭތޯ އަޅުގަނޑު ބަލާނަން،" ހަސަން ލަތީފް ވިދާޅުވި އެވެ.

ޕާޓީގެ އާންމު މެމްބަރުންނާ ބައްދަލުކުރައްވައި އެންމެ ބޮަޑަށް އޮޅުންފިލުވުމަން ބޭނުންފުޅުވަނީ، ހަސަން ލަތީފު ވިދާޅުވި ގޮތުގައި، ޕާޓީގެ މުސްތަގުބަލާ ގުޅޭގޮތުން މައުލޫމާތެވެ. އެމްޑީޕީގެ މުސްތަގުބަލު ފެނިވަޑައިގަންނަވަނީ ވަރަށް އުޖާލާކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ދޮރުން ދޮރަށް ކެމްޕޭނުގައި ބައްދަލުވި ގިނަ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެވިދާނެކަމަށް ދެކެވޭ ވާހަކަތަކެވެ. އެހެންކަމުން އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައީސް ނަޝީދު މިނިވަންކޮށް، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަ ކުރެއްވޭނެ ގޮތް ހެއްދެވުން ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ކުރެވިގެންދާނީ، ރައީސް ނަޝީދަށް 2018 ގައި ވާދަކުރެވޭގޮތަށް ރައީސް މުހައްމަދު ނަޝީދު މިނިވަންވުމާއި، ހަމަ އެހެންމެ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވޭނެ މާހައުލެއް ގާއިމްކުރުން" ހަސަން ލަތީފް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު