Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްވާފުން ރާއްޖެ ވަކިވުން

ކުއްލި ގޮތަކަށް ސްވާފުން ރާއްޖެ ވަކިވެއްޖެ!؟

ސްވާފުން ރާއްޖޭގެ އިތުރުން ސާފް ހުރިހާ ގައުމެއް ވަކިވި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2018 | ބުދަ 17:34
ސްވާފްގެ ބޯޑު މެމްބަރުން

ސްވާފްގެ ބޯޑު މެމްބަރުން

ސައުދީ އަރަބިއްޔާ އިސްކޮށް އޮވެ އަލަށް އުފެއްދި ސައުތު ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސްވާފް) އިން ކުއްލި ގޮތަކަށް ރާއްޖެ ވަކިވެއްޖެ ކަމަށް ބުނެފިއެވެ.

ސްވާފުން ރާއްޖެ ވަކިވެފައިވާ ކަން ކަށަވަރުކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ސްވާފްގެ ސީނިއަރ ނައިބް ރައީސަކަށް ހޮވިފައިވާ މުހައްމަދު ޝަވީދަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ. އަދި މެސެޖް ކުރުމުން، މެސެޖަށްވެސް ޖަވާބުދެއްވާފައެއް ނުވެއެވެ.

މިކަމާއި ގުޅޭ ގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ ސްވާފުން ރާއްޖެ ވަކިނުވާ ކަމަށާއި، ވަކިވެފައިވާ ވަނީ ރާއްޖެ ފިޔަވައި މި ސަރަހައްދުގެ އެހެން ހުރިހާ ޤައުމެއްކަމަށެވެ.

އެހެންނަމަވެސް ބަންގްލަދޭޝްގެ ފުޓުބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސްވާފުން ރާއްޖޭގެ އިތުރުން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަންގެ ހުރިހާ ގައުމެއް ވަކިވާން ނިންމާފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނާއި ބޫޓާންގެ އިތުރުން ދިވެހިރާއްޖެ ކަމަށެވެ.

އޭއެފްސީ ކޮންގްރެސް ބުރާސްފަތި ދުވަހު މެލޭޝިއާގައި ބާއްވާފައިވާއިރު، އިންޑިއަން ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސާފް ހުރިހާ ގައުމުތަކެއް ސްވާފުން ވަކިވާން ނިންމީ ބުދަ ދުވަހު މެލޭޝިއާގައި ކުރިޔަށްދިޔަ ބައްދަލުވުމަކަށްފަހު ކަމަށެވެ.

އޭއެފްސީގެ ރައީސްއާ އެކު ސްވާފްގެ ސީނިއާ ނައިބް ރައީސް ޝަވީދު (ކ) - ފޮޓޯ: މިހާރު

މައުލޫމާތު ލިބޭ ގޮތުގައި ސްވާފްގެ އެކްސްކޯ ބައްދަލުވުމެއް ބާއްވަން ބުރާސްފަތި ދުވަހު މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ ބައްދަލުވުން ފަހުވަގުތު ކެންސަލްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސާފްގެ ގައުމުތައް ކުއްލިއަކަށް ސްވާފުން ވަކިވެފައިވާއިރު، ގައުމުތައް ވަކިވި ސަބަބެއް އަދި މިހާތަނަށް ކަށަވަރެއް ނުވެއެވެ.

ސްވާފްގެ ބައްދަލުވުމަކަށްފަހު މީގެކުރިން ބައްސާމް ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅައިގެ އުމްރާނީ ވަސީލަތްތައް ބިނާކުރުމާ ބެހޭގޮތުން ޖަމިއްޔާގައި ވާހަކަދެކެވުނު ކަމަށާއި މި ޖަމިއްޔާ އުފެދުމަކީ ދިވެހި ފުޓްބޯޅަ އާއި ރާއްޖޭގެ ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން މިއީ ރަނުގެ ފުރުސަތެއް ކަމަށްވެސް ބައްސާމް އޭރު ވިދާޅުވިއެވެ.

ސްވާފްގެ ރައީސް އަކީ ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޑރ. އާދިލް ބިން މުހައްމަދު އިއްޒަތެވެ. ސްވާފްގެ ހުޅަނގު އޭޝިއާ ފަޅިން ނައިބް ރައީސް އަކީ ޔޫއޭއީގެ އަބްދުﷲ އަލް ޖުނައިބީއެވެ. އަދި ދެކުނު އޭޝިއާ ފަޅިން ނައިބް ރައީސް އަކީ އިންޑިއާގެ ސުބްރަތާ ދައްތާއެވެ.

ސްވާފް އުފެއްދުމާ ބެހޭގޮތުން ކުރިން އޭއެފްސީއިން ދީފައިވަނީ މާ އީޖާބީ ޖަވާބެއް ނޫނެވެ. ނަމަވެސް ތިން ހަފުތާއަށް ދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު އޭއެފްސީން ވަނީ ޝަރުތުތަކެއް ކުރިމަތިކޮށް ސައުދީއަށް އެ ހުއްދަ ދީފައެވެ. ސާފް ގައުމުތައް ސްވާފުން ވަކިވުމުން މިހާރު ސްވާފުގެ މެމްބަރުންގެ ގޮތުގައި ތިބޭނީ ސައުދީ އަރަބިއްޔާ އާއި ބަޚުރޭނާއި، އިރާގާއި، ކުވޭތާއި، އޮމާނާއި، ޔޫއޭއީ އަދި ޔަމަނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު