Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޝަންސް ކަމިޝަން

ރައީސް ޔާމީންގެ ކެމްޕެއިންގެ ދަތުރުތަކަށްވާ 4.8 މިލިއަން ރުފިޔާ ޕާޓީގެ ފައިސާއިން އުނިކުރެވޭކަށް ނެތް: އީސީ

އެޑްވާންސްކޮށް ދައްކަން އެއްބަސްވި 4.8 މިލިއަން ރުފިޔާ ދެއްކުމަށް ޕީޕީއެމް އަށް ތަކުރާރުކޮށް އެންގި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2018 | ބުދަ 08:55
އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް

ނިމިދިޔަ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ކުރި ފްލައިޓް ދަތުރުތަކަށްވާ 4.8 މިލިއަން ރުފިޔާ ޕާޓީގެ ފައިސާ އިން އުނިކުރަން ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް އިލެކްޝަންސް ކަމިޝަނުން ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން އީސީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޕީޕީއެމްގެ މެމްބަރުން ވައިގެ މަގުން އުފުލުމަށްޓަކައި އެ ކުންފުންޏާއި ޕާޓީއާ ދެމެދު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ގައި "އެއާ ޓްރާންސްފާ އެގްރިމެންޓުގައި" ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމަކީ އެޑްވާންސް ޕޭމެންޓް އުސޫލުން 4.8 މިލިއަން ރުފިޔާ ދައްކާ ގޮތަށް ދެ ފަރާތުން އެއްބަސްވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އެތައް ފަހަރެއްގެ މަތިން އެފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށާއި އެހެން ނަމަވެސް އެފައިސާ މިހާތަނަށް ވެސް ދައްކާފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން އެދުނު ގޮތަށް ޕާޓީގެ ފައިސާއިން އެ އަދަދު އުނިކުރެވެން ނެތް ކަމަށް އީސީން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ ޕާޓީގެ ފައިސާ އުނިކުރެވޭނީ ކޯޓަކުން އަންގައިގެން ނޫނީ ގާނޫނު ލާޒިމް ކުރާ ނަމަ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އީސީގެ އިތުރުން ފިނޭންސް މިނިސްޓްރީއަށް ވެސް އައިލެންޑް އޭވިއޭޝަނުން ވަނީ އެމައްސަލަ ހުށައަޅާފައެވެ. އެ މައްސަލަ ހުށަހަޅަންޖެހުނީ ޕީޕީއެމަށް އެތައް ފަހަރަކު މަތިން އެދުމުން ވެސް، އެޕާޓީގެ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއް ނުލިބުމުން ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

ސެޕްޓެމްބަރު 12 ވަނަ ދުވަހު ސައިޒު ދައްކާލަން ކަމަށް ބުނެ އެޕާޓީން ބޭއްވި ޖަލްސާއަށް ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގެ ރައްޔިތުން މާލެ ގެނެސްފައެވެ. އެދުވަހަށް ރައްޔިތުން މާލެ ގެނެސްފައި ވަނީ އައިލެންޑް އޭވިއޭޝަނުގެ ފްލައިޓްތައް ޗާޓަރަށް ހިފައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު