Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލައިފި

30 އޮކްޓޯބަރު 2018 | އަންގާރަ 06:22

މިދައުރުގެ 13 މެންބަރުންގެ މުއްދަތު މިއަހަރުގެ ޑިސެންބަރު 12 ގެ ނިޔަލަށް ހަމަވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޮކްޓޯބަރު 2018 | އަންގާރަ 06:22
މީޑިއާ ކައުންސިލްގެ މެންބަރުން

މީޑިއާ ކައުންސިލްގެ މެންބަރުން

މޯލްޑިވްސް މީޑިއާ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ މީޑިއާ ކައުންސިލްގެ މިދައުރުގެ މެންބަރެއްގެ މުއްދަތު އޮގަސްޓު 27ގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. އަދި މި ދައުރުގެ 13 މެންބަރުންގެ މުއްދަތު މިއަހަރުގެ ޑިސެންބަރު 12 ގެ ނިޔަލަށް ހަމަވާތީ އެ ކައުންސިލަށް މެންބަރުން އައްޔަންކުރުމަށް ބޭނުންވާ ކަމަށެވެ. ޖުލްމަ 15 މެންބަރުން ތިބޭ އިރު އެއް މެންބަރެއްގެ ދައުރު ހަމަވާނީ ފެބްރުއަރީ މަހުއެވެ.

Advertisement - newsAdvertisement

ހޯމް މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލްގެ މަގާމުތަކަށް އެދޭ ފަރާތްތަކުން 07 ނޮވެމްބަރު ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޮޓޯ އާއި ވަނަވަރު، އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި، ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީ އާއި ކުށުގެ ރެކޯޑްގެ ކޮޕީއަކާ އެކު އެމިނިސްޓްރީ އަށް ސިޓީއަކުން ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މީޑިއާގެ އަށް ގޮޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުން ކަމަށާއި، އެ ގޮތުން ކެންޑިޑޭޓުން ހުށައަޅާ ކޮންމެ މީޑިއާއަކުން ވެސް އެ މީޑިއާއަކުން ހުށައަޅާ ކެންޑިޑޭޓްގެ ވަނަވަރު އެނގޭ ގޮތަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީޑިއާ ކައުންސިލްގައި މީޑިއާގެ އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުން ހިމެނެއެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ. މީޑިއާ ކައުންސިލްގެ މެންބަރުންނަށް މަހަކު 5،000ރ. ގެ އެލަވަންސްއެއް ދޭ އިރު ގަވާއިދުގައިވާ ގޮތުން ކައުންސިލުން ބާއްވަންޖެހެނީ މަހަކު މަދުވެގެން އެއް ބައްދަލުވުމެވެ. މިހާރު އޮތް މީޑިއާ ކައުންސިލުން ހަފުތާއަކު ޖަލްސާއެއް ބޭއްވި ނަމަވެސް އިތުރު އެވެސް އެލަވަންސެއް ނުލިބެއެވެ.

މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ހުޅުވާލާފައިވާ އިރު މީޑިއާ ކައުންސިލް އުވާލައި ބްރޮޑްކާސްޓިން ކޮމިޝަންއާ އެއްކޮށްލައި މީޑިއާ ކޮމިޝަނެއް އުފެއްދުމަށް މީގެ ކުރިން މަޖިލީހަށް ވެސް ހުށަހެޅިއެވެ. ނަމަވެސް މިހާތަނަށް އެ ބިލް ފާސްކޮށްފައެއް ނުވެއެވެ. ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލައި އެއް ފުރާޅެއްގެ ދަށަށް މަސައްކަތްތައް ގެނައުމަށް މީޑިއާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގޮވާލަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް