Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ނަޝީދަށް ދަންނަވަނީ ދިވެއްސަކަށް ކިޔާނެ އެންމެ ކުލަގަދަ މަރުހަބާ: އިންތި

29 އޮކްޓޯބަރު 2018 | ހޯމަ 14:05

ބުރާސްފަތި ދުވަހުގެ ހަވީރު މާލެ ފައިބައިވަޑައިގަންނަވާނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 29 އޮކްޓޯބަރު 2018 | ހޯމަ 14:05
ނަޝީދަށް ދަންނަވާ މަރުހަބާއާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސް

ނަޝީދަށް ދަންނަވާ މަރުހަބާއާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެވަޑައިގަތުމުން، އެމަނިކުފާނަށް ދަންނަވާ މަރުހަބާއަކީ ދިވެއްސަކަށް ކިޔާނެ އެންމެ ކުލަގަދަ މަރުހަބާއަށް ވެގެންދާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ތައްޔާރީތަކާ ބެހޭ ގޮތުން އެމްޑީޕީގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމުން ވަރަށް ހިތްގައިމު މާހައުލެއް މާލެއިން ފެނިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނާ އެކު ރައީސް ނަޝީދަށް މަތިވެރި މަރުހަބާއެއް މާލެއިން ދަންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement

"ވަރަށް ކުލަ ގަދަ، ވަރަށް ފޯރިގަދަ، ވަރަށް ހިތްގައިމު މާހައުލެއް މާލެއިން ފެނިގެންދާނެ. މާލޭގައި ދިވެހިރާއްޖޭގެ ރައްޔިތަކަށް އެ ނޫން ވެސް މީހަކަށް މަރުހަބާ ދެންނެވޭނެ އެންމެ މަތިވެރި ގޮތަކަށް ނުވަތަ އެންމެ ކުލަގަދަ، އެންމެ އުފާވެރި ގޮތަކަށް މަރުހަބާ ދެންނެވޭނެ،" އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާ ކުރައްވާ އިންތި ވިދާޅުވިއެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ނަޝީދު ރާއްޖެވަޑައިގެންނެވުމުން، ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި، އިންތި ތަކުރާރު ކުރެއްވީ އެމަނިކުފާނު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައިކަން ޔަގީންވާ ކަމަށެވެ.

"ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި. ކުރީގައި ވެސް މިނިވަނެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް، އެ ދުވަހު އިރާދަ ކުރެއްވިއްޔާ އެއްވެސް ހުރަހެއް ނެތް ގޮތުގައި ވަޑައިގަންނަވާނެ. އެ ޔަގީންކަމާއެކީގައި މި ދަންނަވަނީ،" އިންތި ވިދާޅުވިއެވެ.

އަންނަ ބުރާސްފަތި ދުވަހު، ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށް ފަހު، ހުޅުލެއިން މާލެއަށް އެމަނިކުފާނު ވަޑައިގަންނަވާނީ ކަނޑުމަގުންނެވެ. އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރެއް ޖަހާ އެހާކަންހާއިރުއެވެ.

އެއަށް ފަހު އެއް ނަމްބަރު ފާލަން ސަރަހައްދުން މާލެ ފައިބައިވަޑައިގެންނެވުމަށް ފަހު، ޗާންދަނީ މަގުން ދެކުނަށް ގޮސް، މަޖީދީމަގުން އިރަށް ގޮސް، އެމްޑީޕީ ހަރުގެ ސަރަހައްދަށް ވަޑައިގަންނަވާނެއެވެ. އަދި އެ ސަރަހައްދުގައި ހުންނަވައި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ.

ކަނޑުމަގުން ރައީސް ނަޝީދަށް ދަންނަވާ މަރުހަބާއާ ގުޅޭ ގޮތުން، އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް ވިދާޅުވީ ކަނޑުމަގުން ދަންނަވާ މަރުހަބާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު އުޅަނދުތަކަށް އަދިވެސް އޮތް ކަމަށެވެ.

"އަޅުގަނޑުމެން އެ ފުރުސަތު ބަންދު ކުރަން ގަސްތުކުރަނީ 31 ވަނަ ދުވަހުގެ ރެއަށް އެ ފުރުސަތު ދޭން ގަސްތުކުރަނީ. ދެން އެއް ވަނަ ދުވަހުގެ [ބުރާސްފަތި ދަހުގެ] 1:30 ވާއިރު، ހުޅުލޭ ބޭރުގައި އަޅުގަނޑުމެން ބޮޑު ދޯންޏެއް ބާއްވާނަން އެމްޑީޕީގެ ދިދަ ނަގައި ޒީނަތްތެރި ކުރެވިފައި. ބައިވެރިވާ ހުރިހާ އުޅަނދު ފަހަރެއް ވެސް އަންނަންވީ އެ ދޯނި ކައިރިއަށް،" އެމްޑީޕީގެ މަގުމަތީ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅޭ އަންވަރު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގަންނަވާ އެ ހަރަކާތާ ގުޅޭ ގޮތުން، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ރައީސް ނަޝީދު މާލެވަޑައިގަތުމަށްފަހު، ހިނގާލުން ފައްޓަވާނީ ޗާންދަނީމަގު ރީފްސައިޑުން ކައިރިން ކަމަށެވެ.

އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި، ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ އަމިއްލަފުޅަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނެވުމަށްފަހު ދެ އަހަރާއި ނުވަ މަހާއި 11 ދުވަސް ފަހުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޖޫން 2017

ކިތަންމެ ވަރަކަށް ހުރަސް އެޅިޔަސް ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ވެރިންނަށް ރައްޔިތުން މަރުހަބާ ކިޔާނެ: ޝާހިދު

15 ޖޫން 2017
ކިތަންމެ ވަރަކަށް ހުރަސް އެޅިޔަސް ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ވެރިންނަށް ރައްޔިތުން މަރުހަބާ ކިޔާނެ: ޝާހިދު
23 މެއި 2017

މެޗެސްޓަރގައި ދެވުނު ޓެރެރިސްޓް ހަމަލާއާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވޭ!

23 މެއި 2017
މެޗެސްޓަރގައި ދެވުނު ޓެރެރިސްޓް ހަމަލާއާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވޭ!
05 މެއި 2017

ރައީސަކަށް ހުންނަ މީހަކަށް އުފުލޭވަރުގެ ކަންކަން ހުށަހެޅުމަށް ރައިސް ނަޝީދަށް، ރައިސް ޔާމީނު ގޮވާލައްވައިފި

05 މެއި 2017
ރައީސަކަށް ހުންނަ މީހަކަށް އުފުލޭވަރުގެ ކަންކަން ހުށަހެޅުމަށް ރައިސް ނަޝީދަށް، ރައިސް ޔާމީނު ގޮވާލައްވައިފި
27 އެޕްރީލު 2017

ރައީސް ނަޝީދަށް ހުކުމްކޮށްފައިވަނީ ގާނޫނާ ހިލާފަށް: ރޮޒެއިނާ

27 އެޕްރީލު 2017
ރައީސް ނަޝީދަށް ހުކުމްކޮށްފައިވަނީ ގާނޫނާ ހިލާފަށް: ރޮޒެއިނާ
29 މާރިޗު 2017

ރައީސް ނަޝީދަށް ދައުވާކުރަނީ ރައީސް ޔާމީން ގަދަ ބާރުން ވެރިކަމުގައި ހުރުމަށް!

29 މާރިޗު 2017
ރައީސް ނަޝީދަށް ދައުވާކުރަނީ ރައީސް ޔާމީން ގަދަ ބާރުން ވެރިކަމުގައި ހުރުމަށް!
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް