Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ރައީސް ނަޝީދު މާލެ ވަޑައިގަތުން: ތައްޔާރީތައް މެކުހަށް

29 އޮކްޓޯބަރު 2018 | ހޯމަ 05:39

މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 1 ވަނަ ދުވަހުގެ މެންދުރު ފަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 އޮކްޓޯބަރު 2018 | ހޯމަ 05:39
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މުޅި ރާއްޖެ ތައްޔާރު ވެއްޖެއެވެ.

އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގެންނެވި ފަހު ދެއްވާ ތަގުރީރު ނިމިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ ރައީސް ނަޝީދު ނޮވެމްބަރު 1 ވަނަ ދުވަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާއިރު މަރުހަބާ ދެންނެވުން ކުރިއަށް ދާނީ ކަނޑުމަތީގެ އިވެންޓެއްގެ ގޮތުގައި ކަމަށެވެ. މާލޭގައި މަރުހަބާ ދެންނެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޗާންދަނީ މަގުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް ރައްޔިތުންގެ މަޖިލިސް ބެހިފައިވާ ދާއިރާތަކުގެ ތަރުތީބުން އެ ދާއިރާތަކުގެ ރައްޔިތން އާޓިފިޝަލް ބީޗާ ހަމައަށް އެތުރިގެން ތިބޭ ގޮތަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް ވެސް ވިދާޅުވެފައި ވަނީ އެއާޕޯޓުން ނަޝީދު މާލެ ވަޑައިގަންނަވާއިރު ކަނޑުމަތިން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވީހާ ވެސް ގިނަ ކަނޑު އުޅަނދުތައް ނެރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ހުރިހާ އުޅަނދަކަށް ވެސް އެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށާއި އެކަމަށްޓަކައި ހޮޓްލައިނެއް ވެސް ގާއިމް ކޮށްފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުން ކުރިއަށް ދާނެ ގޮތުގެ ޗާޓެއް

މީގެ އިތުރުން ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ މަރުހަބާ ދެންނެވުމުގެ އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 1 ވަނަ ދުވަހުގެ މެންދުރު ފަހުންނެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ސަލާމަތީ ބާރުތަކާ ވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި އިންތިޒާމްތަކުގެ ފުރިހަމަ ތަފްސީލު ފަހުން ހާމަ ކުރާނޭ ކަމުގައި ވެސް އެމްޑީޕީން ބުނެއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ ދުވަހަށް ޚާއްސަކޮށްގެން އެމްޑީޕީން ވަނީ ޓީޝާޓެއް ވެސް ނެރެފައެވެ. އެ ޓީޝާޓަކީ ރައީސް ނަޝީދުގެ އަތްޕުޅުން ލިޔުއްވާފައިވާ ލިޔުއްވުމެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޓީޝާޓެކެވެ. އެ ލިޔުންކޮޅުގައި ވަނީ "މިއީ ހިތާ ހިތުގެ ގުޅުމެއް" ކަމަށެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 13 އަހަރުގެ ޖަލު ހުކުމެއް ނަޝީދުގެ މައްޗަށް ވަނީ އިއްވާފައެވެ. ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 13 އަހަރުގެ ޖަލު ހުކުމް މުރާޖައާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓަށް މިހާރު ވަނީ ހުށަހަޅާފައެވެ. އެމްޑީޕީން ބުނަމުންދަނީ ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް