Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯލިޝަން

ކޯލިޝަން ރޫޅާލުމުގެ ގޯސް ތަކުރާރެއް ނުކުރާނަން: ޤާސިމް

29 އޮކްޓޯބަރު 2018 | ހޯމަ 02:04

މިސްޓޭކް ދެން ތަކުރާރެއް ނުކުރާނަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 އޮކްޓޯބަރު 2018 | ހޯމަ 02:04
ޤާސިމް އިބްރާހީމް، އިންތިހާބާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު

ޤާސިމް އިބްރާހީމް، އިންތިހާބާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު

ކޯލިޝަން ރޫޅާލުމުގެ ގޯސް އަލުން ތަކުރާރު ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ގާސިމް އިބްރާހިމް ވާދަކުރެއްވިއިރު، އެ އިންތިޚާބުގެ ވޯޓަށް ފަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކުރިއަތް އޮތް ތާނގައި އެ ޕާޓީގެ ފަރާތުން ވަރަށް ބޮޑު މަސްއޫލިއްޔަތުތަކެއް އުފުލަން ޖެހިފައިވާ ކަމަށާއި ސަރުކާރެއް އުފައްދާފައި އެ ސަރުކާރަކާއެކު ކުރިއަށް ދިއުމުގެ މުހިންމުކަން ދެ ފަހަރުގެ ތަޖުރީބާ އިން އެނގިވަޑައިގެންނެވި ކަމަށެވެ. އެހެންވެ، ކޯލިޝަން ރޫޅިގެން ދިއުމުގެ "މިސްޓޭކް" ދެން ތަކުރާރު ނުކުރައްވާނެ ކަމަށް، ރާއްޖޭގައި ހުންނެވި އެންމެ ބޮޑު މަހުޖަނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޤާސިމް އިތުރަށް ވިދާޅުވީ ކުރިއަތް އޮތް ފަސް އަހަރުގެ ދައުރުގައި ކަންތައްތައް އޮމާންކޮށް ގެންދިޔުމަށްޓަކައި އެ ޕާޓީން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެ ޕާޓީއަކީ އެއްވެސް ހަލަބޮލިކަމެއް ގެންނާނެ ޕާޓީއަށް ވެގެން ނުވާނެ ކަމަށެވެ. އަދި ކޯލިޝަނަށް ހަލަބޮލިކަމެއް ގެންނަން މަސައްކަތްކުރާ މީހުންނަށް އެ ޖާގަ ނެތް ކަމަށް ވެސް ޤާސިމް ތަކުރާރު ކުރެއްވިއެވެ.

"ސަރުކާރެއް އުފައްދާފައި އަޅުގަނޑުމެން ސަރުކާރާއެކީގައި ކުރިއަށް ދިއުމުގެ މުހިންމުކަން ވޭތުވެދިޔަ ދެ ފަހަރުގެ ތަޖުރީބާ އިން އެނގިއްޖެ. އެ މިސްޓޭކް ދެން ހަދައިގެން ނުވާނޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާ އެކީގައި މި ސަރުކާރު 5 އަހަރަށް ސުމޫތްކަމާއެކީ މި ކުރާ ފަހި ދަތުރުގައި ސާބިތުކަމާއެކީ ތިބެންޖެހޭނެ ކަމަށް އަޅުގަނޑު ދަންނަވާލަން. އެއްވެސް ގޮތަކަށް އަޅުގަނޑުމެންނަކީ މި ދަތުރުގައި ހަލަބޮލިކަމެއް ގެންނާނެ ބަޔަކަށް ޕާޓީއަކަށް ވެގެންނުވާނެ. އިތުރު ހަލަބޮލިކަމެއް ކޯލިޝަނަށް ގެންނަން އުޅޭ ބަޔަކަށް މާބޮޑު ޖާގައެއް ނެތް" ޤާސިމް ވިދާޅުވިއެވެ.

ވެރިކަން ހޯދުމަކީ ފަސޭހަކަމެއް ކަމަށާއި އެ ވެރިކަން އަމާންކަމާއެކު ދެމެހެއްޓުމަކީ އުނދަގޫ ކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެ ދަތުރުގައި އުނދަގޫ ކަންތައްތައްތަކާއި ދިމާވާނެ ކަމަށާއި އެކަންތައްތައް ކެތްކުރަން ވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އައިޝަތު ނަހުލާ ކުރެއްވި މަސައްކަތުން ޖުމްހޫރީ ޕާޓީއަށް ވަރަށް ގިނަ ބައެއްގެ ތާއީދު ލިބުނު ކަމަށާއި އެކަމަނާއަށް ތައުރީފުގެ ބަސްތައް ހައްޤުކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެ ޕާޓީއަށްޓަކައި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޤާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރިޔާސީ އިންތިހާބަށް ފަހު ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށް ވާތީ އެކަމަށް ވެސް ވިސްނައިގެން މަސައްކަތް ކުރައްވާނެ ކަމަށާއި އެ ޕާޓީ ވަރުގަދަ ކަމާއެކު މަސައްކަތް ކުރެވޭނެ ބޭފުޅުން ޕާޓީގައި މިހާރު އެބަތިބި ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ މަސައްކަތް ކުރާނީ އެކުވެރިކަމުގެ ޖޯޝާ ފޯރީގައި ކަމަށް ޤާސިމްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 މެއި 2017

ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ

24 މެއި 2017
ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ
20 މެއި 2017

އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ

20 މެއި 2017
އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ
18 އެޕްރީލު 2017

ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ

18 އެޕްރީލު 2017
ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ
26 މާރިޗު 2017

މަސީޙު ވަކިނުކޮށްފިނަމަ އަންނަން އޮތް ޖީލުތައް މަޢާފެއް ނުކުރާނެ، ވޯޓު ނުދޭ މެންބަރުންނަށް ތާޢީދެއް ނުކުރާނަން: މަޢުމޫން

26 މާރިޗު 2017
މަސީޙު ވަކިނުކޮށްފިނަމަ އަންނަން އޮތް ޖީލުތައް މަޢާފެއް ނުކުރާނެ، ވޯޓު ނުދޭ މެންބަރުންނަށް ތާޢީދެއް ނުކުރާނަން: މަޢުމޫން
23 މާރިޗު 2017

ކޮށާލައި ކާޅަށް ކާންދިނަސް ދެން ޔާމީނަކަށް ތާއީދެއް ނުކުރާނަން: ޤާސިމް

23 މާރިޗު 2017
ކޮށާލައި ކާޅަށް ކާންދިނަސް ދެން ޔާމީނަކަށް ތާއީދެއް ނުކުރާނަން: ޤާސިމް
15 މާރިޗު 2017

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

15 މާރިޗު 2017
މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި
01 މާރިޗު 2017

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
08 ފެބުރުއަރީ 2017

ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން

08 ފެބުރުއަރީ 2017
ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް