Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާސިމްގެ އިންޓަރވިއު

ކޮށާލައި ކާޅަށް ކާންދިނަސް ދެން ޔާމީނަކަށް ތާއީދެއް ނުކުރާނަން: ޤާސިމް

މިފަހަރަކު ނުސިހޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 މާރިޗު 2017 | ބުރާސްފަތި 19:14
ޤާސިމް އިބްރާހީމް: ވިދާޅުވީ ދެން ޔާމީނަކަށް ތާއީދު ނުކުރައްވާނެ ކަމަށް

ޤާސިމް އިބްރާހީމް: ވިދާޅުވީ ދެން ޔާމީނަކަށް ތާއީދު ނުކުރައްވާނެ ކަމަށް

މިހާރުގެ ސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާ އަބަދުﷲ ޔާމީން ދެއްވާފައިވާ ތާއީދު އަނބުރާ ގެންނަވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ރައީސް ޔާމީނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

""މިހާރު އޮންލައިން" އަށް ދެއްވާފައިވާ އިންޓަރވިއުއެއްގައި ޤާސިމް ވިދާޅުވެފައި ވަނީ "އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށައި ކާންދިނަސް" ރައީސް އަބްދުﷲ ޔާމީނަށް ދުވަހަކު ވެސް ދެން ތާއީދު ނުކުރައްވާނެ ކަމަށާއި ދެއްވާފައިވާ ތާއީދު ވެސް އަނބުރާ ގެންނަވައިފިން ކަމަށެވެ.

ޤާސިމް ކުރެއްވި އާދޭހަށް ޔާމީނަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންގެ ކިބައިން އެތާއީދު އަނބުރާ ގެންނަން އެދޭ ކަމަށް ވެސް މިސަރުކާރު ގެނައުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ޤާސިމް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނަށް އިޝާރާތް ކުރައްވާ ޤާސިމް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަކީ އެހާވަރުގެ ބޭފުޅެއްކަން ކުރިން އެނގިވަޑައި ނުގަންނަވާ ކަމަށާއި ރިޔާސީ އިންތިޚާބުގައި ތާއީދު ކުރެއްވުނީތީ ދެރަވެ މަޢާފަށް އެދޭ ކަމަށެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އެކައުންޓްތައް މީރާ އިން އިއްޔެ ފްރީޒް ކުރި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، "ނިއުމަތަށް ޝުކުރު ނުކުރާ މީހަކަށް ތާއީދުކުރުމުގެ ބޭނުމެއް ނެތް" ކަމަށާއި "މިއީ ހެޔޮ ނިޔަތެއްގައި ހިންގާ" ސަރުކާރެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރަށް ތާއީދު ކުރުމުން ލިބުނީ "ހުސް ލަނޑު، ހުސް ލަނޑު، ހުސް ލަނޑު" ކަމަށެވެ.

މީގެ އިތުރުން "ރައީސް ޔާމީންގެ ބޭބެ އާއި ކޮއްކޮމެންނާއި މައުމޫންގެ ދަރިންނަށް ދާންދެން އެ ތިބީ ސައިޒް ކޮށްލާފައި ކަމަށާއި ދެން ޤާސިމަށް ވާނީ ކިހިނެއްތޯ؟ ވިދާޅުވެ ސުވާލު އުފައްދަވާފައި ވެއެވެ.

ވަރަށް ސާފުކޮށް ވިދާޅުވާ ވިދާޅުވުމެއްގެ ގޮތުގައި ޤާސިމް ވިދާޅުވެފައިވަނީ "އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށައި ކާންދިނަސް ދެން ޔާމީނާ އެއްކޮޅަކަށް ނާރާނަން،" ކަމަށެވެ.

ގާސިމް ވިދާޅުވީ ވެރިކަމަށް ޔާމީން ގެންނަން އަމިއްލަ ގޮތުން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެކަމަށް ދެ ތިން ދުވަހުގެ ތެރޭގައި އެތައް މިލިއަން ރުފިޔާއެއް އޮއްސާލެއްވި ކަމަށެވެ.

"އަޅުގަނޑު ޔާމީނަށް ތާއީދުކުރީ ކޮންމެހެން ޔާމީނަށް ތާއީދުކުރާކަށް ނޫން. ޔާމީނަށް ތާއީދުކުރަން އެދެވުނީ ޖުޑިޝަރީގެ ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ކުރެއްވި އާދޭހަށް. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ އެދިވަޑައިގަތުމަށް،" މިހާރުގެ އިންޓަވިއުގައި ގާސިމް ވިދާޅުވެފައި ވެއެވެ.

"ޤާސިމް ވިދާޅުވީ އެތާއީދު ކުރެއްވީ "ސިފައިންނާއި ފުލުހުންގެ ހައްގުގައި ކަމަށާއި ނުލާހިކު އިޚުލާސްތެރިކޮށް ޕިޔޯނެއްގެ ވަޒީފާ ވެސް އަދާކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް ނުދިނޭ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީއެއްގެ މުގައްރިރު ކަން ވެސް، ނައިބު މުގައްރިރުކަން ހާ ހިސާބު ވެސް. ރައީސް ނަޝީދުގެ ވެރިކަމުގައި ފެށުނީއްސުރެ އިގުތިސޯދީ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑު. ކޮންމެ އަހަރަކު ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑޭ" ޤާސިމް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރައްވަން ނިންމެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެގެން ވެސް ނޫން ކަމަށެވެ.

ގާސިމް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު ޔާމީނާ ގުޅިގެން މަސައްކަތް ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު އެ އިޚުލާސްތެރިކަން ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިވަޑައިނުގަތް ކަމަށާއި ސަރުކާރުގެ އެންމެ ބޮޑު އެއް މައްސަލައަކަށް ވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އޭނާ ވާދަކުރައްވަން ނިންމެވުން ކަމަށެވެ.

ރައީސް ޔާމީނަށް ނުޖައްސަވާ ސަލާމެއް ނުކުރައްވާ އާދޭހެއް ނޯންނާނެ ކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ ވީޓީވީއަކުން ދުވަހަކު ވެސް ރައީސް ޔާމީނާ ގުޅޭ ގޮތުން، ސަރުކާރާ ގުޅޭ ގޮތުން ގޯސް ރިޕޯޓެއް އައިސްފައި ނުވާނެ ކަމަށާއި ހުރިހާ ކަމަކުން އެއް ފަރާތް ވެގެން، ބުނިހާ ގޮތަކަށް ކަން ކޮށްގެން ހުންނެވިން ކަމަށެވެ.

ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކޮށްގެން އުޅޭ މައިގަނޑު ސަބަބަކީ ވެސް، ގާސިމް ވިދާޅުވި ގޮތުގައި، ސިޔާސީ ކަމެކެވެ. އެއީ މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރަން ގާސިމް ހަރަދުކުރައްވާ ކަމުގެ ތުހުމަތުތަކެއް ސަރުކާރުން ކުރާތީތޯ ދެންނެވުމުން ގާސިމް އެކަން ވަނީ ދޮގުކުރައްވާފައެވެ.

ޤާސިމް ވިދާޅުވީ ކޮންމެ ގޮތެއް ހެދިޔަސް، އަދި ކޮންމެ ބިރެއް ދެއްކިޔަސް، މި ފަހަރު ނުސިހޭނެ ކަމަށާއި މަސީހުގެ ވޯޓުގެ ކަންކަމުގައި "އެވަރަކުން އޭނާއެއް" ނޫޅޭ ކަމަށެވެ. އެކަމަކު އެކަން ކުރިއަށް ގެންދާ މީހުން އެކަން ގެންދާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންނަށްވީ ވައުދުތައް ނުފުއްދޭ، މަސްވެރިންގެ ތާއީދެއް ސަރުކާރަކަށް ނެތް: ޝަރީފު

މަސްވެރިންނަށްވީ ވައުދުތައް ނުފުއްދޭ، މަސްވެރިންގެ ތާއީދެއް ސަރުކާރަކަށް ނެތް: ޝަރީފު

17 ޑިސެމްބަރު 2017
ރައްޔިތުންގެ ތާއީދެއް ސަރުކާރަކަށް ނެތް, ރައްޔިތުން އެދެނީ ސަރުކާރު ބަދަލުކޮށް ދިނުމަށް: ޢަލީ ޒާހިރު

ރައްޔިތުންގެ ތާއީދެއް ސަރުކާރަކަށް ނެތް, ރައްޔިތުން އެދެނީ ސަރުކާރު ބަދަލުކޮށް ދިނުމަށް: ޢަލީ ޒާހިރު

09 ޑިސެމްބަރު 2017
ޕީޕީއެމްގެ މެނިފެސްޓޯގައި އޮތް އެއްޗެއް ރައީސް ޔާމީނަކަށް އެނގިއެއްނުލައްވާ: ސައުދު

ޕީޕީއެމްގެ މެނިފެސްޓޯގައި އޮތް އެއްޗެއް ރައީސް ޔާމީނަކަށް އެނގިއެއްނުލައްވާ: ސައުދު

17 ނޮވެމްބަރު 2017
ސިޔާސީ ޕާޓީތަކުގެ ވެރިން ކާޅަށް ކޮށާލާ ކާންދޭތަން ބަލަން ތިބެގެން ނުވާނެ: ކުރީގެ މެމްބަރު ނާޒިމް

ސިޔާސީ ޕާޓީތަކުގެ ވެރިން ކާޅަށް ކޮށާލާ ކާންދޭތަން ބަލަން ތިބެގެން ނުވާނެ: ކުރީގެ މެމްބަރު ނާޒިމް

09 އޮކްޓޯބަރު 2017
ރައްޔިތުންގެ ތާއީދެއް ރައީސް ޔާމީނަކަށް ނެތް، މިލިޓަރީ ބޭނުންކޮށްގެން ވެރިކަން ކުރައްވަނީ!

ރައްޔިތުންގެ ތާއީދެއް ރައީސް ޔާމީނަކަށް ނެތް، މިލިޓަރީ ބޭނުންކޮށްގެން ވެރިކަން ކުރައްވަނީ!

14 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު