Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މައުމޫން

މަސީޙު ވަކިނުކޮށްފިނަމަ އަންނަން އޮތް ޖީލުތައް މަޢާފެއް ނުކުރާނެ، ވޯޓު ނުދޭ މެންބަރުންނަށް ތާޢީދެއް ނުކުރާނަން: މަޢުމޫން

ތިންބާރު ވަކިކޮށް ޝަރުޢީ ދާއިރާ މިނިވަންކުރަން ޖެހޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 26 މާރިޗު 2017 | އާދީއްތަ 21:37
ވެރިކަންކުރާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް

ވެރިކަންކުރާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުއަށް އިތުބާރު އޮތްތޯ ބެލުމަށް ހޯމަ ދުވަހު މަޖިލީހުގައި ނަގާ ވޯޓަކީ، ސަރުކާރުގެ ނުފޫޒުން މަޖުލީސް މިނިވަންކޮށް، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށާއި ދިމުޤްރާތީ އުސޫލުތަކަށް އިޙްތިރާމްކުރާ އިޚްލާސްތެރި ބޭފުޅަކާ މަޖިލީހުގެ ރައީސްކަން ހަވާލު ކުރުމަށް ނަގާ ވޯޓެއް ކަމަށާ، މިކަމުގައި ފަސްޖެހިއްޖެ ނަމަ އަދުގެ ޖީލު އަދި އަންނަން އޮތް ޖީލުތައް މަޢާފު ނުކުރާނެ ކަމަށް، ވެރިކަންކުރާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިރޭ އާންމު ކުރެއްވި ހިޠާބެއްގައި ވިދާޅުވީ، މި ވޯޓަކީ މި ވަގުތަށްވެސް އަދި ޤައުމުގެ މުސްތަޤްބަލަށްވެސް އެހާމެ މުހިންމު ވޯޓެއް ކަމަށާ، މި ވޯޓުގެ ނަތީޖާއިން ވަރަށް ފުޅާ ދާއިރާއަކަށް، އަދި ވަރަށް ދުރު މުސްތަޤްބަލަކަށް އަސަރުކުރާނެ ކަމަށެވެ. އަދި މިއީ އިސްލާމް ދީނާއި ދިމިޤްރާތީ އުސޫލުތަކަށް ދިވެހި ޤައުމު އަލުން ބައްޓަން ކުރުމަށްލިބޭ ފުރުސަތެއް ކަމަށާ، އެހެންކަމުން ޤައުމު އިސްލާޙް ކުރުމަށް މި ލިބޭ ފުރުސަތުގެ ބޭނުން ހުރިހާ މެންބަރުންވެސް ހިއްޕެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

މައުމޫން ވިދާޅުވީ، ފަހަކަށް އައިސް ސަރުކާރުގެ ޢަމަލުތައް ހުރި ގޮތުން، ތިން ބާރު ރަނގަޅަށް ވަކިކޮށް، ޤާނޫނު ހެދުމުގެ ބާރާއި ޝަރުޢީ ދާއިރާ ސަރުކާރުގެ އަތްދަށުން ސަލާމަތްކުރުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން އަޅުގަނޑުމެން އެންމެންނަށް އިތުރަށް ސާބިތުކޮށްދީފައިވާ ކަމަށެވެ.

އެހެންކަމުން، ބިރާ ހެދި، މަޖިލީހުގެ ރައީސްކަމުން މަސީޙު ދުރުކުރުމުގައި ފަހަތަށް ޖެހިގެން ނުވާނެ ކަމަށާ، މި ވޯޓުގައި ޤައުމު އިސްލާޙުކުރުމަށް ވޯޓު ނުދެއްވާ މެންބަރުންނަށް ރައީސް މައުމޫންގެ ތާއީދުފުޅު ނޯންނާނެ ކަމަށް ވިދާޅުވެ، މައުމުން ވަނީ އެފަރާތްތަކަށް މިހާރު އެކުގައި މަސައްކަތްކުރަމުންދާ ހަތަރު ޕާޓީ އާއި ދިވެހި ރައްޔިތުންގެ ތާއީދުވެސް ނޯންނާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ހޯމަ ދުވަހު މަޖިލިހުގައި ދެއްވާ ވޯޓަކީ ޤާނޫނު އަސާސީ ގެ ދިފާޢުގައި ދެއްވާ ވޯޓަކަށް ހެދުމަށާ، ތިން ބާރު ވަކި ކުރުމަށް ދެއްވާ ވޯޓަކަށް ހެދުމަށާ، އެ ވޯޓަކީ ސަރުކާރުގެ ނުފޫޒުން ޝަރުޢީ ދާއިރާ އާއި ރައްޔިތުންގެ މަޖިލިސް މިނިވަން ކުރުމަށް ދޭ ވޯޓަކަށް ހެދުމަށާ، އަދި ދިވެހި ރައްޔިތުންނަށްޓަކާ ދޭ ވޯޓަކަށް ހެދުމަށް ރައީސް މައުމޫން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހޯމަ ދުވަހުގެ ވޯޓުގެ މުހިއްމު ކަމާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ، މިވޯޓު މުހިންމު ވަނީ ޤާނޫން އަސާސީގައި ކަނޑައެޅިފައިވާ ޒިންމާތައް ރައްޔިތުންގެ މަޖިލީހުން އަދާކުރުމުގެ ފުރުސަތު މިހާރު ހުންނެވި މަޖިލީހުގެ ރައީސް އެ މަޖިލީހަށް ނުދެއްވާތީ ކަމަށާ، ޤަވާއިދުތަކާއި އުސޫލުގެ ބޭރުން މަޖިލީހުގެ ކަންކަން މަޖިލީހުގެ ރައީސް ގެންދަވާތީ ކަމަށެވެ. އަދި ޤައުމަށް ދިމާވާ ބޮޑެތި ކަންކަމާ މެދު މަޖިލީހުގައި މެންބަރުން މިނިވަންކަމާއި އެކު ޚިޔާލު ފާޅުކޮށް ބަހުސް ކުރުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ނުދެއްވާތީ އާއި ސަރުކާރު ފުރިހަމަޔަށް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތުވެސް މަޖިލީހުގެ ރައީސް ނުދެއްވާތީ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، ޤައުމު އިސްލާޙު ކުރެވޭނީ އެންމެ ފުރަތަމަ މަޖިލީހުގެ ތެރެ އިސްލާޙުކޮށްގެން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އެކުގައި މަސައްކަތް ކުރުމަށް 4 ސިޔާސީ ލީޑަރުން އެއްބަސްވެވަޑައިގެން ހުކުރު ދުވަހު ވެވަޑައިގެންނެވި އެއްބަސްވުމާއި ގުޅޭގޮތުން، ރައީސް މައުމުން ވިދާޅުވީ، އެ އެއްބަސްވުމުގައި ސިޔާސީ ލީޑަރުން ސޮއި ކުރެއްވީ މާތް ވެގެންވާ އިސްލާމްދީނާއި ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ޤައުމިއްޔަތު ޙިމާޔަތް ކުރުމަށާއި، ދިވެހި ރާއްޖޭގެ ބިންބިމާއި ފަޅުފަޅާއި ޤުދްރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ޙިމާޔަތް ކުރުމަށާއި، ދިވެހި ރާއްޖޭގައި މި ވަގުތު އުފެދުފައިވާ ސިޔާސީ ނުތަވަސްކަމަށް ޙައްލެއް ހޯދުމަށާއި، ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުންދާ މަދަނީ އަދި ސިޔާސީ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދިވެހި ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކަކީ މިނިވަން، އިންސާފުވެރި، އަދި ސިޔާސީ ޕާޓީތަކުން އިޚްތިޔާރުކުރާ ކެންޑިޑޭޓުންނަށް ވާދަ ކުރެވޭ އިންތިޚާބުތަކެއް ކަމުގައި ހެދުމަށާއި، ސިޔާސީ ސަބަބުތަކަށްޓަކައި ނުޙައްޤުން ހައްޔަރުކޮށް ތަޙްޤީޤް ކުރެވެމުންދާ، ނުވަތަ ދާޢުވާ އުފުލި ނުވަތަ ދަޢުވާ އުފުލުމުގެ މަގުމަތީގައިވާ މީހުންނާއި ޙުކުމްކޮށްފައިވާ މީހުން މިނިވަން ކުރުމަށާއި، ސަރުކާރު ތެރޭގައި ހިންގަމުން ގެންދާ ކޮރަޕްޝަނާއި ވައްކަމުގެ ޢަމަލުތައް ހުއްޓުވަމަށާއި، ނުޙައްގުން ނިގުޅައިގެންފައިވާ ރައްޔިތުންގެ މުދާ އަލުން ޢިއާދަކޮށް، ޤައުމު ބިނާކުރުމަށާއި، ޤައުމާއި ރައްޔިތުނގެ ތަރައްޤީ ޤާއިމްކުރުމުގެ ގޮތުން ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދައިދިނުމުގެ މާތް މަޤްސަދުގައި ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، ދިވެހިރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ހަތަރު ޕާޓީ އިން އެއްބަސްވެފައިވާއިރު، ކަންކަން އިސްލާހުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެންނަށް ލިބޭ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފުރުސަތަކީ ހޯމަ ދުވަހު ނަގާ މަޖިލީހުގެ ރައީސް ގެ އިތުބާރު ނެތްކަމުގެ ވޯޓުކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު