Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮޮލީވުޑް

ކަސައުޓީ ޒިންދަގީކީއަށް ފަހު ހީނާ ޚާން އޭކްތާގެ އިތުރު ޝޯއަކުން

އެ ޝޯ އާއި ބެހޭ ގޮތުން އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 28 އޮކްޓޯބަރު 2018 | އާދީއްތަ 11:21
ހީނާ ޚާން

ހީނާ ޚާން

ސްޓާޕްލަސް އިން މިދިޔަ މަހު ދައްކަންފެށި ޑްރާމާ ސީރިއަލް "ކަސައުޓީ ޒިންދަގީކީ 2" ގައި ކޮމޯލިކާ ގެ ރޯލް އަދާކުރަމުންދާ ހީނާ ޚާން އެ ޑްރާމާގެ ޕްރޮޑިސަރ އޭކްތާ ކަޕޫރުގެ އިތުރު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަން ތައްޔާރު ވަމުންދާ ކަމަށް އޭނާ ބުނެފިއެވެ.

"މިޑް ޑޭ" އަށް ދިން އިންޓަވިއު އެއްގައި ހީނާ ބުނެފައިވަނީ އޭކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ ބޮޑު ދެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް އެބައޮތް ކަމަށެވެ. "ބިގް ބޮސް އަށް ފަހު ދަނީ ގިނަ ރޯލްތައް ކުޅުމަށް ފުރުސަތު ލިބެމުން. ނަމަވެސް އެކްތާ އާއި ދިމާވެ އޭނާ ތަފާތު ދެ ރޯލެއް ކުޅުމަށް ހުށަހެޅި. އަހަންނަށް އޭނާ އަށް ނޫނެކޭ ނުބުނެވޭނެ. އެއީ ތަފާތު ދެ ރޯލެއް ކުޅެން އޭނާއަށް އަހަރެންނާއި ދެތޭރޭ އެހޭބޮޑު ޔަގީންކަމެއް އޮތީމަ" ހީނާ ވަނީ ބުނެފައެވެ.

އޭގެ ތެރެއިން އެއް ޕްރޮޖެކްޓް ކަމަށްވާ "ކަސައުޓީ ޒިންދަގީކީ2" ގެ ޝޫޓިންތައް ހީނާ ވަނީ ފަށާފައެވެ. އަނެއް ޕްރޮޖެކްޓްގެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެ ޝޯ އާއި ބެހޭގޮތުން ސުވާލު ކުރުމުން އެއްވެސް ތަފްސީލެއް ހީނާ ހާމަކޮށްފައެއް ނުވެއެވެ. "އެ ޝޯ އާއި ބެހޭގޮތުން އެހާބޮޑަށް ވާހަކަ ދެކެވޭކަށް ނެތް. ބުނެވެން އޮތްހާވެސް އެއްޗަކީ އެއީ ބޮޑު ޝޯއެއް ކަން" ހީނާ ބުންޏެވެ. އޭނާގެ ދެ ސީރިއަލް ވެސް ބެލުމަށް ތައްޔާރު ވުމަށް ހިނާ ވަނީ އެދިފައެވެ.

ހީނާ ކުރިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކަސައުޓީގައި ވެސް އޭނާ އަދާކުރާ ރޯލް ސިއްރު ކޮށްފައެވެ. ނަމަވެސް ކޮމޯލިކާގެ ރޯލް ކުޅެން އޭނާ ތައްޔާރުވެފައިވާ ފޮޓޯއެއް މިދިޔަ މަހު ލީކްވެ އެ ފޮޓޯ ވަނީ ވައިރަލް ވެފައެވެ. އެ ފޮޓޯ ލީކްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓާޕްލަސް އިން ވަނީ ކޮމޯލިކާގެ ރޯލުން ހީނާ ފެނިގެންދާ ޕްރޮމޯ ދައްކަން ފަށާފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
18 ފެބުރުއަރީ 2017

"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި

18 ފެބުރުއަރީ 2017
"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި
12 ފެބުރުއަރީ 2017

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު