Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ސަރުކާރު ބަދަލުވުން

ލަންކާގެ އައު ކެބިނެޓް މާދަމާ ހުވާކުރަނީ

27 އޮކްޓޯބަރު 2018 | ހޮނިހިރު 14:35

ރަނިލް ގެންދަވަނީ ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 27 އޮކްޓޯބަރު 2018 | ހޮނިހިރު 14:35
ބޮޑުވަޒީރުކަމުން ދުރުކުރެވުނު ރަނިލް ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވަނީ

ބޮޑުވަޒީރުކަމުން ދުރުކުރެވުނު ރަނިލް ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވަނީ

ލަންކާގެ ބޮޑުވަޒީރުގެ މަޤާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް، އެމަޤާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަންކުރެއްވި މައްސަލައިގައި އެޤައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ދުސްތޫރީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފައި ވަނިކޮށް ރާޖަޕަކްސަ އެމަނިކުފާނުގެ ކެބިނެޓް އާދިއްތަ ދުވަހު އިއުލާންކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އައު ކެބިނެޓް ހުވައި ކުރައްވާނީ ޕްރެޒިޑެންޝަލް ސެކްރެޓޭރިއޭޓްގައެވެ. އަދި ވަޒީރުންގެ މަޖިލީހަށް ގެންނާނެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ލިސްޓް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ރައީސް މަތިރިޕާލާ ސިރިސޭނާ އެކުލައްވާލައްވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ރާޖަޕަކްސައަށް މަރުޙަބާ ދަންނަވައި، އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ޗައިނާއިން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ހިމެނިވަޑައިގަންނަވައެވެ. 2015 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ލަންކާގެ ރައްޔިތުން ރާޖަޕަކްސައަށް ނޫނެކޭ ބުނި އެއް ސަބަބަކީ ޗައިނާއާއި އެކު ބާއްވަމުން ދިޔަ ގާތް ގުޅުމާއި، ޗައިނާއަށް ބޮޑެތި އަދަދުތަކުން ދެރުމެވެ.

އަނެއްކޮޅުން ބޮޑުވަޒީރުކަމުން ދުރުކުރެވުނު ރަނިލް ވިކްރަމަސިންހަ އަދިވެސް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަކީ ލަންކާގެ ޤާނޫނު އަސާސީ ބުނާ ގޮތުން ބޮޑުވަޒީރުކަަމަށާއި، ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަންކުރުން ބަލައިނުގަންނަވާކަމަށެވެ. އަދި ރަނިލް އާއި އެމަނިކުފާނުގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް އަދިވެސް ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތްކަމަށް އެބޭފުޅުން ވިދާޅުވަމުން ގެންދަވާއިރު، ރަނިލް އަދިވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ ބޮޑިވަޒީރުގެ އޮފީސް ޓެމްޕަލް ޓްރީސްގައެވެ. އެމަނިކުފާނު ވަނީ ހޮނިހިރު ދުވަހު ޓެމްޕަލް ޓްރީސްގައި ލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެވުމުގައި އެމެރިކާ، އިނގިރޭސިވިލާތް، އިންޑިއާ، ޖަޕާން، ކެނެޑާ، އޮސްޓްރޭލިއާ އަދި ވިލާތުގެ އިއްތިޙާދުގެ ޑިޕޮލޮމެޓުން ބައިވެރިވެވަޑައިގަތެވެ.

ރާޖަޕަކްސައަށް ތާޢީދުކުރާ ޖޮއިންޓް އޮޕޮޒިޝަން އިން ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ގެ ކުރިން ޓެމްޕަލް ޓްރީސްއިން ނިކުމެވަޑައިގަތުމަށް ރަނިލްއަށް މުހުލަތެއް ދީފައެވެ. ޖޮއިންޓް އޮޕޮޒިޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ވިމާލް ވީރަވަންސަ ވިދާޅުވީ ރަނިލް ޓެމްޕަލް ޓްރީސްއިން ނުކުމެވަޑައިނުގެންފިނަމަ ފިޔަވަޅު އަޅަން ޖެހިދާނެކަމަށެވެ. ހޮނިހިރު ދުވަހުގެ އިރު އޮއްސުނު ފަހުން ޔޫއެންޕީގެ މެމްބަރު އަދި ރަނިލްގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރަކަށް ހުންނެވި މަންގަލަ ސަމަރަވީރަ ވިދާޅުވީ ރަނިލްގެ ސެކިއުރިޓީ ކަނޑާލައި، އެމަނިކުފާނު ބޭނުން ކުރެއްވި ވެހިކަލްތައް އަތުލުމަށް ރައީސް ސިރިސޭނާ އަންގަވާފައިވާކަމަށެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހާއި ހަމަޔަށް ޤާނޫނު ހަދާ މަޖިލިސް ބަންދުކުރައްވާފައެވެ. އަދި ރަނިލް އަށް ތާޢީދު އޮތްނަމަ، ނޮވެމްބަރު 16 ގައި އެކަން ދެއްކެވުމަށް ރަނިލް އަށް ރާޖަޕަކްސަގެ ސަޕޯޓަރުން ވަނީ ގޮވާލާފައެވެ. ރަނިލް ވަނީ މިހާރު ދިމާވެފައިވާ ދުސްތޫރީ މައްސަލަ ހައްލުކުރުމަށް އާދިއްތަ ދުވަހު ޤާނޫނު ހަދާ މަޖިލިސް ހުޅުވުމަށް ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާއަށް ގޮވާލައްވާފައެވެ. ބެލެވޭ ގޮތުގައި ޤާނޫނު ހަދާ މަޖިލިސް ބަންދުކުރުމަށް ސިރިސޭނާ ނިންމެވީ ރާޖަޕަކްސައަށް ޤާނޫނު ހަދާ މަޖިލިސް ތެރެއިން ތާޢީދު ހޯދުމަށެވެ. ޔޫއެންޕީއަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން މިހާރުވެސް ވަނީ ރާޖަޕަކްސައަށް ތާޢީދުކުރާކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ އެއް މެމްބަރުކަމަށްވާ އާނަންދަ އަތުލުގަމަ ވިދާޅުވީ ޔޫއެންޕީގެ 20 މެމްބަރަކު މިހާރުވެސް ތިބީ ރާޖަޕަކްސައަށް ތައްޔާރަށްކަމަށެވެ.

ރާޖަޕަކްސަގެ ސަޕޯޓަރުން އުފާ ފާޅުކުރަމުންދާއިރު ޔޫއެންޕީގެ ސަޕޯޓަރުން ގެންދަނީ ސިރިސޭނާއާއި ދެކޮޅަށް ވެރިރަށް ކޮޅުނބުގައި މުޒާހަރާ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
07 ޖޫން 2017

އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!

07 ޖޫން 2017
އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!
22 މެއި 2017

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

22 މެއި 2017
ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި
13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް