Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކުއްލިއަކަށް އެންމެންނަށް މި ލިބުނީ ކޮން މިނިވަންކަމެއްތަ!

ގިނަ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒިފުން ހަރަކާތްތެރިވާންފެށި މަންޒަރު ފެނިގެންދޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2018 | ހުކުރު 19:32
ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން

ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން

ރިޔާސީ އިންތިހާބުގެ ކުރިން މިނިވަން މުއައްސަސާތަކުގެ ވެރިން ތިބީ އަމިއްލަ އަށް ކަސްތަޅު އަޅުވައިގެން ނެވެ. ވަކި މީހަކު ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އެންގުމުން ނޫނީ އެއިން މުއައްސަސާއެއް ހިރިލާ މަންޒަރު ފެނިގެންގޮސްފައެއް ނުވެ އެވެ. ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ގާނޫނާ ހިލާފަށް އެތައް ކަމެއް ހިންގަމުން ދިޔައިރު، އަދި ހާމަކަމެއް ނެތި ދައުލަތުގެ މާލިއްޔަތު ހިތުހުރި ގޮތަކަށް ބޭނުންކުރަމުން ދިޔައިރު، ފެނުނު މިނިވަން މުއައްސަސާއެއް ނެތެވެ. އެހެންވެ، ހެދުނު ގޮތެއް ދިޔައީ ހަދަމުންނެވެ.

މިނިވަން މުއައްސަސާތަކާއި، ކޯޓުތަކާއި، ރައްޔިތުންގެ މަޖިލީހަށް ބެލިކަމުގައިވީ ނަމަވެސް ކަން އޮތީ އެގޮތަށެވެ. އަދި ކިޔެއްތަ، ސިވިލް ސާރވިސް މުއައްޒިފަނުންނާއި، ކުންފުނިތަކުގެ މުވައްޒިފުންނާއި، ސިޔާސީ މީހުންގެ ހާލަކީ ވެސް ހަމަ އެއީ އެވެ. ހައްޤަށް އެއްޗެއް ބުނަލަން ކެރުނު މީހަކު ފެނިގެން ނުދިޔަ އެވެ. ހައްގަށް ބަހެއް ބުނެލި ނުވަތަ ބުނެދާނެހެން ހީވި މީހުން ވަނީ ދުރުކޮށްފަ އެވެ. ބައެއް މީހުން ޖަލުގަ އެވެ.

ރޯމާ ދުވާލު ވައްކަންކޮށް، ތަންތަން ލޫޓުވައި، ރައްޔިތުންނަށް އަނިޔާކުރިއިރުވެސް ބަހެއް ބުނެލާނެ މީހަކު ނުވި އެވެ. އެކަންކަން ތަހުގީގުކުރަންޖެހޭ މުއައްސަސާތަކުގެ ވެރިން ތިބީ އެކަމަށް ނުކުޅެދިފަ އެވެ. އެ މީހުންގެ ކުޅެދުންތެރިކަން ހުރީ ހަމައެކަނި ސަރުކާރަށް ފަހިވާ ގޮތަށް ކަންކަން ކުރުމަށެވެ. ބައެއް މުއައްސަސާތަކުގެ ވެރިން ސަނާކިޔުމުގަ އެވެ. މާބޮޑަށް ތަފްސީލަށް ނުދިޔަ ނަމަވެސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަން ހިނގި ގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. މުއައްސަސާތަކާއި މުއައްސަސާތަކުގެ ވެރިކަން ކަންކުރި ގޮތްވެސް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އެކަންކަން ރައްޔިތުންނަށް ނޭނގިދާނެ ކަމަށް، އެ ވެރިންނަށް ހީވިނަމަވެސް، ފޮރުވޭ މިންވަރަށް ވުރެ ކަންކަން ހުރީ މާސާފުކޮށެވެ.

އިންތިހާބު ނަތީޖާއަށްފަހު އެމްޑީޕީ ހަރުގެ ކުރިމަތީގައިި ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ނަމަވެސް ވައި އެނބުރިއްޖެ އެވެ. މޫސުމް ބަދަލުވެއްޖެ އެވެ. ދައްކަން މިއުޅެނީ އިންތިހާބުގެ ނަތީޖާއަށްފަހު، ސިވިލް ސާރވިސް މުވައްޒިފުންނާއި، ކުންފުނިތަކުގެ މުވައްޒިފުނުން ފެށިގެން ގޮސް، މުއައްސަސާތަކުގެ އިސްވެރިންނަށް ލިބުނު ކުއްލި ދިރުމުގެ ވާހަކަ އެވެ. އެބައިމީހުން އަނގަތައް ހުޅުވި، އަތް ފައި މަސައްކަތްކުރަން ފެށި ވާހަކަ އެވެ. ލޯވެސް ހުޅުވިއްޖެ އެވެ. ބަޔާންތައް ލިޔުމަށް މީހުން ވެސް ވެއްޖެ އެވެ. އެ ބަޔާންތަކާއި ސިޓީތައް ފޮނުވަން ޕްރިންޓަރުގައި ދެލިވެސް އެބަ ހުއްޓެވެ. މި ވީހައި ދުވަހު އެ މުއައްސަސާގައި ނެތީ، ހުވާގެ މަތީގައި ދެމިތިބެ، ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރުމުގެ ހިތްވަރެވެ.

ހައްޤުން ބޭރުގައި ކުރާ ކަންތައް ހުއްޓުވުމަށް ޕެޓިޝަންތައް ހަދައި، ސޮއިކޮށް، ހުށައަޅަން ފެށިއިރު، ޕެޓިޝަން އާއި މައްސަލަތައް ހުށަހެޅުމުގެ ކުރިން ވެސް ހާލަތު އޮތީ ހަމަ އެއްގޮތަށެވެ. ކަންކުރީވެސް ނާއިންސާފުންނެވެ. ރައްޔިތުންނަށް އަނިޔާވެރިވަމުންނެވެ. ނަމަވެސް އޭރުގައި އެ ޕެޓިޝަންތަކާއި، ސިޓީތަކާއި، މައްސަލަތަކުގެ ވާހަކަތައް ދައްކަން ނުކެރެ އެވެ. ހުށަހަޅާކަށް ނުކުރެ އެވެ.

ޤާސިމް އިބްރާހިމް، ކްރިމިނަލް ކޯޓުން ނެރިގެން ހޮސްޕިޓަލަށް ގެންދަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ދަންވަރުގައި ކޯޓުތައް ހުޅުވައި، ޤައިރު ހާޒިރުގައި ހުކުމްތައް ޖަހަމުންދިޔައިރު، އެއީ ގޯހޭ އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ. ފަނޑިޔާރުންނާއި، ގާޒީންނާއި، ޕީޖީގެ ވަކީލުންނަށް އާދޭސް ދަންނަވަމުންނެވެ. ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ދޭންޖެހޭނެ ކަމަށާއި، ފޯނެއް ނެތޭ ބުނުމަކީ ކުށަކަށް ވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ ކަމަށް ވެސް ގެންދިޔައީ ބުނަމުންނެވެ. ނަމަވެސް ކޯޓުތަކުގެ ތިއްބެވި ފަނޑިޔާރުންނާއި، ގާޒީން އިންސާފޭ ބުނެ، އެ ދުވަހު ސިޔާސީ މީހުންނާއި، ރައްޔިތުން ހުރަގެޔަށްލައި، އެތައް އަނިޔާތަކެއްދީ ގެންދިޔައީ އަތްޖަހަމުންނެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާއަށްފަހު އެއީވެސް ގޯސްކަން އެނގި، ފެނިގެންދިޔައީ ހެދި ގޯސްތަކަށް އަމިއްލައަށް އެއްބަސްވަމުންގެންދިޔަ މަންޒަރު އެވެ. ކުއްލިއަކަށް ހެދި ގޯސްތައް، އިންސާފަށް ބަދަލުކުރަން ކޯޓުތަކާއި، ޕީޖީގެ ވަކީލުން ފޫ ގަޅާލި މަންޒަރު އެވެ. ރައްޔިތުންނާއި، ސިޔާސީ މީހުންނާއި، މުޅި ޤައުމަށް ދިން އަނިޔާތަކަކީ ނުވާކަމެއްކަމަށް ހެދުމަށް ދުއްވައިގަތް މަންޒަރު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް -- ފޮޓޯ: ރާއްޖެ.އެމްވީ

މިގޮތަކަށް ގޮސް ކިތަންމެ ވާހަކައެއްވެސް ދެއްކިދާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް އެ އައި ބަދަލާ، އެ މަޖިލީހުން މެމްބަރުންގެ މައްސަލަތައް އަވަސްކޮށްދިނުމަށް ހުށަހެޅިއެޅުމަކީވެސް ހަމަ އެފަދަކަމެކެވެ. ސުޕްރީމް ކޯޓުގެ ސްޕީޑް، ފިނިހަކަ ދުވެލިން ކުޑަ ތަންކޮށް ސްޕީޑް ބާރުވެ، މައްސަލަތައް ހިނގައިގަންނަން ފެށި ފެށުންވެސް ހަމަ އެފަދަ އެވެ.

ސީޕީއާއެކު އިންތިހާބީ ރައީސް ސޯލިހް -- ފޮޓޯ: ޕޮލިސް

މި ހުރިހާ ކަމެއްގެ ތެރެއިން ސުވާލަކީ މިބައި މީހުންނަށް މިއައީ ކޮން ބަދަލެއްތޯ އެވެ. މިބައި މީހުންނަށް ކުއްލިއަކަށް މި ލިބުނީ ކޮން މިނިވަންކަމެއްތޯ އެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި މަޤާމްގެ ހުވާކުރައްވާފައެއް ނުވެ އެވެ. އެހެންކަމުން ބަޔެއްގެ މައްޗަށްވެސް، އަދި އިދާރާއެއްގެ މައްޗަށްވެސް އެމަނިކުފާނަށް ނުފޫޒެއް ފޯރުވޭނެކަމަކަށް ނުބެލެވެ އެވެ.

އެ ހުރިހާ ކަމަކަށް ނަޒަރު ހިންގުމުން ޔަޤީންވާ ކަމަކީ އެ މީހުންގެ މައްޗަށް ނުފޫޒު އޮތް މިންވަރު އެވެ. އެ މީހުންގެ ނިކަމެތިކަން އޮތް ހާލަތު އެވެ. މީހެއްގެ އަޅުވެތިކަމުގެ ދަށުވެފައި ތިބިލެއް ބޮޑުކަމެވެ.

ދެން އޮތް ސުވާލަކީ، ކުއްލިއަކަށް މިނިވަންކަމެއް ލިބި، ހައްޤަށް ރުޖޫއަވީކަމުގެ ތާޖު އެޅި ބަޔަކާއެކު ކުރިއަށްދިއުމަކީ އިންސާފު ލިބޭނެ ގޮތެއްތޯ އެވެ. ނުފޫޒެއްގެ ތެރޭގައި ނުތިބެ އެ މީހުންނަށް ރައްޔިތުންނަށް ހިދުމަތެއް ކޮށްދެވިދާނެތޯ އެވެ.

ނުފޫޒެއްގެ ތެރޭގައި ރައްޔިތުންނަށް އެ މިންވަރަށް އަނިޔާދިން ބަޔަކަށް، މިނިވަންކަމެއް ލިބުމުންވެސް ކިތަންމެ ރީތި ހެދުމެއްލި ނަމަވެސް އެ މީހުން އެ ހެދި ގޯސްތަކަކީ އެތަކެއް ޒަމާންތަކަކަށް ދެމިގެންދާނެ ކަންކަމެވެ. އެ މީހުންނަކީ އަނިޔާވެރިކަމުގައި ރައްޔިތުން އަބަދުވެސް ދެކެވޭނެ އެވެ. އަދި ކިޔެއްތެ އިރެއްގައި ނުފޫޒުގެ ތެރޭގައި މަސައްކަތްކުރިކަމަށް ބުނާނަމަ ދެންވެސް އެ މީހުން އެ މަގުން ހިނގާފާނެކަމަށް ވިސްނަންޖެހޭ އެވެ.

މިއީ ރައްޔިތުންނާއި، ސިޔާސީ މީހުންވެސް ވިސްނުމުގައި ބަހައްޓަންޖެހޭ މުހިންމު ކަމެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
42 މިވީ ކޮންކަހަލަ އަދަދަކަށް؟

42 މިވީ ކޮންކަހަލަ އަދަދަކަށް؟

22 އެޕްރީލު 2017
ނުދޭ ބާރެއް ލިބުނީމާ ދެން ވާނީ މިހެންނެވެ.

ނުދޭ ބާރެއް ލިބުނީމާ ދެން ވާނީ މިހެންނެވެ.

09 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު