Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަމާލް ޚަޝޯގީ

ޚަޝޯގީ މަރާލާފައިވަނީ ކުރިން ރޭވިގެން ކަމަށް ސައުދީގެ ޕްރޮސިކިއުޓަރވެސް ވިދާޅުވެއްޖެ

25 އޮކްޓޯބަރު 2018 | ބުރާސްފަތި 17:58

ސައުދީންވަނީ އެތައްފަހަރެއްގެ މަތިން ވާހަކަތައް ބަދަލުކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 25 އޮކްޓޯބަރު 2018 | ބުރާސްފަތި 17:58
ޚަޝޯގީ ދިރިހުއްޓާ އެންމެފަހުން ފެނިފައިވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު

ޚަޝޯގީ ދިރިހުއްޓާ އެންމެފަހުން ފެނިފައިވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު

އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލާފައިވަނީ ކުރިން ރޭވިގެންކަމަށް ސައުދީ އަރަބިއާގެ ޕަބްލިކް ޕްރޮސިކިއުޓަރ ވެސް ވިދާޅުވެއްޖެ ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާއާއި ހަވާލާދީ ރޮއިޓަރސް އަދި އޭއެފްޕީން ރިޕޯޓްކޮށްފިއެވެ.

"ތުރުކީގެ އިދާރާތަކުން ދިން މައުލޫމާތުން ދައްކަނީ ޚަޝޯގީގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް އެކަންކޮށްފައިވަނީ ކުރިއާލައި ރާވައިގެން" ސައުދީ ޕްރެސް އޭޖެންސީން ގެނެސްދީފައިވާ ޕަބްލިކް ޕްރޮސިކިއުޓަރ ޖެނެރަލްގެ ބަޔާނުގައިވެއެވެ.

"ޕަބްލިކް ޕްރޮސިކިއުޝަނުން ތުހުމަތު ކުރެވޭ ފަރާތްތަކާމެދު މިދަނީ ތަހުގީގު ކުރިޔަށް ގެންދަމުން ...ކޯޓަށް ހުށަހެޅުމަށް ފުރިިހަމަ ކުރުމަށް"

ޖޮއިންޓް ސައުދީ ޓަރކިޝް ޓާސްކްފޯސްއިން ދީފައިވާ މައުލޫމާތަށްބަލައި ޕްރޮސިކިއުޓަރުން ގެންދަނީ ތުހުމަތު ކުރެވޭ ފަރާތްތަކާ ސުވާލުކުރަމުންކަމަށް ސައުދީގެ ޕަބްލިކް ޕްރޮސިކިއުޝަނުން ބުނެފައިވާކަމަށްވަނީ ރިޕޯޓްކޮށްފައެވެ.

ސައުދީ ޕްރެސް އޭޖެންސީން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާގޮތުގައި އެ ގައުމުގެ އިންޓެލިޖެންސް އިދާރާއާށް ބަދަލުތައް ގެނައުމަށް އެކުލަވާލާފައިވާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާންވަނީ ފުރަތަމަ ފަހަރަށް ވަޑައިގެންފައެވެ.

ޚަޝޯގީގެ މަރާގުޅިގެން ވަލީ އަހުދުގެ ބާރުތައް މުއައްސަސާތަކުގައި އޮތްވަރު ބެލުމަށް ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުވަނީ އަންގަވާފައެވެ.

ސީއައިއޭގެ ކުރީގެ ޑިރެކްޓަރ ޖޯން ބްރެނަން ވިދާޅުވެފައިވަނީ ކަޝޯގީ މަރާލުމުގެ ކުރިން އެ ޕްލޭން ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އެނގިވަޑައި ގަންނަވާނެކަމާމެދު "ޝައްކެއްވެސް ނެތް" ކަމަށެވެ.

ބުދަ ދުވަހު ވަގުތުން ގެނެސްދިން އިވެންޓެއްގައި ބްރެނަންވަނީ މި މަރު ކުށްވެރިކުރަމުންދާ ބައިނަލްއަގްވާމީ އެކިފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ.

ޚަޝޯގީ ގެއްލިފައިވަނީ އޮކްޓޯބަރ މަހުގެ 2ވަނަ ދުވަހު ސައުދީގެ ކޮންސިއުލޭޓަށް ލިއުމެއް ބަލާ ދިއުމަށްފަހުއެވެ. އޭގެ ފަހުން ކޮންސިއުލޭޓުން ނުކުމެފައިނުވާއިރު އޭނާ މަރާލާފައިވާކަމަށް ތުރުކީގެ ތަހުގީގު ޓީމުން ތަކުރާރުކޮށް ބުނަމުންދިއައިރު ސައުދީންވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުަވަހާ ޖެެހެންދެންވެސް އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2018

އުތުރު ކޮރެއާ އަށް ދަތުރުކުރުމުގެ ކުރިން ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އެމެރިކާގެ ޚާރިޖިއްޔާ އިން އިލްތިމާސްކޮށްފި

16 ޖެނުއަރީ 2018
އުތުރު ކޮރެއާ އަށް ދަތުރުކުރުމުގެ ކުރިން ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އެމެރިކާގެ ޚާރިޖިއްޔާ އިން އިލްތިމާސްކޮށްފި
15 ޑިސެމްބަރު 2017

ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފެއިލްވީ އދ. އާއި ހުޅަނގާއި ސައުދީގެ ސަބަބުން ކަމަށް ބުނެފި

15 ޑިސެމްބަރު 2017
ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފެއިލްވީ އދ. އާއި ހުޅަނގާއި ސައުދީގެ ސަބަބުން ކަމަށް ބުނެފި
29 ސެޕްޓެމްބަރު 2017

ސައުދީގެ އަންހެން ޑްރައިވަރުންގެ ސަބަބުން އެކްސިޑެންޓްތައް މަދުވާނެ: ސައުދީގެ އިންޓީރިއާ މިނިސްޓަރު

29 ސެޕްޓެމްބަރު 2017
ސައުދީގެ އަންހެން ޑްރައިވަރުންގެ ސަބަބުން އެކްސިޑެންޓްތައް މަދުވާނެ: ސައުދީގެ އިންޓީރިއާ މިނިސްޓަރު
22 ޖުލައި 2017

މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު

22 ޖުލައި 2017
މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު
29 ޖޫން 2017

ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި

29 ޖޫން 2017
ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި
22 ޖޫން 2017

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

22 ޖޫން 2017
ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް