Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އަބުރު ޤާނޫނު ބާތިލް ކުރަން މަޖިލީހަށް ހުށަހަޅުއްވައިފި

25 އޮކްޓޯބަރު 2018 | ބުރާސްފަތި 09:16

އަބުރު ގާނޫނު ބާތިލް ކުރަން ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 25 އޮކްޓޯބަރު 2018 | ބުރާސްފަތި 09:16
އަބްދުﷲ ޝާހިދު މީޑިޔާތަކަށް މައުލޫމާތު ދެއްވަނީ

އަބްދުﷲ ޝާހިދު މީޑިޔާތަކަށް މައުލޫމާތު ދެއްވަނީ

އަބުރުގެ ގާނޫނު އުވާލަން ކުރަން ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އަބުރުގާނޫނު އުވާލަން ކުރަން ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުއެވެ.

އަބުރުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވުމަށް ފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ މި ވައުދަކީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވި އެއް ވައުދު ކަމަށެވެ.

Advertisement - newsAdvertisement

އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން ހުށަހެޅުއްވި ސަބަބަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ގާނޫނު އަސާސީގެ 33 ވަނަ މާއްދާގެ ދަށުން މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގާއި އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަށް ރައްކާތެރިކޮށް ދިނުމުގެ ހައްގާއި އުސޫލްތަކާއި ތައާރުޒުވާތީ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އަނެއް ސަބަބަކީ ޔޫޑީއެޗްއާރް އަދި މަދަނީ ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވަމީ އަހްދު, އައިސީސީޕީއާރް ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދޭ ހަމަތަށް ދިވެހިރާއްޖޭގައި އިންތިޒާމްވާ ގޮތް ކަމަށް ބުނެދިނުމަށް އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ނަމުގައި 11 އޮގަސްޓް 2016 ވަނަ ދުވަހުން ފެށިގެން އަމަލްކުރަމުން އައިސްފައިވާ ގާނޫނުގެ ސަބަބުން, ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އަސާސީ ބައެއް ހައްގުތަކާއި މިނިވަންކަން ނިގުޅައިގެންފައިވާތީ ނުވަތަ އުނިކަން ލިބިފައިވާތީ ކަމަށެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަށް އަމަލްކޮށް ތަންފީޒްކުރުމުގެ ސަބަބުން ޤާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކާއި މައްސަލަތަކާއި ކުރިމަތިލާންޖެހިފައި ވާތީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ އުސޫލްތަކާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި މިނިވަންކަން ލިބިދޭ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ބައިނަލްއަގްވާމީ ގާނޫނީ ހަމަތަކާއި އުސޫލްތަކާއި މި ގާނޫނުގެ ސަބަބުން ތައާރަޒްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ 27 ވަނަ މާއްދާ 28 ވަނަ މާއްދާ 37 ވަނަ މާއްދާ 43 ވަނަ މާއްދާ 56 ވަނަ މާއްދާ އަދި 61 ވަނަ މާއްދާ ދަށުން ލިބިދޭ ހައްގުތަކާޢި މިނިވަންކަމުގެ ބާރުކެޑިދާ ގޮތަށް ހެދިފައިވާ ޤާނޫނެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ ގާނޫނު އަސާސީގެ 29 ވަނަ މާއްދާ އަދި 30 ވަނަ މާއްދާ އާއި 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގުތަކާއި މިނިވަންކަން އުނިކަން ލިބޭ ގޮތަށް ކަންކަން ބަޔާންކޮށްފައިވާ ގާނޫނެއް ކަމަށެވެ.

މިހާރު ހުށަހަޅުއްވާފައިވާ ގޮތަށް އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވިއްޖެ ނަމަ އާއްމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ދަށުން 2 ވަނަ ޖަދުވަލުގެ 10 ވަނަ ނުކުތާއަށް އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ނަގައިދިނުމާއި ބެހޭ ގަވާޢިދު އަލުން ހިމަނައި އެ ގަވާޢިދުގެ ބެލެނިވެރިކަން ގާނޫނެއް ކަމުގައި ހަމަޖެހިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ބިލް ބާތިލްކުރަން ހުށަހެޅުއްވީ ރައްޔިތުންގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މަސައްކަތުގައި މަސައްކަތް ކުރައްވަމުން ގެންދެވި އެތައް ބޭފުޅުންނަކަށް ލިބިފައިވާ އަނިޔާތަކާއި ދުއްތުރާތަކާއި ނިގުޅައިގެންފައިވާ ހައްގުތަށް ހަދާންކުރަމުން ކަމަށެވެ.

"އަހްމަދު ރިލްވާނާއި ޔާމީން ރަޝީދުގެ މަތިން ހަދާންކުރަމުން. ބިލް ހުށަހަޅާފައިވަނީ ރާއްޖޭގެ ނޫސްވެރިންނަށް ރާއްޖޭގެ ރިޕޯޓަރުންނަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް މި ދިޔަ އަހަރުތަކުގައި ލިބެމުން ދިޔަ އަނިޔާތަކާއި ދުއްތުރާތަކާއި ހިތްދަތިކަން ތަހައްމަލް ކުރަމުން. ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގައި އެޅުވިފައިވާ ހިލިހިލާތައް ބުރިބުރިކޮށްލުމުގެ ބޭނުމުގައި" ޝާހިދު ވިދާޅުވިއެވެ.

މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް މި ބިލް ފާސްކޮށްދެއްވުމުގައި ބައިވެރިވަޑައިގެން މަޖިލީހުގެ އިއްތިފާގުން މި ބިލް ފާސްކޮށްދެއްވުމަށް ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް